އެމެރިކާ އަސްކަރިއްޔާގަ ހިންގި ކޯހެއްގައި އިސްލާމް ދީނާ ދެކޮޅު އިބާރާތްތަކެއް ހުރި މައްސަލައެއް ފާހަގަކުރެވުމާ އެކު ކޯސް ވަގުތީ ގޮތުން ހުއްޓާލައިފި.

އެމެރިކާގެ އަސްކަރީ ތަމްރީންތަކުގައި ބޭނުންކުރާ ބައެއް މެޓީރިއަލްތަކުގައި، އެމެރިކާ އިން ހަނގުރާމަކުރަނީ އިސްލާމް ދީނާ ދެކޮޅަށް ކަމަށް ބުނާ ކަމަށް ވާހަކަ ދެކެވެން ފެށުމާ އެކު އެ މައްސަލަ ބެލުމަށް ޕެންޓަގަން އިން ނިންމައިފިއެވެ.

ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު ކެޕްޓަން ޖޯން ކާބީ ވިދާޅުވީ މައްސަލަ ތަހުގީގުކުރުމަށް ޖޮއިންޓް ޗީފް އޮފް ސްޓާފް، ޖެނެރަލް މާޓިން ޑެމްޕާސީ އަންގަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމް ދީނާއި ހަރުކަށި ވިސްނުމާ ގުޅޭ ގޮތުން ލެފްޓިނެންޓް ކާނަލުންނަށް ހިންގި ކޯހެއްގައި ދެއްކި ސްލައިޑްތަކެއްގައި އިސްލާމް ދީނާ ދެކޮޅު އިބާރާތްތަކެއް ހުރި މައްސަލައެއް ފާހަގަކުރެވުމާ އެކު އެ ކޯސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯހުގައި ދެއްކި ސްލައިޑެއްގައި އިސްލާމް ދީނާ ދެކޮޅު އިބާރާތްތަކެއް ހުރި ކަމަށް އެނގިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް އިބާރާތަކީ އެމެރިކާ އިން އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަކުރާ ކަމަށް ދޭހަވާ އިބާރާތެއް ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ ކޯސް މެޓީރިއަލްތަކުގައި އިސްލާމް ދީނާ ބެހޭ ގޮތުން ހުރި ވާހަކަތަކަކީ އެމެރިކާގެ އަސްކަރިއްޔާގެ ފިކުރު ނޫން ކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރާ އަމުރު ހުއްޓުވަން އިސްތިއުނާފް ކޯޓަކުން ތާއީދުކޮށްފި

މުސްލިމުންނާ ދެކޮޅަށް އެމެރިކާ ސަރުކާރުން ރައީސް ޓްރަމްޕް ގެންގުޅޭ ހަރުކަށިސިޔާތާއި ދެކޮޅަށް ވޮޝިންގޓަންގެ ޑިސްޓްރިކްޓް ކޯޓުން ނެރުއްވި އަމުރަށް، އެމެރިކާގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz