ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން – ކޯނީގެ ނިންމުން

7 ފެބްރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަކަމަށާއި، ފެބްރުއަރީ 6، 7 ގައި ހިނގާދިޔަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް ނަޝީދުގެ އަމަލުތައް ހުރިގޮތުން ކަމަށާއި، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅު އިހްތިޔާރާ އެކު، ގާނޫނާ ހިލާފު މަޖުބޫރުކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތިކަމަށާއި، ފެބްރުއަރީ 6، 7، 8 ގައި ފުލުހުން ހިންގި އަމަލުތައް ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަންޖެހޭ ކަމަށް ރިޕޯޓްގައި ބަޔާންކުރުމަށް ފަހު ވެރިކަން ބަދަލުވެގެން ގޮސްފައިވަނީ ބަޣާވާތަކުންނޫން ކަމަށް ބުނެ ކޯނީގެ ރިޕޯޓް ޢާއްމު ކޮށްފިއެވެ.

ކޯނީގެ ރިޕޯޓް ޢާއްމު ކުރުމަށްފަހު އެ ރިޕޯޓް ރައީސް ނަޝީދަށް ފޮނުވުމުން އެމަނިކުފާނު ރިޕޯޓް ގަބޫލުފުޅު ނުކުރެއްވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވަނީ ވިދާޅުވެފައެވެ.  އެހެން ހުރިހާ މުއައްސަސާއަކުން ވަނީ ރިޕޯޓް ބަލައިގެންފައިކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.

ރިޕޯޓް ނެރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ.ވަހީދު ވާހަކަފުޅު ދައްކަވަމުންވިދާޅުވީ ސުލްހަ އާއި މަޝްވަރާގެ މަގު ޚިޔާރުކުރަންވީ ވަގުތުމިއީ ކަމަށާއި، ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަން މަޖިލީހަށް އެމަނިކުފާނު  ގޮވާލައްވާ ކަަމަށެވެ.

އަދި ރިޕޯޓާ ގުޅިގެން ސަރުކާރުން ކުރަން ޖެހޭ ކަންކަން ބަރާބަރަށް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ފައްޓަވާ  ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެކަަމަށްވެސް ވިދާޅުވިއެވެ.

ކޯނީގެ ރިޕޯޓް ވިދާޅުވުމަށް….

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ވެރިކަން ބަދަލުކުރަން ފެށި މުޒާހަރާ ތާކުންތާކު ނުޖެހި ނިމިއްޖެ.

ކޯނީގެ ރިޕޯޓް މިއަދު ނެރުމަށް މިއަދު ހަމަޖެހިފައިވާތީ އެކަމާދިމާކޮށް ރައީސް މުހަންމަދު ނަޝީދު އިސްކޮށްހުންނަވައިގެން ވެރިކަން ބަދަލުކޮށްލުމަށް ކަމަށް ބުނެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz