ވަންހަނާ

ލިޔުނީ: އިބްރާޙިމް ޝާމިލް ( ޝާމް ) / މޫރިތި – ނ.ލަންދޫ

ފަޑުވަމުންގޮސް ގަދަ އޮރެންޖާއި ރަތުން ފަވާލެވިފައިވާ ކުލަވަރު މުޅިން އުޑުމަތިން ފިލައިފިއެވެ. މަޑު ކަޅުކުލައަށް އެ ހިތްގައިމު މަންޒަރުތައް ބަދަލު ކުރުވައިފިއެވެ. ” މިއީ އަހަރެންގެ ހިތުގެ ވޭނީ އަޑާއި ގުޅިފައިވާ ތަސްވީރެކެވެ.” ވިރި ހުލިވަމުންދާ އުއްބައްތީގެ ފަނޑު އަލީގެ ތެރެއިން ނިކުމެގެން އައި އަޑުގައި ވަނީ އެ އުއްބައްތީގެ ހުޅުކޮޅުން އެ އުއްބައްތިއަށް ލިބިފައިވާ ހޫނުކަން ފަދަ ވޭނީ އަޑެކެވެ. ފުޓޯ ފުރޭމެއް ހިފައިގެން އައިސް ނިޔާޒުގެ މަގަތުގައި އެ އިށިއިނީ އޭނަގެ ލޯބިވާ އަނބިމީހާއެވެ.

ދެއަތުން ކަރުނަތައް ފޮހެމުން ދަނީ، ހެދިފައިވާ ގަހުގައި މަލެއް އަޅާނެ ވަގުތެއް ޔަޤީންނުވެ ގިނަ ދުވަސް ވަމުން ދާތީއެވެ. މިއަދު މިއީ އެމީހުންގެ ލޮބުވެތި ބާރަ އަހަރުގެ ޝާނީ ގެއްލުނުތާ ދެ މަސްވާ ދުވަހެވެ. ދަރިފުޅާއި އެކުވީ އުފާވެރި ދުވަސްތައް ދެންމެ ވީކަމެއްހެން އެމީހުންގެ ހަނދާނުގައިވެއެވެ. ނިޔާޒުމެން ދިރިއުޅުމެއް އުޅެން ފެށިތާ މިހާރު ދެ އަހަރުވީއެވެ. ނަމަވެސް ސަކީނާވަނީ ކުރިން އެހެން ކައިވެންޏެއްކޮށްފައެވެ. އަލަތު  ފިރިމީހާ ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ.

 މިއީ ކުރިން އެމީހުން ހުވަފެނަކުންވެސް ފެނިފައިނުވާ އަދި ފެންނާނެ ކަމަށް އުއްމީދުވެސް ކުރިކަމެއް ނޫނެވެ. ނިޔާޒު އޭނާގެ އަނބި ސަކީނާ ފެންނަ ކޮންމެ ހިނދަކު، އެ ދެލޯ ފަދަ ދަރިފުޅުމަތިން ހަނދާންވެއެވެ. މިއީ ސަކީނާގެ ހިތާމަ އިތުރުވާ ކަމެކެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. ޝާނީ އެންމެ ވައްތަރީ އެނާގެ މަންމައާއެވެ. ހަނދާންތަކުން  އެދެމަފިރިންނާއި އެމީހުންގެ އާއިލާ މީހުންގެ ހިތްތައް ރޮއްވަަމުން ދެއެވެ. ދެން އިތުރު ދަރިޔަކު ނުލިބޭނެކަން ނިޔާޒަށް އެނގެއެވެ. ސަކީނާ ވިހެއުމުގައި ދިމާވި ހާދިސާއަކުން ޑޮކްޓަރ އޭނާގެ ހުއްދަޔާއިއެކު އިތުރު “އޮޕަރޭސަނެއް” ކުރިއެވެ. ހިންދިރުވާ ލުމަަށްފަހު އާއެކޭ ބުނަން މަޖުބޫރުވީއެވެ. ލޯބިވާ އަނބިމީހާއަށާއި،އޭނާގެ ފުރާނައަށްޓަކައި ނިޔާޒު އެކަމަށް އެއްބަސްވީއެވެ. ނަމަވެސް އަދިވެސް އެކަން ސިއްރެއްގެ ގޮތުގައި ސަކީނާއަށް ވަނީ ފޮރުވިފައެވެ. އެނާ ހިތާމަކުރާނެތީވެ ކަމަށްވެސް ވެދާނެއެވެ.

ވިއްސާރަ ރެއެކެވެ. ވަލުތެރޭގައި ހަދާފައިވާ ކުޑަ ޖިފުނޑި ގަނޑެއްގައި އިން ކުޑަ ބާގަޑަކުން ފަޑު އަލިކަމެއް ބޭރަށް ފޭދިފައި ހުއްޓެވެ. އެ އަލިކަން ފިޔަވައި އެހެން އަލިކަމެއް އެހިސާބުގަނޑަކުން ފެންނާކަށެއް ނެތެވެ. ގަސްތައް ބޯވެ ޖަންގަލިވެފައިވާލެއް ބޮޑުކަމުން އެހިސާބަށް މީހުން ދަރުހޮވަން ނުވަތަ އެފަދަ އެހެންވެސް ބޭނުންތަކުގައި ގޮހެއް ނޫޅެއެވެ.

ދޫނިސޫފާސޫފީގެ އަޑުފިޔަވާ ދެން އިވެމުން ދަނީ އެ ޖިފުނޑިގަނޑުގެ ތެރެއިން  އަންހެންކުއްޖެއްގެ ގިސްލުމުގެ އަޑެވެ. ދޭތެރެ ދޭތެރެއިން ވިދާލުމަށްފަހު ގުގުރާލައެވެ. ވެހެމުން ދާ ވާރޭ ހައްތަހާ ބޯކުރިއެވެ. އެ ކުއްޖާވަނީ ބިރުން ގޮސް ހޭނެތެން ކައިރިވެފައެވެ. ނަމަވެސް އޭނާއަށް ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ. އޭނާގެ ދެއަތާއި ފައިވަނީ ބަނދެފައެވެ. ނުވީތާކަށް ހަޅޭނުލެވޭނެ ގޮތަށް އަނގަމަތިވެސް ވަނީ ބަނދެފައެވެ. މިހެން އިންދާ ކޮންމެ ރެއަކުވެސް ކަޅުހެދުމުގައި ހުންނަ މީހާކު އޭނާ ކައިޔަށް ގޮސް ކާންދީ ފެންވަރުވާ ތާހިރުކޮށްދީ ހަދައެވެ. އެއީ ކާކު ކަމެއް އެނާއަކަށް އަދި އެއްގޮތަކަށްވެސް  ނޭނގެއެވެ.     ( ނުނިމޭ )

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ވަންހަނާ

ލިޔުނީ: އިބްރާޙިމް ޝާމިލް ( ޝާމް ) / މޫރިތި – ނ.ލަންދޫ ) 3 ޖޫން 2012 ގެ …

ޚިޔާލެއްދެއްވާ

avatar
ވަލީ
ވަލީ

ކުޑަކުދިން ވަގަށް ނަގާ ވާހަކައެއްތަ މިއީ. ވާހަކަ ވަރަށް ރީތި އިނގޭ

ގުޖުރާތު
ގުޖުރާތު

މި ވާހަކައިގެ ދެންަ އޮތްބައި އަދި މާފުރިހަމަ ވާނެހެން ހީވަނީ. އިންތިޒާރުކުޜާނަން.

wpDiscuz