އެމް.ޑީ.އޭ އަށް މީހުން ހޯދުމުގެ މަސައްކަތް ފަށައިފި

ސަންޓްރެވަލްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާރޓީއަށް މީހުން ހޯދުމުގެ މަސައްކަތް ލަންދޫގައި ވަރަށް ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް ( އެމް.ޑީ.އޭ ) ގެ ނަމުގައި އައު ޕާރޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނުމާއި ގުޅިގެން އެފަރާތުން އަންނަނީ ޕާރޓީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ލަންދޫގައި މި ޕާރޓީއަށް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ޒުވާނަކު ހާމަ ކުރެއްވި ގޮތުގައި މިހާރުވެސް ގާތް ގަޑަކަށް 60 މީހުންވަނީ ވަނީ މި ޕާރޓީއަށް ސޮއި ކޮށްފައެވެ.

ވަރަށް އިތުބާރުހުރި ގޮތަކަށް ” ލަންދޫއިންފޯ ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫއިން އެމް.ޑީ.އޭ އަށް ސޮއިކުރި މީހުންގެ ތެރޭގައި ގިނައީ ލަންދޫގައި ހަރަކާތްތެރި ވަމުން އަންނަ އެމް.ޑީ.ޕީ ގެ މެމްބަރުންނެވެ. މީގެ ތެރޭގައި އެމް.ޑީ.ޕީ ގައި ނަގާ ކިޔަމުން އައި އެންމެ ވަރުގަދަ އެކްޓިވިސްޓުންވެސް ހިމެނެއެވެ.

ލަންދޫގައި އެމް.ޑީ.އޭ އަށް މީހުން ވެއްދުމަށްޓަކައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުން އަންނަތަން ފެންނަނީ އިރުދޯނީ ގައި މަސައްކަތް ކުރައްވާ ފަރާތްތަކެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz