ވެރިކަން ބަދަލުކުރަން ފެށި މުޒާހަރާ ތާކުންތާކު ނުޖެހި ނިމިއްޖެ.

ކޯނީގެ ރިޕޯޓް މިއަދު ނެރުމަށް މިއަދު ހަމަޖެހިފައިވާތީ އެކަމާދިމާކޮށް ރައީސް މުހަންމަދު ނަޝީދު އިސްކޮށްހުންނަވައިގެން ވެރިކަން ބަދަލުކޮށްލުމަށް ކަމަށް ބުނެ އެމްޑީޕީން ރޭ ފެށި ބޮޑު މުޒާހަރާ ތާކުންތަކު ނުޖެހި ނިމިއްޖެއެވެ.

ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި ކޯނީގެ ރިޕޯޓް ހަގީގަތައި އެއްގޮތަށް އެކުލަވާލުމަށް ގޮވާލަމުން އުސްފަސްގަނޑުން ފެށި މުޒާހަރާގައި އެންމެ ކުރީގައި ހުންނެވީ އެމްޑީޕީގެ ރިއާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓުރީ ގުރޫޕުގެ ބައެއް މެންބަރުނެވެ.

މިހާރުގެ ސަރުކާރު ބަދަލުކުރުމަށް ގޮވާލައި އެމްޑީޕީން ފެށި ހިނގާލުން ބޮޑުތަކުރުފާނު މަގުން މައި ކުނިގޮޑާއަރާ ހަމަވުމުން އެމްއެންޑީއެފްގެ ސިފައިންވަނީ ސުޓޭޑިއަމް ކަންމަތިން ބޮޑުތަކުރުފާން މަގު ބަންދުކޮށްފަ އެވެ. އެވަގުތު ހިނގާލުމުގެ ބައިވެރިން އެތަނަށްހުއްޓި މުޒާހަރާ ފެށިކަމުގައިވި ނަމަވެސް ސިފައިނާއި މުޒާހަރާގެ ބައިވެރިނައި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް ފުލުހުންއައިސް އެހިސާބުން މާފަތްތަކުރުފާންމަގު ސީލްޑްޖަހާ ބަންދުކުރުމުން ފުލުހުނާއި މުޒާހަރާގެ ބައިވެރިނާއި ދެމެދު ކުރިމަތިލުން ތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން އެތަނުން ފުލުހުންގެ ޝީލްޑްގައި ތަޅައި ފުލުހުންގެ ސަފު ފަޅާލަން މަސައްކަތްކޮށްފައިވެ އެވެ. ފުލުހުން މިރޭ ވަނީ އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާން މަގުނޫން އެހެން މަގަކުން ދިޔަނުދީ މަގުތަށް ބަންދު ކޮށްފަ އެވެ.

11:30 ހާއިރު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުންގޮސް އެންމެފަހުން ޓުރެކްސަރަހައްދާ ހަމައަށް ޖެއްސުމުން ކުރީގެ ރައީސް ނަޝީދު ވަނީ އެސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ. އަދި އެހިސާބުން މުޒާހަރާގެ ބައިވެރިންވެސް ވަނީ އުސްފަސްގަނޑަށް ދިއުމަށް ފަހު އުސްފަސްގަނޑުގައި ޝުއޫރު ފާޅުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

މުޒާހަރާ ރަސްމީކޮށް ރޭ ނިންމާލިކަން އިޢުލާންކުރަމުން ރާއްޖޭޓީވީންވެސް ބުނެފައިވަނީ މިއަދު ހެނދުނު 6:00 ޖަހާއިރު އަލުން މުޒާހަރާ ފަށާނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz