އެސްއެސްސީ އިމްތިޙާން ފެށިއްޖެ

ދިވެހިރާއްޖޭގެ ސަނަވީ މަރުހަލާ ނިންމާ ދަރިވަރުންނަށް ދެވޭ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާން މިއަދު މުޅިރާއްޖޭގައި ފެށިއްޖެއެވެ. އިމްތިހާން ފެށުމުގެ ގޮތުން މިއަދު ހެދުނު 9:00 ގައި އޮތީ  އިސްލީ ތަރުބިއްޔަތު ކަރުދާސް ދޭކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާއްދާގެ ޕޭޕަރ 1 މިއަދު މެންދުރު ފަހު 2 ޖަހާއިރު އޮވެފައި ،ދިވެހި މާއްދާގެ ކަރުދާސްތައް މާދަމާ މެންދުރު ކުރީގަ އާއި މެންދުރު ފަހުގައި އޮންނާނެ އެވެ.

ލަންދޫ ސްކޫލްގެ ފަރާތުންވެސް 17 ދަރިވަރަކު މިއަހަރުގެ އެސްއެސްސީ އިމްތިހާނާއި ޖީސީ އީ އޯލެވެލް އާއި އަދި އައިޖީސީއީ އިމްތިޙާނުގައި ބައިވެރިވެފައިވާ ކަމަށް އެސްކޫލުން މަޢުލޫމާތު ދެއްވައެވެ.

އެސްއެސްސީ އިމްތިޙާން މިއަދު ފެށިފައިވާއިރު ޖިސީއީ އޯލެވެލްގެ މާއްދާތަކާއި އައިޖީސީ އެސްއީގެ މާއްދާތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 15 ވާ ހޯމަދުވަހު އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ކާމިޔާބު ޓެސްޓަކަށް އެދެން ހުރިހާ ކުދިންނަށްވެސް. އިންޝާ ﷲ ރަނގަޅުވާނެ

ބެއްޔާ
ބެއްޔާ

ރަނގަޅު ކާމިޔާބީ ޓެސްޓަކަށް އެދެން.