ވެލިދޫ ޕޮލިސް ސްޓޭޝަނުން ނެގި ތަކެތި ހޯދައި 2 މީހަކާއި ކުޑަ ކުއަޖަކު ހައްޔަރު ކޮށްފި

މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބައެއް ރަށް ތަކުގައި ހިންގި ހަމަނުޖެހުން ތަކުގެ ތެރޭގައި ނ.ވެލިދޫ އެމްޑީޕީ އަށް ތާއީދު ކުރާ ބަޔަކު ނިކުމެ ޕޮލިސް ސްޓޭޝަން ބަންދުކޮށް އެރަށުގައި ތިބި ފުލުހުން އެރަށުން ބާލާފައި ވަނިކޮށް ބަޔަކު ވަދެ އެތަނުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައި ވަނިކޮށް ފުލުހުން އެތަކެތި ހޯދާ ދެ މީހަކާ 18 އަހަރުން ދަށުގެ ކުއްޖަކު އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް ޚަބަރު ލިބިއްޖެއެވެ.

ފުލުހުން ބުނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެތަނުން ތަކެތި ވަގަށް ނެގި ކަމުގެ މައުލޫމާތު ލިބުމުން މަނަދޫ ޕޮލިސް ސްޓޭޝަނުން ދިޔަ ތަހްޤީޤު ކުރާ ޓީމުން ވަގަށް ގެންދިޔަ ތަކެތީގެ ނުވަދިހަ ޕަސަންޓް 48 ގަޑި އިރު ތެރޭގައި ހޯދާފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއި 25 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ.

މީގެ ކުރިން ފުލުހުން ވަނީ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނުން ވަގަށް ގެންދިޔަ ބައެއް ތަކެތި  ފަޅު ގޯއްޗެއްގެ ތެރެއިން ހޯދާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނ. ވެލިދޫ “ސޯލްޓެޑް ފައިބަރވޯރކްސް” އިން ވަގަށް ނެގި ސާމާނުތަކެއް ހޯދައިފި.

ނ. ވެލިދޫގައި އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތްކުރާ ވޯރކްޝޮޕެއް ކަމުގައިވާ “ސޯލްޓެޑް ފައިބަރވޯރކްސް” އިން ވަގަށް ނަގާފައިވާ ސާމާނުތަކެއް ހޯދައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz