އެމްޑީޕީގެ ހަރުގެ އެއް ލަންދޫގައިވެސް ހުޅުވަނީ…

އެމްޑީޕީ ލަންދޫގޮފީގެ ފަރާތުން ލަންދޫގައި ހަދާ އެމީހުންގެ ހަރުގެ / ފޮޓޯ: ލަންދޫއިންފޯ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) ގެ ހަރުގެއެއް ލަންދޫގައިވެސް ވަރަށް އަވަހަށް ހުޅުވޭނެކަމަށް އެޕާޓީގެ ލަންދޫގޮފިން މަޢުލޫމާތުދީފިއެވެ. މިއީ ލަންދޫގައި އެޕާޓީގެ ރޫޙް ވަރުގަދަ ކޮށް މެމްބަރުންއިތުރުކުރުމަށް ފަށާ ޚާއްޞާ ކެމްޕެއިންގެ ދަށުން ކުރެވޭ ކަމެއްކަމަށް ވެސް އެޕާޓީގެ ލަންދޫތަމްޟީލް ކުރާއިސްފަރާތްތަކުން މައުލޫމާތު ދެއެވެ.

އެމްޑީޕީގެ ލަންދޫގޮފިން އަޙްމަދު ފައިސަލް މައުލޫމާތު ދެއްވި ގޮތުގައި މިހާރު ވަނީ ހަރުގޭގައި ބޭނުންކުރާނެ ގޮޑިއާއި، އެހެންވެސްބައެއް ސާމާނު ބަލައި މާލެދިއުމަށް އެމްޑީޕީގެ ފަރާތުން އަންގާފައިކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށްމާލެދާނެކަމަށާއި، މާލެ އިން ގެންނަންޖެހޭ ތަކެތި ގެނެވުނީމާ ހަރުގެ ރަސްމީކޮށް ހުޅުވާނެކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
Mohamma
Mohamma

ތިޔަބުނާ ހަރުގެއެއް ހުޅުވަން އުޅެނީ ލަންދޫގައި ތިބި ދަރިންނަށް އަޅައި ނުލާ ޤަވާއިދުން ނަމާދަށް ނުދާ އަދި ނުވީތާކަށް އާއިލީ ޒިންމާވެސް އެއްވެސް ވަރަކަށް އަދާނުކުރާބައެއް ކަމަށް ބުނާތީވެ އަޑުއަހަން ، މިފަދަ މީހުން ޖަގަހަ ހުޅުވުމަށްވުރެ ރަނގަޅު ގޮތުގައި ދަރިންތަރުބިއްޔަތުކޮށް ، ޤަވާޢިދުން ނަމާދުކުރެވޭތޯބަލާ އާޢިލީ ޒިންމާ ފުރިހަމައަށް އަދާކުރެވޭތޯ ބެލުން މާމުހިއްމުކަމުގައި ދެކެން

kamana
kamana

ލަންދޫގަވެސް ހެޔޮވިސްނޭ ބަޔަކުތިބިކަމަށް އެބަފެނޭ އޮފީސްހުޅުވާ ގަދަޔަށް ހަރަކާތްތައް ޖައްސަން ކަމަނަ ގޮވާލަން ތިކުރާތިތްވަރަށް އަށްސަރިބަހުން ސާބަސްދެން ކަމަނަވެސް އިރާދަކުރެއްވިއްޔާ ތިހަރަކާތުގާ ބައިވެރިވާން ލަންދުއަށް ދާނަން ކަމަނަ މަނަދޫ

މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި

ދެބައުޑުވާން ކުރާ ކަމެއް މިއީ!!!!

wpDiscuz