ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ގަހަނާ ތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ހޯދައި 02 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއް ގައި ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ގަހަނާ ތަކަކާއި އިލެކްޓްރޯނިކްސް ސާމާނުތަކެއް ހޯދައި 02 މީހަކު ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މައްސަލައި ގައި ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.

ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު ޕޮލިސް މީޑިއާ އަށް މައުލޫމާތުދިން ގޮތުގައި މި އޮޕަރޭޝަން ތަކަކީ 2012 އޮގަސްޓް 12 ވަނަ ދުވަހުގެ 16:04 ހާއިރު މ.ވައިކަރަދޫ ގޭގައި ހުންނަ އަތްކަންކުރާ ތަނަކުން ރަން ރިިހި ހިމެނޭ ގޮތަށް 05 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެ ގަހަނާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާއި 2012 އޮގަސްޓް 20 ވަނަ ދުވަހުގެ 10:30 ހާއިރު ގ.ގްރީންގޭގެ 01 ވަނަ ފަންގިފިލާ ގައި ހުންނަ ވިލާ ޓެކްނޮލޮޖީ އޮފީހުން 12 ލެޕްޓޮޕާއި 05 އެކްސްޓާނަލް ހާޑް ޑިސްކް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށައެޅުނު މައްސަލަ އާއި ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއް ކަމަށެވެ.

އެގޮތުން ޢުމުރުން 22 އަހަރުގެ ފިރިހެން މީހާ ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2012 އޮގަސްޓް 12 ވަނަ ދުވަހުގެ 16:04 ހާއިރު މ.ވައިކަރަދޫ ގޭގައި ހުންނަ އަތްކަންކުރާ ތަނަކުން ރަން ރިިހި ހިމެނޭ ގޮތަށް 05 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެ ގަހަނާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާއި ގުޅިގެން 2012 އޮގަސްޓް 15 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަން ގައި ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސް ކުރަމުން ދަނިކޮށް ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ގަހަނާތައް ވަނީ ފެނިފައެވެ. އަދި މީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 46 ރަބަރު ޕެކެޓް ވެސް އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވެއެވެ.

ޢުމުރުން 24 އަހަރުގެ ފިރިހެން މީހާ ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2012 އޮގަސްޓް 20 ވަނަ ދުވަހުގެ 10:30 ހާއިރު ގ.ގްރީންގޭގެ 01 ވަނަ ފަންގިފިލާ ގައި ހުންނަ ވިލާ ޓެކްނޮލޮޖީ އޮފީހުން 12 ލެޕްޓޮޕާއި 05 އެކްސްޓާނަލް ހާޑް ޑިސްކް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށައެޅުނު މައްސަލަ އާއި ގުޅިގެން 2012 އޮގަސްޓް 21 ވަނަ ދުވަހުގެ 15:00 ހާއިރު ޢާންމުފަރާތް ތަކުގެ އެހީތެރިކަމާއި އެކު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަން ގައި ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހާގެ އަތުން ވަގަށް ނަގާފައިވާ 12 ލެޕްޓޮޕް ގެ ތެރެއިން 10 ލެޕްޓޮޕާއި އަދި ވަގަށް ނަގާފައިވާ 05 ހާޑް ޑިސްކް ފުލުހުން ވަނީ ހޯދާފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އިން ގެންދަވަނީ އިތުރަށް ތަޙްޤީޤު ކުރަމުންެނެވެ. އަދި މީގެއިތުރުން ޢުމުރުން 22 އަހަރުގެ މީހާ ދިރިއުޅޭ ގެއިން ފެނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 46 ރަބަރު ޕެކެޓް ގެ މައްސަލަ ޑްރަގް އެންފޯރސްމަންޓް ޑިޕާރޓްމަންޓުން ދަނީ މިހާރު ތަޙްޤީޤް ކުރަމުންނެވެ.

ސޯސް: ޕޮލިސް ވެބްސައިޓް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުލުހުންނާ ސިފައިންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ޕީޕީއެމް އިން ގޮވާލައިފި.

ފުލުހުންނާ ސިފައިންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްވެތިބެ ހިންގާ ސިލްސިލާ ކަންތައްތަކުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz