އެމްޑީޕީ ގޮފިން ހާޒިރުނުވާތީ ޕާރޓީތަކުގެ މަޝްވަރާ ބޭއްވޭގޮތެއްނުވި

ލަންދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި މިހާރު ހަދަންފަށާފައިވާ މަގުހެދުމުގެ މަސައްކަތާއި ގުޅޭގޮތުން ލަންދޫގައި ހަރަކާތްތެރިވާ ޕީޕީއެމް މެމްބަރުންނާއި އެމްޑީޕީ މެމްބަރުންނާއި ލަންދޫކައުންސިލް މެމްބަރުން މިރޭ ބައްދަލްކުރެއްވުމަށް ރޭއްވެވި ބައްދަލްވުން އެމްޑީޕީ އިން އެއްވެސް މެމްބަރަކު ހާޒިރުވެފައި ނުވާތީ ކެންސަލްކޮށްލައިފިއެވެ.

ލަންދޫކައުންސިލް ޢިދާރާއިސްވެއޮވެ ކުރަންފެށުނު މި މަސައްކަތުގައި ސިޔާސީ ކުލަ ޖެހެންފަށަފައިވާކަމަށް ރަށުތެރޭގައި އަޑުފެތުރުމާއި ގުޅިގެން މިކަން ހައްލުކުރުމުގެ މަޤްޞަދުގައި ކައުންސިލް ޢިދާރާއިން ދަޢުވަތު ފޮނުވައިގެން ބާއްވަން ހަމަޖެއްސި މިބައްދަލްވުމަށް އެމްޑީޕީ އިން ހާޒިރުނުވި ސަބަބެއްކަމަށް ލަންދޫގައި އެމްޑީޕީގެ ހަރަކާތްތައް ރާވަ ހިންގެވުމުގައި އެންމެ އިސްދަޢުރެއް އަދާކުރައްވަމުން އަންނަ ލަންދޫގައި ފުރަތަމަ ކައުންސިލަރުކަން ކުރެއްވި އަލްފާޟިލް މަޖުދުﷲ ޢަބްދުއްރައްޒާޤް ( މަޖޫ ) ބުނުއްވީ މިރޭގެ ބައްދަލްވުމަށް ގޮސްފިނަމަ ރަށުގެ މަޝްރަޙް އިތުރަށް ހޫނުވެ މަގުހެދުމުގެ މަސައްކަތައް ހުރަސްތަކެއް އެޅި ދާނެކަމަށް ލަންދޫގައި ތިއްބެވި ޕާރޓީގެ މެމްބަރުންނަށް އިއްތިފާޤް ވެވިފައިވާ އެ ޕާރޓީގެ ފަރާތުން ބައްދަލްވުމަށް ހާޒިރުނުވީ ކަމުގައެވެ.

މަޖޫ އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި ލަންދޫގައި އުފެދިފައިވާ އެމްޑީޕީ ގޮފިތަކުގެ ސަބަބުން ލަންދޫގައި ހިންގޭ ތަރައްޤީގެ އެއްވެސް މަސައްކަތަކަށް ބުރުލެއް ނާރާނެއެވެ. ނަމަވެސް މިހާރު ހަދަމުން ގެންދާ ފަނޑިޔާރު މަގު ހެދުމުގެ މަސައްކަތުގައި ހަމައެކަނި ޕީޕީ އެމްއަށް ނިސްބަތްވެލައްވާ ފަރާތްތައް ގާތްކޮށް ފެންނަގޮތައް ގެންގުޅޭނަމަ މި މަސައްކަތް ކުރެވެމުން މިދާގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެޕާރޓީން މަސައްކަތް ކުރާނެއެވެ.

ލަންދޫކައުންސިލް ޢިދާރާއިން  އިތުރަށް މަޝަވަރާކޮށް އިތުރު ގޮތްތަކެއް ބޭނުންކުރައްވައިގެން ނަމަވެސް މިހާރުލަންދޫގައި އުފެދިފައިވާ ސިޔާސީ ޚިޔާލް ތަފާތުވުންތައް ކުޑަކުރެއްވޭތޯ ބެއްލެވުމަކީ ކުރިމަގުގައި ރަށުގެ ތަރައްޤީއަށް ހިންގޭ މިފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއި އެކު ހިންގުމަށް ލިބިގެންދާނެ ބޮޑުބާރަކަށް ވާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ކައުންސިލް މެމްބަރަކު ” ލަންދޫ އިންފޯ ” އަށް މަޢުލޫމާތު ދެއްވިގޮތުގައި މިރޭގެ ބައްދަލްވުން ނުބޭއްވުނު ނަމަވެސް މަގުހެދުމަށް ބޭނުންވާނެ ސާމާނު މާދަމާ ލަންދޫއަށް ގެނެވި މަގުހެދުމުގެ މަސައްކަތް ފަށައި ގަނެވޭނެއެވެ. މަޖޫވެސްވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި މަސައްކަތައް ބޭނުންވާ ވެހިކަލްސް ލަންދޫއަށް ގެނެވޭނެކަން ހާމަކުރައްވާފައެވެ. އަދި އިތުރަށް މަޖޫ ހާމަކުރެއްވި ގޮތުގައި މިއަދު ގެންނަށް ހަމަޖެހިފައިވާ ތަކެތި މިއަދު ނުގެނެވުނީ މިތަކެތި ހިފައިގެން މަލޭކޮޅުން ނައްޓާލެވުނުލެއް ތަންކޮޅެއް ލަސްވުމުން ކަމުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
މުހައްމަދު ފަޔާޟު
މުހައްމަދު ފަޔާޟު

މަގުގެ މަސަައްކަތ ކުރިޔަށްދާންވީ ގޮތް އެނގޭނީ ކައުންސިލަށް، އެއްވެސް ހާލެއްގައި އެމަސައްކަތް ކައުންސިލުން ހަވާލުކުރީ އެމްޑީޕީ އަކާ ނޫން. މަގުގެ މަސައްކަތް ކުރިޔަށްދާނީ އެންމެ ފުރަތަމަވެސް މަސައްކަތް ކުރިޔަށް ގެންދިޔަ ގޮތަށް ކައުންސިލްގެ ބެލުމުގެ ދަށުން. ސުކުރިއްޔާ! ކޮންމެ ކަމަކުންވެސް ކްރީމްކޮޅު ބޯން އުޅެންޏާއި މަސްލަހަތު ގެއްލޭނެ. ވީމާ ރަށާއި ރައްޔިތުން ކުރިޔަށް ނެރުން މުހިންމީ……