އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުންތައް ދެން އޮންނާނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި-މުޖުތަބާ

އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުންތައް ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވަން ނިންމާފައިވާކަމަށް އޯލް ޕާޓީ ޓޯކްސްގެ ވިލަރެސްވެރިޔާ އަޙްމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.ވެލާނާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޖުތަބާ ވިދާޅުވީ މިމަހުގެ އެއްތިރީސްވާ ބުރާސްފަތި ދުވަހު އޯލް ޕާޓީ ޓޯކްސްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ބަނޑޮހަށް ދާނެކަމަށާއި އަދި އެރޭ ފުރަތަމަ ބައްދަލުވުން ބާއްވާނެކަަމަށެވެ. މީގެ އިތުރަށް މުޖުތަބާ ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު ބައްދަލުވުމެއް ބާއްވާއިރު ފަހު ބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު ކުރީގައިކަމަށާއި،އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުންތައް ބަނޑޮހުގައި ބާއްވާގޮތަށް ނިންމާފައިވާއިރު ބައްދަލުވުންތަކުގައި ވާހަކަތައް ކުރިއަށް ގެންދާނެ ގޮތުގެ އެޖެންޑާގެ އައިޓަމްތައް މިހާރު ވަނީ ތަރުތީބުކޮއްނިންމާފައެވެ.އެޖެންޑާ ކުރެވުނު އައިޓަމްތަކުގެ ތެރެއިން އިދިކޮޅު އެމް.ޑީ.ޕީ. އިން އެންމެ ބޮޑަށް ބާރު އަޅާ ދެ ކަންތައް ކަމަށްވާ ޤާނޫނު އަސާސީ އިސްލާހުކުރުމާއި އިންތިޚާބެއް ބާއްވާނެ ތާރީޚެއް ކަނޑައެޅުން އޮތީ އެޖެންޑާ ތަރުތީބު ކުރިއިރު އެޖެންޑާގެ އެންމެ ފުލުގައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz