އެމްޑީޕީ ލަންދޫ ގޮފީގެފަރާތުން މަސްވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި.

މިއަދު ރަށުގެ ގޮނޑުދޮށަށް ލައްގާފައިހުރި މަރުވެފައިވާ މަސްތައް ވަޅުލުމުގެ މަސައްކަތް އެމްޑީޕީ ނ.ލަންދޫ ގޮފީގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮފީގެ ފަރާތުން މިއަދު ލަންދޫއިންފޯއަށް މައުލޫމާތު ދެމުން އާދަމް މޫސާ ރިހިވެލި އާއި ޢަބުދުލް ޢަޒީޒު މުޙައްމަދު އަމަން މިއަދު ބުނީ އެމީހުންގެ މިއަދުގެ މަސައްކަތުގައި 63 މީހުން އަމަލީ ގޮތުން ބައިވެރިވި ކަމަށެވެ. އެއީ ހުސްއެކަނި އެމްޑީޕީގެ މެމްބަރުން ނޫންކަމަށްވެސް އެމީހުން ބުންޏެވެ.

މިއަދުގެ މަސައްކަތުން ރަށުގެ ބަނދަރު ސަރަޙައްދުން ފެށިގެން ދެކުނުފަރާތުން ގޮސް އާމަގާހިސާބަށް ލައްގާފައިވާ ހުރިހާ މަހެއް ވަޅުލެވި އެސަރަހައްދުވަނީ ސާފުކުރެވިފާކަމަށްވެސް އެމީހުން މިއަދު ބުންޏެވެ.

މަރުވެފައިވާ އެކިވައްތަރުގެ މަސް ގިނަޢަދަދަކަށް ރަށްރަށުގެ ގޮނޑުދޮށް ތަކަށް ލައްގަމުންދާތާ ދުވަސް ކޮޅެއްވެއްޖެއެވެ. ކުޑަކޮށް ކޮންޓްރޯލް ވީނަމަވެސް އަދިވެސް މަސް ލައްގާ ކަމަށް މަޢުލޫމާތު ލިބެެއެވެ. އަދި މިކަމުގެ ސަބަބުން ޢާއްމުންނަށްވެސް ދަނީ އެކިކަހަލަ އުނދަގޫތައް ފޯރަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
mohamma
mohamma

mdp in thiya kuri kanthakah vr bodah maruhabaa kiyah ,

wpDiscuz