އެމް.ޑީ.އޭ އިން ލަންދޫ ޒުވާނުންނަށް ފުޓްބޯޅަ ހަދިޔާ ކޮށްފި

 

” މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް ” ( އެމް.ޑީ.އޭ ) ގެ ނަމުގައި ސަންޓްރެވަލްސް ޝިޔާމް އިސްކޮށް ހުންނަވައި އުފައްދަން މަސައްކަތްކުރަމުންދާ ޕާރޓީގެ ފަރާތުން ލަންދޫ ޒުވާނުންނަށް ފުޓްބޯޅަ ހަދިޔާ ކޮށްފިއެވެ. ބޯޅަ ހަދިޔާ ކުރުން އޮތީ އިއްޔެ ހަވީރު ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައެވެ.

އެމް.ޑީ.އޭ ގެ ފަރާތުން ފުޓްބޯޅަ ހަވާލްކޮށްދެއްވީ ލަންދޫއިން އެމްޑީއޭ އަށް މެމްބަރުން ހޯދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެލައްވާ  ” އިރުދޯނީ ” ގެ ކެޕްޓަން ނ.ލަންދޫ މުސްތަރީގޭ އަލްފާޟިލް އަޙްމަދު މުޙައްމަދު ( ޕަޓޭ ) އެވެ. ޒުވާނުންގެ ފަރާތުން ބޯޅަ ތަކާއި ހަވާލްވެލެއްވީ މިފަހަކަށް އައިސްލަންދޫ 1 ނަމްބަރ ޓީމްގެ ކެޕްޓަންކަން ކުރަމުން އަންނަ ހުނަރުވެރި ފޯވާރޑް ހުސެއިން ޖަވާދު ( ޖަވާ ) އެވެ.

” ލަންދޫއިންފޯ ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ލަންދޫ ޓީމާއި ކެނދިކުޅުދޫ ޓީމާއި ދެމެދު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގެ ދަތުރުގެ ކަންތައްތައް ވެސް ހަމަ ޖައްސައި ދެނީ އެމްޑީއޭ ގެ ފަރާތުން އިރުދޯނިންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫ ޒުވާނުންގެ ތެރެއިން ގިނަބަޔަކު މިހާރުވެސްވަނީ އެމްޑީއޭ އަށް ސޮއިކޮށްފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
wpDiscuz