ވަންހަނާ

ލިޔުނީ: އިބްރާޙިމް ޝާމިލް ( ޝާމް ) / މޫރިތި – ނ.ލަންދޫ

) 3 ޖޫން 2012 ގެ އަދަދާއި ގުޅޭ )

ވޭނާއި އެކު ކުކުރަމުން ގިސްލަމުން ރޮމުންދާއިރުވެސް، އެމީހާ ބޭނުންވާ ކަންތައްތައް އެ އަންހެންކުއްޖާގެ ފަރާތުން ގަދަކަމުން ފޭރެމުންދަނީ އެއްވެސް ހަމްދަރުދީއެއް ނެތިއެވެ. އެކަމުގެ ސަބަބުން އެކުއްޖާއަށް، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ދަނީ ލިބެމުންނެވެ. މި ކެކުޅުންތައްް ތަޙައްމަލު ކުރަމުންދާތާ ދެމަސް ވެއްޖެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ވަލުތެރޭގައި ދަރުހޮވަން އައިސް އުޅުނު އެރަށު ދޮންފާތުމައަށް، މީހަކު ހިނގާފައި އައިސް އެހިސާބަށް ހުއްޓުނު އަޑު އިވުނެވެ. އެވަަގުތުވީ  ދޮންފާތުމަ ވަރުބަލި ފިލުވާލުމަށްޓަކައި ގަސްބުޑެއްގެ މަތީގައި އިށިއިން ވަގުތަކަށެވެ. އެނާ ފުރަތަމަ ހީކުރީ އެއީވެސް ދަރު ހޮވަން އައިސް އުޅޭ މީހެއް ކަމަށެެވެ. އެހެންވެ އެއީ ކާކުތޯ ބަލައިލުމަށްޓަކައި ކުޑަކޮށް ގަސްތަކުގެ ފަތްތައް  ދެ ފަރާތަށް ފޭކޮށްލުމަށްފަހު  ބަލައިލިއެވެ. އެވަގުތު އޭނާއަށް ފެނުނީ މަޑުމަޑުން  ވައިރޯޅިއާއިއެކު ދެ ފަރާތަށް ހެލެމުންދިޔަ  އަހިގަސް ދޮށުގައި ހުރި…..  މީހެކެވެ. މޫނުމަތިވަނީ ކަޅު ފޮތިގަނޑަަކުން ބަނދެފައެވެ. ކާކުކަން ފާހަގަކުރަން ނޭނގުނަސް ކުޑަކޮށް ހިނގާލުމުންނާއި ހަރަކާތް ހުރިގޮތުން ފިރިހެނެއްކަން އެނގުނެވެ. އެވަގުތު އެ އޭނާގެ ހިތަށް އެރިއެވެ. ” މިހިސާބުގައި މިފަދަ ގޮތަކަށް އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެ؟ ކޮންމެވެސް ނުބައިކަމެއް ކުރަމުންދާ މީހެއް ކަމަށް ވެދާނެެއެ..”. ހީ އަކުން ނިއްމާލިކަމުގައި ވިޔަސް ފޮރުވިފައިވާ ސިއްރަކީ ކޮބައިކަން ޔަޤީން ކުރަން ދޮންފާތުމައަށް އުނދަގޫ ވިއެވެ.

ކުއްލިޔަކަށް އެމީހާ މާ ބާރަށް ހިނގަންފެށިއެެވެ. ގަސްތަކުގެ ތެރޭގައި  ކޮށައި އަލިކޮށްފައިވާ މަގަކުން އެމީހާ ދާތީ ފެނުނެވެ. ދޮންފާތުމަ އެމީހާގެ ފަހަތުން ފާރަލަމުން ހިނގަންފެށިއެވެ. ފުދޭ ވަރަކަށް ދުރަށް ހިނގުނުތަނާހެން ކުޑަ ޖިފުނޑިގަނޑާއި އަރާ ހަމަވިއެވެ. ވެފައިވާ  ވަރުބަލި ފިލުވާލުމުގެ ގޮތުން ދޮންފާތުމަ ފުން ނޭވާއެއް ބޭރުކޮށްލި ވަގުތު ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ޖިފުނޑިގަނޑުން ދުން އަރަން ފެށިތަނެވެ. ނަސީބަކުން އެނާއަށް ހުރެވުނީ އެ ޖިފުނޑިގަނޑުގައި އެޅިފައިވާ ބާ ގަނޑާއި ދިމާލުގައެވެ. އޭނާއަށް އިވުނު ގިސްލުމުގެ އަޑާއިއެކު ފަރުވާތެރިކަމާއެކު އެދިމާލަށް ބަލައިލިއެވެ.

