ބަޖެޓް ނެތިގެން ހުއްޓާލި އޮފީސްތަކުގެ ކްރިކެޓް މުބާރާތް މިއަހަރު ބާއްވާގޮތަށް ހަމަޖައްސާފައިވާކަމަށް ކްރިކެޓް ބޯޑްއިން ބުނެފިއެވެ. އެބޯޑްގެ އާއަހަރުގެ ކަލަންޑަރާއި ބެހޭގޮތުން ޖެނެރަލް ސެކެޓްރީ މުހައްމަދު ފައިސަލް މީޑިއާގައި ވާހަކަދައްކަމުން ވިދާޅުވީ ކަލަންޑަރ ރާވާފައިވާ ގޮތުން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ދެވަނަ ޑިވިޝަންގެ މުބާރާތްކަމަށެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސޯޅައިގައިކަމަށާއި، ދެވަނަ ޑިވިޝަންގެ މުބާރާތް ފެށުމަށް ފަހުގައި ފުރަތަމަ ޑިވިޝަނާ ގައުމީ މުބާރާތްވެސް ބާއްވާނެކަމަށް ވިދާޅުވިއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިންޓަހައުސްއާ ސްކޫލް ކްރިކެޓް ލީގްތަށްވެސް އޮންނާނެކަމަށާ މިލާން އެކަޑަމީއާ ގުޅިގެން ޖައިލް މެމޯރިއަލް ކަޕްވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އަދި ބައިނަލަގްވާމީ މުބާރާތަކުގެ ތެރެއިން ދެ މުބާރާތެއްގައި ގައުމީ ޓީމް ބައިވެރިވާނެކަން މިހާރު ޔަގީންވެފައިވާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
އޮފީސްތަކުގެ މުބާރާތް ބޭއްވުމުގެ އިތުރުން ޓްވެންޓީ ޓްވެންޓީ ކްރިކެޓްކަޕް ފޯރި ގަދަ ކުރުމުގެ ގޮތުން މިއަހަރު ސެމީ ފައިނަލް މެޗާ ފައިނަލް މެޗް ލައިވް ކުރުމަށް ވިސްނަވާތީ ސްޕޮންސަރުންނާ މިހާރު ވާހަކަ ދައްކަމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އަތޮޅު ޕްރޮގްރާމްތަކުގެ ތެރެއިން ފުވައްމުލަކުގައި ވައިޑިޕީ ޕްރޮގްރާމްތަށް ފަށާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ފުވައްމުލަކުގައި ކްރިކެޓް އާލާ ކުރުމުގެ ގޮތުން ވައިޑީޕީ ފެށުމަށްފަހު، އަހަރުގެ ފަހުކޮޅު ފުވައްމުލަކު ސްކޫލްތަކަށް އަމާޒްކޮށްގެން އިންޓަހައުސް މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ސޯސް އެމް އެން ބީސީ
ޚިޔާލެއްދެއްވާ