އެމްޑީޕީގެ ދެ މެމްބަރަކު ޖުމްހޫރީ ޕާޓީއާއި އަންނަމަހު ގުޅޭނެކަމަށް އެޕާޓިން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ތެރެއިން އިތުރު ދެ މެންބަރަކު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް އަންނަ މަހުގެ ތެރޭގައި ސޮއިކުރާނޭކަމަށް އެޕާޓީން ބުނެފިއެވެ.

ދިޓީވީގެ ވެބްސައިޓްގައި މިއަދު އެނޫހުން ބުނެފައިވަނީ ދިޓީވީއަށް މަޢުލޫމާތު ދެއްވަމުން ނަން ހާމަކުރަން ބޭނުންނުވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރަކު ވިދާޅުވީ، މަޖިލީހުގައި އެޕާޓީގެ މެންބަރުންގެ ޢަދަދު އިތުރުކުރުމަށް މަޖިލީހުގައި ހިމެނޭ މެންބަރުންނާއި އަބަދުވެސް ވާހަކަ ދައްކަވަމުންދާކަމަށެވެ. އެގޮތުން ވާހަކަ ދެކެވެނު މެންބަރުންގެ ތެރެއިން އެޕާޓީއާއި ގުޅުމަށް، އިދިކޮޅު އެމްޑީޕީގެ ދެ މެންބަރަކު ނިންމާފައިވާކަމަށާއި، ނަމަވެސް އެއީ ކޮން ދެ މެންބަރެއްކަން އަދި ހާމަކުރެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ދެމެންބަރުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުން މިފެށޭ މަހުގެ ތެރޭގައި އޮންނާނޭކަމަށްވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހު އެމްޑީޕީގެ ޕާލިމަންޓް މެންބަރުން އެހެން ސިޔާސީ ޕާޓީތަކާ ގުޅުމަށް ޝައުގުވެރިވާކަމުގެ އަޑުތައް ފެތުރެމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ޕާލިމަންޓް މެންބަރު ޢަބްދުއްﷲ ޢަބްދުއް ރަޙީމްވަނީ އިއްޔެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީއާއި ގުޅިވަޑައިގެންފައެވެ. ނަޝީދުގެ ވެރިކަން ނިމުނުފަހުން އެމްޑީޕީގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަމަށް އަޑުފެތުރެމުންދާ މިދަނޑިވަޅުގައި، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުން ފާޅުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ނިންމުންތަކާ ދެކޮޅަށް ވާހަކަދައްކައި ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި

އަލްހާން ފަހުމީ އާއި ސިފާގް މުފީދު… %99

މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި

މީއި ހަމަ ވަރަށް ތެދު ހަބަރެއް!!

wpDiscuz