އެމްޑީޕީން ގަބޫލުކޮށް ހިމާޔަތްދޭނީ ސަލާމަތީ ބާރުތަކުގެ ތެރެއިން އެމީހުން ގަބޫލުކުރާ ވަކި ބަޔަކަށް!

އެމްޑީޕީން ގަބޫލުކޮށް ހިމާޔަތްދޭނީ ސަލާމަތީ ބާރުތަކުގެ ތެރެއިން އެމީހުން ގަބޫލުކުރާ ވަކި ބަޔަކަށް ކަމަށް ބުނެ ދިފާއީ ބާރުތަކުގައި މަސައްކަތްކުރާ ވަކި ބަޔަކަށް އަދިވެސް ހަމަލާތައްދޭނެކަން ދޭހަވާގޮތަށް އެމްޑީޕީން ބަޔާނެއް ނެރެފިއެވެ.

 ކުރީގެ ރައީސް ނަޝީދާއި ހަވާލާދެއްވައި އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން ގައުމީ ސިފައިންނާއި ފުލުހުންނަށް ދެރައެއް ނުދޭނެކަމަށާއި ނަމަވެސް އެމީހުންގެ ވެރިކަން ވައްޓާލުމުގައި ބައިވެރިވި ސިފައިންނާއި ފުލުހުންނާއި މެދު ފިޔަވަޅު އެޅެންޖެހޭނެ ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމުގައި ބައިވެރިވި ފަރާތްތަކާއި މެދު ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކުރިމަތިވެ ރާއްޖޭގައި ޒަމާނުއްސުރެ އަށެގެންފައިވާ ވެރިކަން ބަދަލުކުރުމުގެ ސަގާފަތް އަލުން ދިރުވުމަށް ދެވޭ ހިތްވަރެއްކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ނޫސްބަޔާނެއް އެމްޑީޕީއިން ނެރެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ފުލުސް އޮފީހުން ނުކުމެ ވަޑައިގެން ނޫސްވެރިންގެ ކުރިމަތީގައި ކުރީގެ ރައީސް ނަޝީދުވަނީ ފުލުހަކަށް މިފަދަ އިންޒާރުތަކެއް ދެއްވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz