އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށްޓަކައި މިހާރު މަޝްވަރާތަކެއް އެބަ ކުރެވޭ – އުމަރު

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށްޓަކައި މިހާރު މަޝްވަރާތަކެއް ކުރެވެމުންދާކަމަށް އެޕާޓީގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާއި ގުޅިގެން އެޕާޓީގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގައި އެމްޑީޕީގެ ބައެއް މެންބަރުން އެހެން ޕާޓީތަކާއި ގުޅިވަޑައިގަތުމަށް ތައްޔާރުވަމުންދާ ވާހަކަތަކާއި ގުޅިގެން އުމަރު ވިދާޅުވީ ޕޮރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އަކީ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީއެއްގެ މެންބަރުންނަށްވެސް ހުޅުވިފައި ހުންނަ ޕާޓީއެއްކަމަށާއި ނަމަވެސް ނާޖާއިޒް ފައިދާއެއް ދޭނެކަމުގެ ހުވައެއް ކޮށްގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރަކުވެސް އަދި އެހެން ޕާޓީއެއްގެ މެންބަރަކުވެސް އެޕާޓީއަށް ނުގެންނާނެކަމަށެވެ. އަދި މިހާރުގެ ސިޔާސީ މަސްރަހަށް ބަލާއިރު އަވަސް މުސްތަގުބަލެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންތަކެއް ޕީޕީއެމްއާއި ގުޅިވަޑައިގަތުމަކީ އެކަށީގެންވާކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން އެހެންޕާޓީތަކާއި ގުޅެމުންދާ ދިއުމާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ސީދާ އެމްޑީޕީން ފުންމާލައިގެން އެހެން ޕާޓީތަކަށް ޓްރާންސިޓް ކުރުމަށްފަހު ޕީޕީއެމް އަށް ބަދަލުވުމަކީވެސް އެކަށީގެންވާކަމެއްކަމަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެބަރުންތަކެއް ސިޔާސީ ޕާޓީތަކާއި ގުޅިވަޑައިގަތުމަށް ތައްޔާރުވަމުންދާ ވާހަކަ ދެކެވެމުންދާއިރު ބޮޑެތި ޚަރަދުތައް ކޮށްގެން ޑީއާރްޕީން އެމްޑީޕީއަށް ބަދަލުވެފައިވާކަމަށް ބުނާ ބައެއް މަޖިލީސް މެންބަރުންތައްވަނީ އަހަރު ނުފުރެނީސް އެމްޑީޕީން ވަކިވެ އަނެއްކާވެސް ޑީއާރްޕީއާއި ގުޅިވަޑައިގެންފައެވެ.

އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މެންބަރުންތަކެއް މިހާރު އެހެން ސިޔާސީ ޕާޓީތަކަށް ސޮއިކޮށްފައިވާ ވާހަކައާއި ސޮއިކުރަމުންދާ ވާހަކައަކީ މިއަދު ސިޔާސީ މަސްރަހުގައި އެންމެ ހަރުއަޑުން ދެކެވެމުންދާ ވާހަކަތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މުލީއާގޭ ކައިރީގައި ގޮއްވާލަން އުޅުނު އެއްޗަކީވެސް ސީދާ ރައީސަށް އަމާޒުކުރި ޙަމަލާއެއް ކަމަށް ހޯމްމިނިސްޓަރ ވިދާޅުވެއްޖެ.

މިދިޔަހޯމަދުވަހުގެ ރޭ މުލީއާގޭ ކައިރީގައި އޮތް ވެހިކަލެއްގެ ފިއުލް ޓޭންކް މަތީގައި ބާއްވާފައި އޮއްވައި ފެނިގެން ޑިފިއުސް ކުރި އައިއީޑީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz