އެމްޑީޕީ އެތެރޭގެ އިންތިހާބު ލަންދޫގައިވެސް ކުރިއަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ޗެއާޕާސަންގެ އިތުރުން ވެސް އެ ޕާޓީގެ ބައެއް މަގާމްތަކަށް މީހުން ހޮވުމަށް އެޕާރޓީގެ ފަރާތުން މިއަދު ބާއްވާ އެޕާރޓީގެ އެތެރޭގެ އިންތިޙާބު ލަންދޫގައިވެސް ކުރިއަށް އެބަދެއެވެ.

ލަންދޫގައި ވޯޓްލުމުގެ ހުރިހާކަމެއް ކުރިއަށްދަނީ ދާދިފަހުން ލަންދޫ އެމްޑީޕީ ގޮފިން ތައްޔާރުކުރި އެމްޑީޕީގެ ޖަގަހައިގައެވެ. މިއަދު ހެދުނު 9:00 ގައި ފެށުނު ވޯޓްލުމުގައި މިހާތަނަށް 15 މެމްބަރަކު ވޯޓް ލައިފައިވާއިރު ވޯޓްލުމުގެ ޙައްޤުލިބިގެންވާ 162 ފަރާތެއް ލަންދޫގައި އެބަތިބިކަމަށް ވޯޓްފޮށި ކައިރީގައި ހަރަކާތްތެރި ވެލައްވާ ދެފަރާތުން މަޢުލޫމާތު ދެއަވައެވެ.

އެމްޑީޕީ ގެފަރާތުން މުޅިރާއްޖޭގައި ކުރިއަށްގެންދާ އެ ޕާޓީގެ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އަދި ޗެއާޕާސަންގެ މަގާމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ކުރިމަތިލައްވާފައިވާއިރު ޗެއާޕާސަންގެ ނައިބުގެ މަގާމަށް ވާދަކުރައްވަނީ ވަނީ ސ. މަރަދޫ، އަލަނާސިގޭ އަލީ ޝިޔާމެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެންމެ ކެންޑިޑޭޓަކު ވާދަކުރައްވައިފި ނަމަ އެ ޕާޓީގައި މިހާރު ތިބި ވޯޓު ހައްގުވާ 48،000  އަށް ވުރެ ގިނަ މެމްބަރުންގެ ތެރެއިން 10 ޕަސެންޓް ތާއީދު ލިބިއްޖެ ނަމަ މަގާމަށް އިންތިހާބު ވާނެ އެވެ.

ލަންދޫ އެމްޑީޕީގޮފިން މަޢުލޫމާތު ދެއްވިގޮތުގައި ވޯޓްގުނާ ނަތީޖާ އިޢުލާންކުރުން އޮންނާނީ ހަވީރު 4:00 ގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
އައިޝާމަނެކެ
އައިޝާމަނެކެ

ހަމަ މައުމޫނަށް ވީވަރު ނަޝީދަށްވެސް ތިވީ……… މައުމޫނު ކުރިމަތިލީމާ ދެން ނުކުރޭ އެހެންމީހަކަށް ކުރިމަތިލާންވެސް ހަމަ އެގޮތް އެމްޑީޕީގައިވެސް ތިވަނީ.. ކާފައަށްވާވަރު މާމައަށްވެސް ތިވަނީ..

wpDiscuz