ވޭޓަރުންގެ ގޮތުގައި ރޮބޮޓް ގެންގުޅޭ ރެސްޓޯ ރެންޓެއް ޗައިނާގައި ހުޅުވައިފި.

އިންސާނުންގެ ބަދަލުގައި ވޭޓަރުންނާއި، ކައްކާ މީހުންގެ ގޮތުގައި މުޅިންވެސް ރޮބޮޓް ގެންގުޅޭ ރެސްޓޯރަންޓެއް ޗައިނާގެ ޕްރޮވިންސެއްގައި ހުޅުވައިފިއެވެ.

ފިލްމް ތަކާއި ވާހަކަތަކުން ކުރިން މިފަދަ ވާހަކަތަކާއި ޚިޔާލުތައް ފެނިފައިވީނަމަވެސް މިއަދު މިއޮތީ މުސްތަޤްބަލު އައިސްފައޭ ބުނެވިދާނެއެވެ. ޤަބޫލުކުރަން ދަތި އެހެނަސް މިކަން މިވަނީ މިހާރު ޙަޤީޤަތަކަށް ހަދާފައެވެ.

ޗައިނާގެ ހީލޮންގްޖިއާން ޕްރޮވިންސްގައި ހުޅުވާފައިވާ މިރެސްޓޯރަންޓްގައި އެކިބާވަތުގެ މަސައްކަތްކުރާ ޖުމުލަ 18 ރޮބޮޓް މަސައްކަތް ކުރެއެވެ. މިރޮބޮޓްތައް އެކިއެކި ބާވަތް ބާވަތުގެ ކާނާ ، ކަސްޓަމަރުން ހިތްހަމަޖެހޭނެ ފަދަ ގޮތްގޮތަށް ރަހަމީރުކޮށް ކައްކާ ކަމަށްވެއެވެ.

ރެސްޓޯރަންޓްގައި މަސައްކަތްކުރުމަށް ޚާއްޞަކޮށް އުފައްދާފައިމިވާ ހުރިހާ ރޮބޮޓްތަކެއްވެސް ހަދާފައިވަނީ ޗައިނާގައި ރޮބޮޓް އުފައްދާ ކުންފުންޏެއްކަމުގައިވާ “ހަރބިން ހޯހައި ރޮބޮޓް ކޮމްޕެނީ” އިންނެވެ. ޗީފް އިންޖިނިއަރ ލިއު ހަޝެންގ މި ރޮބަރޓްތަކަށް ގާތްގަޑަކަށް 5 މިލިއަން ޔުއާން (790000 ޔޫއެސްޑޮލަރު ) އަދި މިރެސްޓޯރަންޓްގައި އުޅޭ ކޮންމެ ރޮބޮޓެއްގެ އަގު ($31,500 – $47,000) ޑޮލަރުގެ އަގުއަރައެވެ.

މިހާބޮޑު އިންވެސްޓެއް ކޮށްގެން ހުޅުވި ރެސްޓޯރަންޓްގައި އެންމެ ހައިރާންވާން ޖެހޭ އެއްކަމަކީ ތަކެތީގެ އަގުހެޔޮކަމެވެ. ރޭގަނޑުގެ ކެއުމެއް އެކަކަށް އުޅެނީ 6 ޑޮލަރާއި، 10 ޑޮލަރާއި، ދެމެދުގެ އަގުގައި ކަމަށް ވެއެވެ.

މިރެސްޓޯރަންޓްގެ ވެރިން ބުނާގޮތުން އެމީހުންގެ މި އިންވެސްޓްމަންޓް ރިކަވަރ ކުރުމަށް މާއަވަސް އަރައިގަނެގެން ނޫޅޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
އައްމަޑޭ މަނަދޫ
އައްމަޑޭ މަނަދޫ

ތީގެ ދެރޮބަޓް ލަންދޫ ކެފޭއަށްވެސް ގެންނަންވީ

wpDiscuz