އެމްޑީޕީ އިންތިޚާބު 2012 – ލަންދޫގައިވެސް ވޯޓުލާނެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި، ޗެއަރޕާސަން، ޗެއަރޕާސަން ނައިބު އިދާރީ އަދި ބައެއް ދާއިރާތަކުގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ “އެމްޑީޕީ އިންތިޚާބު 2012″، މި ޖޫން މަހުގެ 16 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިއިންތިޚާބުގެ ވޯޓުލުން ނ.ލަންދޫގައި ވެސް ކުރިއަށްދާނެކަމަށް ލަންދޫ އެމްޑީޕީ ގޮފީގެ އިސްބޭފުޅަކުވަނީ މަޢުލޫމާތު ދެއްވާފައެވެ.

ލަންދޫގައި ހުންނަ ވޯޓުފޮށި ހުންނާނީ ލަންދޫގައި ހުންނަ އެމްޑީޕީގެ އޮފީހުގައެވެ. މިއޮފީސް ހިންގަމުން މިހާރުގެންދަނީ ނ.ލަންދޫ ވައިލެޓްމާގޭގައި ކުރިން ހިންގަމުންދިޔަ ވައިލެޓް ގުރުއާން ކްލާހުގައެވެ.

މި އިންތިޚާބުގެ ވޯޓުލުން މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 16 ޖޫން ވާ ހޮނިރު ދުވަހުގެ ހެނދުނު 9 ން ހަވީރު 4 އަށް ކުރިއަށްދާނެކަމަށާއި، އަދި ވޯޓުލައި ނިމޭތާ 30 މިނެޓް އިރުގެ ތެރޭގައި ވޯޓުލާ މަރުކަޒުގައި ވޯޓުގުނުމުގެ މަސައްކަތް ފެށޭނޭ ކަމަށްވެސް އެޕާޓީން ވަނީ އިއުލާންކޮށްފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz