އެމްޑީޕީން ބޭނުންވާ ނަތީޖާ ނޫން އެހެން އެއްޗެއް ޤަބޫލެއްނުކުރާނެ-ތަސްމީން

އެމްޑީޕީން ބޭނުންވާ ނަތީޖާ ނޫން އެހެން އެއްޗެއް ޤަބޫލެއްނުކުރާނެ-ތަސްމީން

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހްގީގު ކުރުމަށް އެކުލަވާލެފައިވާ އިންކުއަރީ ކޮމިޝަނުން އެމްޑީޕީ ބޭނުންވާ ނަތީޖާ ނޫން އެހެން ނަތީޖާއެއް ނެރެފިކަމުގައި ވަނީނަމަ އެނަތީޖާ އެމްޑީޕީން ބަލައިގަންނާނެކަމަށް އުއްމީދު ނުކުރައްވާކަމަށް ސަރުކާރު އިއްތިހާދުގައި ހިމެނޭ ޑީއާރްޕީގެ ލީޑަރ ތަސްމީން އަލީ ވިދާޅުވެއްޖެއެެވެ.

ރޭ ދިޓީވީ ހަބަރުތެރެއިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވިގޮތް މިނިވަންކޮމިޝަނަކުން މިނިވަން ތަހްގީގެއް ކޮށް ނިމޭއިރު އެމްޑީޕީން ބޭނުންވާފަދަ ނަތީޖާއެއް ނެރެވިދާނެކަމަށް ގަބޫލް ނުކުރައްވާކަމަށެވެ.

 ނަމަވެސް އެމްޑީޕީން ނަތީޖާ ގަބޫލް ނުކުރިނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުންނަށް ގަބޫލްކުރެވޭގޮތައް ކޮމިޝަން ބައްޓަން ވެގެން ދިއުމަކީ ކޮމިޝަނުން ނެރޭ ނަތީޖާ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ވެގެންދާނެކަމެއް ކަމަށް ތަސްމީން ވިދާޅުވިއެވެ.ވެރިކަން ބަދަލުވިގޮތް ތަހްގީގުކުރުމަށް އުފައްދަވާފައިވާ ކޮމިޝަނުގެ މަސައްކަތް ގިނަ ބަޔަކަށް ގަބޫލް ކުރެވޭ ގޮތައް ސަރުކާރުން ވަނީ ކޮމިޝަނަށް ބަދަލުގެނަން އެއްބަސްވެ އެ ބަދަލުގެނައުމުގެ މަސައްކަތް ފަށާފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރުނު ޤަރާރު ހޯމް މިނިސްޓްރީން ކުށްވެރިކޮށްފި

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ދިނުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރެފައިވާ ޤަރާރަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz