ވަތަނިއްޔާގެ ފަރާތުން މަޢުލޫމާތު ދިނުމަށް ރަށްރަށަށް ދަތުރުތަކެއް ކުރަމުން އެބަދޭ.

ދިވެހިރާއްޖޭގައި މުވާޞަލާތީ ޚިދުމަތްދޭ ދެވަނަ ކުންފުނިކަމުގައިވާ ވަތަނިއްޔާގެ ފަރާތުން އެކުންފުނީގެ ޕްރޮޑަކްޓްސްއާއި، ސަރިވިސްތަކާބެހޭ މައުލޫމާތު ދިނުމަށް އަތޮޅުތަކުގެ ރައްތަކަށް ދަތުރުތަކެއް ކުރަމުން އެބަދެއެވެ.
މިގޮތުން ވަތަނިއްޔާގެ ޓީމެއްވަނީ ނ.އަތޮޅުގެ ރަށްތަކަށްޒިޔާރަތްކުރަން ފަށާފައެވެ. އިއްޔެ އެޓީމްގެ ބޭފުޅުން މަސައްކަތްކުރެއްވީ ނ.މާފަރާއި، ނ.ލަންދުއާއި، އަދި ނ.މާޅެންދޫގައެވެ.
މިޓީމުގެ ބޭފުޅަކު ލަންދޫއިންފޯއަށް މިކަމާގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިއްޔެވިދާޅުވީ މިދަތުުރު ތަކަކީ އެކިއެކި ދުވަސްވަރު ރާއްޖޭގެ އެކިހިސާބުތަކަށް ވަނިއްޔާގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށާއި، މޮޑަމް އާއި، ސިމްކާޑު އަދި ރަށުފޯނު ވިއްކުމަށް ކުރައްވާ ދަތުރެއްކަމުގައެވެ. މިފަދަ އެތައްޓީމުތަކެއް ރާއްޖޭގ ެ އިެކިހިސާބުތަކުގައި އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމަށްވެސް މަޢުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ މިފަހަރުގެ މިދަތުރަކީ ޕްރޮމޯޝަނެއް ވަކި އޮވެގެން ކުރާދަތުރެއް ނޫންކަމަށާއި، އެބޭފުޅުން ވިއްކާ ތަކެތީގެ އަގު ވަކި މާލޭގައި ހުންނަ ވަތަނިއްޔާގެ ފިހާރަތަކަށްވުރެ އަގު ތަފާތު ނުވާނެކަމަށެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ.
ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

އެލްޖީއޭގެ ނިންމުމަކީ ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެއް – މިނިސްޓަރ

ކައުންސިލްތަކުން ބޭރުގެ މަންދޫބުންނާ ބައްދަލުކުރާނަމަ ހުއްދަ ހޯދަންޖެހޭގޮތަށް ނިންމި ނިންމުމަކީ ރާއްޖޭގެ ސިޔާދަތާއި، ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށް ނިންމި …

ޚިޔާލެއްދެއްވާ

avatar
wpDiscuz