އެމްޑީޕީން ބުނަމުންދިޔަ އަވަސް އިންތިހާބުގެ ނަތީޖާ ފެނިއްޖެ-މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ކާށިދު އާއި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުން އެމްޑީޕީން ބުނަމުންދިޔަ އަވަސް އިންތިހާބުގެ ނަތީޖާ ފެނިއްޖެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފު އާދަމް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން ތ. ގުރައިދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި “އަވަސް އިންތިހާބު” ގެ ނަތީޖާ އިން ސާބިތުވީ ރައްޔިތުންގެ ތާއީދު އޮތީ ޕީޕީއެމް އަދި ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް ކަން ކަމަށް ކަމަށެވެ. މީގެ އިތުރުން މައުމޫން ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެކަން އެ ގޮތަށް ކުރަން އުޅެގެން ވެސް ނުވާނެ ކަމަށެވެ. އެހެންވެ ގާނޫނު އަސާސީން ޖާގަ ނުދޭ އިންތިހާބެއް ބާއްވަން ވާހަކަ ދައްކައިގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދަށްކަވަމުން މައުމޫން ވިދާޅުވީ ބޭރުގެ ބައެއްފަރާތްތަކުން އަވަސްއިންތިހާބެއް ގެ ވާހަކަދަށްކާކަމަށާ ނަމަވެސް އެފަރާތްތަކުން އެފަދަ ވާހަކައެއް ދެއްކިކަމުގައިވީނަމަވެސް އެކަންކޮއްގެންނުވާނެކަމަށެވެ. އަދި ދިވެހިގައުމުގެ މިނިވަންކަން ދިވެހިންރައްކާތެރިކުރަންޖެހޭނެކަމަށާ އަދި މި ގައުމުގެ މިނިވަންކަމާ އެއްވެސް ފަރާތަކުން ބެހުނަ ދީގެންނުވާނެކަމަށެވެ. އަދިބޭރުގެ ފަރާތްތަކުންގެ ބަސް އިސްކޮއްފި ކަމުގައިވަނީނަމަ ދިވެހި ގައުމުގެ މިނިވަންކަމާ ފަހަރުގަ އަލްވަދާއު ކިޔަންޖެހިދާނެކަމަށް މައުމޫން ވިދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ސިޓީ ކައުންސިލްތަކަށް އަލަށް ހޮވުނު އެމްޑީޕީ މެމްބަރުނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ސިޓީ ކައުންސިލްތަކަށް އަލަށްހޮވުނު އެމްޑީޕީ މެމްބަރުންނާ ރައީސް ނަޝީދު ފޯނުކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ އެމްޑީޕީ ސެކްރެޓޭރިއެޓްގައެވެ. ކުރީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz