ވާނުވާ އެބުރިއައުން ” މާނޭވާ”

ވާނުވާގެ ވާހަކަތަށް ވަރަށް ގިނަދުވަހެއްގެ މެދުކެޑުމަކަށް ފަހު އަލުން މިފެށިގެން ދަނީ ވަރަށް ގިނަކިއުންތެރިންގެ އެދުމުގެ މަތިންނެވެ. ވާނުވާގެ މިފަހަރުގެ އަދަދުގައި ތިޔަ ކިޔުންތެރިންނާއި މިހިއްސާކޮއްލަނީ ދާދިމިދާކަތް ދުވަހު މިރަށުގެ ޒުވާންފުރައިގެ ސޮރަކަށް ދިމާވި ވާނުވާ އެއްގެ ވާހަކައެކެވެ. މިވާހަކައިގައި ބޭނުން ކޮއްފައި މިވަނީ އަސްލުނަންތަކެއް ނޫނެވެ.

ނާސިހު (އަސްލުނަމެއްނޫން) އަންހެނުންގެ ގެހުންނަނީ ބަނދަރާ ވަރަށް ކައިރީގައެވެ. މިހެންކަމުން ގޭ ދޮށަށް ވަރަށް ނަލަ ވައިރޯޅިޖެހެމުންދެއެވެ. ރޭގަނޑުގެ ކެއުމަށް ފަހު ކޮންމެރެޔަކުވެސް އަންހެނުންގޮވައިގެން ފިނިބުރެއްޖަހާލަން ދިއުމަކީ ނާސިހުގެ އާދައެކެވެ. ނާސިހުމެންގޭ ގައިރީގައި އުޅޭ އަވައްޓެރިންނަކީ ރޭވެއްޖިއްޔާ ގޭންބޭރަށް ނިކުންނަބައެއްނޫންކަމުން ރޭވެއްޖިއްޔާ މުޅި ހިސާބުގަޑު އޮންނަނީ ވަރަށް ފަޅުކޮންނެވެ. މީހެއްގެ ހިލަމެއްވެސް ނުވާނެއެވެ. އަލަށް އާބާދުވާހިސާބެއްކަމުން ޖަންގަލިވެސް އޮންނަނީ ގެތަކާވަރަށް ކައިރީގައެވެ. އަވައްޓެރިން ރޭވެއްޖިއްޔާ ގެޔަށް ވަދެތިބެނީ މިހެންވެކަމުގައިވެސް ވެދާނެއެވެ.

އެހެން ރޭރެޔޭކޭ އެއްފަދައިން ނާސިހު އިޝާނަމާދުން ފައިބައިގެން 8ގެ ހަބަރުބަލާލުމަށް ފަހު ކައިގެން ނިކުތީ އަންހެނުންނާއެކު ފިނިކޮއްލުމަށްޓަކައި ބަދަރަށް ދިއުމަށެވެ. މުޅި ހިސާބު އޮތީ ނިދާފައެވެ. އެކެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅި އުޑުމަތި އޮތީ އަދިރި ކޮއްލާފައެވެ. އެއްމެތަރިޔެއްހާހިސާބުވެސް ފެންނާކަށް ނެތެވެ. ދެންމެ ދެންމެ ހީވަނީ ވިސްސާރަ އައިސްދާނެހެންނެވެ. ޖެހެމުންދިޔަ ތެއްވައިގެތެރޭގައި ދެމީހުން ހިގާލާފައި ދިޔައީ ބަދަރު (ގުންބަރު) އާއި ދިމާލުގައި ހަދާފައި ހުރި ހޮޅުއައްޓާ ދިމާލަށެވެ.

