ވެރިކަން ބަދަލުވީ ބަޣާވާތަކުންނޫންކަމަށް “ސީމެގުން” ބުނިކަމަށް ނަޝީދު ވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ.

ހަތެއް ފެބްރުއަރީގައި ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ނޫންކަމަށް ކޮމަންވެލްތުގެ ސީމެގުން ބުނެފައިވާ ކަމަށް ނަޝީދު އަމިއްލަފުޅަށް ވިދާޅުވެފައިވާ އޯޑިއޯ ކްލިޕެއް ލީކްވެއްޖެއެވެ.

މިއޯޑީއޯގައި ނަޝީދު ވިދާޅުވެފައުވަނީ ކޮމަންވެލްތުގެ ސީމެގްގައި ހިމެނޭ ތިން ގައުމެއްގެ މަންދޫބުން ރާއްޖެވަޑައިގެން ތިން ދުވަސް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ރާއްޖޭގައި ހިނގާދިޔައީ ބަޣާވާތެއް ނޫންކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. އެބޭފުޅުން އެހެން ވިދާޅުވުމުން، އެދުވަހު ހިނގާ ދިޔައީ ބަޣާވާތެއް ނޫންކަމަށް ނިންމައިފި ނަމަ އިދިކޮޅު ޕާޓީގެ އެންމެން ޖަލަށްލާނެ ކަމަށް ނަޝީދު އެމީހުންގެ އަރިހުގައި ދެންނެވި ކަމުގައިވެސް މިއޯޑިއޯގައި ވިދާޅުވެފައިވެއެވެ. އަދި ސީމެގްގައި ހިމެނޭ ބޭފުޅުންނަކީ ނަޝީދާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބައެއްކަމަށްވެސް މި އޯޑިއޯގައި ނަޝީދު ވިދާޅުވެފައިވެއެވެ.

ނަމަވެސް ނަޝީދު މިވާހަކަ ދައްކަވާފައިވަނީ ކޮންއިރަކު، ކޮންތާކު ކަމެއް އަދި އެނގިފައެއްނުވެއެވެ.

މި އޯޑިއޯ ކްލިޕް އާންމު ކޮށްފައިވަނީ ދިޓީވީ އިންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ވެރިކަން ބަދަލުކުރަން ފެށި މުޒާހަރާ ތާކުންތާކު ނުޖެހި ނިމިއްޖެ.

ކޯނީގެ ރިޕޯޓް މިއަދު ނެރުމަށް މިއަދު ހަމަޖެހިފައިވާތީ އެކަމާދިމާކޮށް ރައީސް މުހަންމަދު ނަޝީދު އިސްކޮށްހުންނަވައިގެން ވެރިކަން ބަދަލުކޮށްލުމަށް ކަމަށް ބުނެ …

ޚިޔާލެއްދެއްވާ

avatar
ކޭޑީ
ކޭޑީ

ދިޓީވީ އިން “ހޭ ކަނޑައިލައިފަ” އާއްމުކުރި އޯޑިއޯ!!!!! ލަންދޫއިންފޯ ވެސް ހޭކެނޑިފަ ބާ!!!!!!

wpDiscuz