އެވަގުތުގެ ހަމަހިމޭންކަން ގެއްލިފައިވަނީ ހުޅުހިފާ އަނދަމުން ދިޔަ އަލިފާނުގެ ސަބަބުންނެވެ. ދޮންފާތުމަ އަވަސްވެގަތީ އެނާއަށް ފެނުނު ގަބޫލުކުރަން ދަތި ކަންތައް  ޔަޤީންކުރާށެވެ. އޭނާއަށް ކުރިޔަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ކުއްލިޔަކަށް އިސްތަށިގަނޑަށް ވާންވިއެވެ. އޭނާ ހީކުރީ ގޮފިގަނޑެއްގައި އިސްތަށިގަނޑު އަޅައިގަތީ ކަމަށެވެ. ކުޑަކޮށް ބޮލަށް ތަދުވުމާއިއެކު އެނާގެ ނަޒަރު ފަހަތަށް ހިންގާލި ވަގުތު، ފުރަގަހުގައި އެހުރީ ކަޅުހެދުމުގައި ހުރި މީހާއެވެ. އެއާއިއެކު ދޮންފާތުމަ އަޑުގެ ނެތްތަނަކަށް ހަޅޭ ލައްވައިގަތުމަށް ފަހު ދުއްވައިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ އިސްތަށިގަނޑުގައި އެމީހާ ވަނީ ގަދަޔަށް ހިފަހައްޓާފައެވެ.

އިސްތަށިގަނޑުގައި ހިފައި ދޮންފާތުމަ ބިންމައްޗަށް ވައްޓާލީ ވަރަށް އަނިޔާވެރިކޮށެވެ. ދޮންފާތުމައަށް ވީތަދުން އަތުގައި އޮތް ބޮޑުވަޅީގެ މޮށްގަނޑުން ނިކަން ބާރަށް އެމީހާގެ އަތުގައި ޖެހިއެވެ. ޖެހިލެއް ބާރުކަމުން އެމީހއަށް ތަދުވުމުން، ދޮންފާތުގެ އިސްތަށިގަނޑުން ދޫކޮށްލި ވަގުތު އޭނާ ތެދުވެގެން ދުއްވައި ގަތެވެ.

މަޑުމަޑުން ދުވަމުން ގޮސް އެ އަންހެން ކުއްޖާ  ބޮޑު ނިކަގަހެއްގެ ނިވަލުގައި މަޑުކޮށްލީ ވަރުބަލިވެގެންނެވެ. އޭރު އެނާގެ ހަށިގަނޑުގެ އެކި ހިސާބުގެ ތަންތަންކޮޅުން މަށައިގެންގޮސް ލޭ ހިލެމުން ދިޔައެވެ. ހެދުމުންވެސް ބައެއް ވަނީ އަނދާފައެވެ. ގައިގެ ހަންގަނޑުވެސް ނާންދާ ކަމެއްވެސް ނޭނގެއެވެ. ފުދޭވަރަކަށް  ހަށިގަނޑުގެ ވަރު ދެރަވުމުން އޭނާ އެތަނުގައި މަޑުކުރަން ނިންމިއެވެ. ޙަޤީޤަތުގައި އޭނާއަށް ސަލާމަތް ވެވުނީ ހަމަ ކިރިޔާއެވެ. އެޖިފުނޑިގަނޑުގައި ރޯކުރުމުގެ ކުރިން އެނާ އެ ޖިފުނޑިން ނިކުންނަށް ގޮތެއް ވަނީ ރާވާފައެވެ. އެނާ އެކަނިވާ ވަގުތު ތަކުގައި ފަންގަނޑުގައި ފައިން  ތަޅާ ހަދައި ފަންގަނޑު ބަލިކުރަމުން ދިޔައެވެ. މިއަދާއި ހަމަޔަށް އެތަން ކޮޅު ބަލިކޮށްލެވުނީ ހަމަ ކިރިޔާއެވެ. އެހެނަސް ބޭރުފުށުން އެތަން ބަލިކޮށްފައި ނުވާގޮތަށެވެ. އެދުވަހުގެ ކުރީގެ ވަގުތެއްގައި އެމީހަކު އައިސް އެނާގެ ފައި މޮހައި ލިއެވެ. އަދި މިއަދަކީ އޭނާގެ އެންމެ ފަހުނޭވާ ލާނެ ދުވަސް ކަމަށް އިންޒާރު ދިނެވެ.             ( ނުނިމޭ )

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ވަންހަނާ

ލިޔުނީ: އިބްރާޙިމް ޝާމިލް ( ޝާމް ) / މޫރިތި – ނ.ލަންދޫ ފަޑުވަމުންގޮސް ގަދަ އޮރެންޖާއި ރަތުން ފަވާލެވިފައިވާ …

ޚިޔާލެއްދެއްވާ

avatar
ވަލީ
ވަލީ

ވަރަށް ރީތި.

އައިޝާ
އައިޝާ

ވަރަށް ސަޅި އިނގޭ އަނެއްބަޔަށްވެސް އެބަ އިނތިޒާރުކުރަން……..

wpDiscuz