ހޮޅުއަށީގައި މާގިނައިރު ތިބޭކަށް ނުކެރުނެވެ. މުޅި ހިސާބުގަޑަށް ވެރިވެފައި އޮތީ އަދިރި ކަމާ ބިރުވެރިކަމެވެ. ޖެހެމުންދިޔަ ބާރު ވައިން ހީކަރުވައިގަނެގެން ތެދުވެގެން ހިގައިގަތީ ގެޔާ ދިމާލަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ނާސިހުއަށް ބާރު އަޑެއް އިވުނެވެ. މީހަކު މާނެވާލާ ބިރުވެރި އަޑެކެވެ. އަންހެނުން ބިރުގަނެދާނެތީ ދުއްވައި ގަންނާކަށް ނުކެރުނެވެ. މިހެން ހުއްޓާ ހަމައެއްކަލަ އަޑު އަންހެނުންގެ ކަންފަތުގައި ހަމަޖެހުމާއެކު ދެފައި އިތިކޮއް ނާސިހުގެ އަތުގައި ހިފާ ދުއްވައިގަނެއްޖެއެވެ. ހުއްޓުނީވެސް ގޭތެރެޔަށް ވަދެފައެވެ. ގޭތެރެޔަށް ވަންއިރު މަންމަ ޓީވިބަލަން ސިޓިންރޫމްގައި އިނެވެ. ނާސިހުމެން ވަނުމާއެކު މަންމަ އެހިއެވެ. “މިހާރު ކިހިނެއްވީތަ؟ ބިރުގަނެފައި ހުރި ނާސިހުގެ އަންހެނުން އޭގެ ޖަވާބުގައިބުނެލިއެވެ.”މީހަކު މާނޭވާލާއަޑު އިވުނީ” މިހެން ހަމަ ބުނުމާއެކު މަންމަވެސް ބުނީ އިތުރަށް ބިރުގަންނައެއްޗެކެވެ. ” އާ ކުރިންވެސް އެދިމާލުން ވަރަށް އެކަހަލަ ކަންކަމާދިމާވޭ، ތަފާތު އެކި އަޑުއަޑު އިވުން ކަހަލަ ކަންތައްތައް” މިހެންބުނުމުން އިތުރަށް ދެމީހުންގަތީ ބިރެވެ. ކިތަންމެބިރުގަތަސް ނާސިހު ބޭނުންވީ އެއީ ކޮންއަޑެއްތޯ ބަލާށެވެ. އެހެންކަމުން ރައްޓެސަކާ އެކު ބައްތިޔެއްހިފައިގެން އެއަޑުއިވުން ދިމާލަށް ދިޔައެވެ. އެއްވެސް ކަމެއް ނެތެވެ.

މިރަށަކީ މިފަދަ ވާހަކަތައް ވަރަށް ބާރު ސުޕީޑެއްގައި ފެތުރޭ ރަށެއްކަމުން ހެދުނު ނާސިހު ހޭލިއިރު މުޅި އަވަށުގައި ވަނީ މިވާހަކަ ގަޑު ފެތިރިފައެވެ. ކޮންމެ މީހަކުވެސް ނާސިހު ހަމަ ފެންނަ އިރަށް އޭގެ ދޮގުތެދު އަހައެވެ. މިހެން މިވާހަކަތައް ދެކެވެމުންދަނިކޮން ނާސިހުގެ ރައްޓެއްސަކަށްވެސް ހަމަ މިއަޑު އިވުންވާހަކަ ބުނެފިއެވެ. އެކަމަކު މުޅިން އެހެން ގޮތަކަށެވެ.

މިބިރުވެރިކަންތައްގަނޑު “ވާނުވާ” އަކަށް ބަދަލުވެގެން ދިޔައީ މިހިސާބުންނެވެ. ނާސިހުގާތަށްވެސް ވަރަށް ހިނިއައެވެ. އަސްލު މިއިވުން އަޑަކީ ބަދަރުގައި ހަދާފައި ހުންނަ ފެންއިސްކޫރުބަރިރިޔަށް ފެންނަގަން ހަދާފައި ވަޅުކައިރީގައި ހަރުކޮއްފައި ހުރި މޯޓަރުންގޮވާއަޑެކެވެ. ނާސިހު ރަހުމަތްތެރިޔާ އަށްވެސް މިއަޑު އިވުމުން ފުރަތަމަގަތީ ބިރެވެ. އެހެންނަމަވެސް ވާނުވާ އެގުމުން މިކަންވީ މަޖާކަމަކަށެވެ.

ލިޔުނީ: ލައިބް

ލައިބް އަކީ ހެއްވާ މަޖާ ވާހަކަތައް ކިޔުންތެރިން ކިޔާހިތްވާ ގޮތަށް ލިޔެ ހުށަހަޅައިދިނުުމުގައި ލާމަސީލް ޒުވާނެކެވެ.

ޚިޔާލެއްދެއްވާ

avatar
މިހާސް
މިހާސް

ވާނުވާގެ އެބުރި އައުމަށް މަރުހަބާ ކިޔަން ! އަދި ލައިބު ގާތު ބުނެލަން އޮތީ ވާނުވާގެ ލިޔުންތަކުގައި ނަމަނަމަ ” އަސްލުނަން ” ބޭނުން ނުކުރައްވައްޗޭ ! ހެހެހެހެހެހެހެެހެ

wpDiscuz