އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަކީ ބޮޑު ޖޯކެއް- އުމަރު ނަސީރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަކީ ބޮޑު ޖޯކެއްކަމަށާއި އެއީ އެމްޑީޕީން ޑިމޮކްރަސީއަށް ކުރި މަލާމާތެއްކަމަށް ޕީޕީއެމުން ބުނެފިއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބަށް ފާޑުވިދާޅުވަމުން ޕީޕީއެމްގެ އިންތިގާލީ ނައިބް ރައީސް ޢުމަރު ނަސީރު ވިދާޅުވީ އެމްޑީޕީ ފަދަ މެމްބަރުންގެ އަދަދު ގިނަކަމަށް ދައުވާ ކުރާ ޕާޓީއަކުން އެޕާޓީގެ އިސްމަޤާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ބޭއްވި އިންތިހާބުތަކުގައި ކޮންމެ މަގާމަށް އެއްބޭފުޅަކު ކުރިމަތިލައްވި އިންތިހާބު ބޭއްވި ބޭއްވުމުން އެނގިގެންދަނީ އެމްޑީޕީތެރޭގައި އެއްވެސްކަހަލަ ޑިމޮކްރަސީގެ އުސޫލްތަކެއް ނެތްކަންކަމަށް އުމަރު ވިދާޅުވިއެވެ.

އެއްވެސް ކަހަލަ ވާދަވެރިކަމުގެ ރޫހެއް ނެތި ، އިންތިހާބް ބޭއްވުމުގެ ކުރިންވެސް މަގާމްތައް ވަކިބަޔަކަށް ކަށަވަރުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބްގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު  އެކަނި ވާދަކުރެއްވި އިރު ނަޝީދަށް ތިރީސް އެއްހާސް ވޯޓު ލިބިފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އަދި ގިނަ މެމްބަރުން ހިމެނޭ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަމައެކަނި ކުރިމަތިލެއްވި މުސާ މަނިކަށް ނަވާވީސް ހާހަށް ވުރެ ގިނަ ވޯޓު ލިބިފައިވާކަމަށް ވަގުތީ ނަތީޖާއިން ދައްކާކަމަށްވެސް އެޕާޓީންވަނީ ބުނެފައެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz