ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް އިސްތިއުފާގެ ސްޕީޗުގައި ނުބުނެވުނީ، ބަޣާވާތް ރޭވި މީހުން އެ ތަނުގައި ތިބީމަ – ރައީސް ނަޝީދު

ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް އިސްތިއުފާގެ ސްޕީޗުގައި ނުބުނެވުނީ، ބަޣާވާތް ރޭވި މީހުން އެމަނިކުފާނާ ޖެހިގެން އެ ތަނުގައި ތިބީމަ ކަމަށް އަމިއްލަފުޅަށް އިސްތިއުފާދެއްވި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ލަންކާގައި ތިއްބަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނެވެ.

“ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް އަޅުގަނޑުގެ އިސްތިއުފާގެ ސްޕީޗުގައި ނުބުނެވުނީ، ބަޣާވާތް ރޭވި މީހުން އަޅުގަނޑާ ޖެހިގެން އެ ތަނުގައި ތިބީމަ،” ނާޒިމާއި ރިޔާޒަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް މިއަދު އެމަނިކުފާނުގޮވާލައްވާކަމަށެވެ.

“މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ކުރެވޭ ސުވާލާ މެދު ފެންނަ ނުފެންނަ ވޯޓުން ގޮތެއް ނިމިގެންދާނެ،” ފެބްރުއަރީ  7 ގައި ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅުގައި ކޮލަމްބޯގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަވަސް އިންތިހާބެއްގެ ތާރީހު ސަރުކާރުން އިއުލާންކުރުމާއެކު ރާއްޖޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަށް ނިމުމެއް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އަވަސް އިންތިހާބެއް ބޭއްވުން ފިޔަވައި އިތުރު އެއްވެސް ހައްލެއް އޮތް ކަމަކަށް އެމްޑީޕީން ގަބޫލު ނުކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުލުހުންނަށް ކޮށްފައިވާ އަމުރު ތަންފީޒް ކުރާނަން – ފުލުސް

ކުރީގެ ރައީސް ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލެ ކޯޓުން ކޮށްފައިވާ އަމުރު ފުލުހުން ތަންފީޒް …

ޚިޔާލެއްދެއްވާ

avatar
wpDiscuz