އެމެރިކާގެ ސަފީރު ، ރާއްޖޭގެ އިސްލާމިކް މިނިސްޓަރާއި ބައްދަލުކުރައްވައިފި.

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސް މިޝޭލް ސިސޮން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު އައްޝެއިޚް މުޙަމަދު ޝަހީމް ޢަލީ ސަޢީދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އެމެރިކާގެ ސަފީރު މިނިސްޓަރ ޝަހީމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ ޝަހީމް ވަނީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ އަބުރުފުޅާ ބެހޭ ގޮތުން ބަޔަކު ނެރެފައިވާ ފިލްމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށާއި، އެފަދަ ކަންކަން ހިނގަމުންދާނަމަ ހުޅަނގާއި އެމެރިކާއާއި އިސްލާމީ ދުނިޔެއާއިމެދު އޮންނަ ސުލްހަވެރި ގުޅުމަށް އަސަރުކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އެފިލްމު ކުށްވެރިކޮށް އެމެރިކާގެ ސަފީރު ބަޔާނެއް ނެރުއްވާފައިވާތީ އެކަން ފާހަގަކޮށް މިޝޭލް އަށް މިނިސްޓަރ ޝުކުރު ދަންނަވާފައިވެއެވެ.

އަދި ރާއްޖޭގެ އިލްމުވެރިންނަކީ އަލްގައިދާގެ ޚިޔާލަށް ތާއީދުކުރާ ބައެއްނޫންކަމަށާއި، ހަރުކަށި ވިސްނުންތަކާއި، ޚިޔާލްތަކަށް ދިވެހިރާއްޖެއިން ޖާގަ ނުދެއްވާނެކަމަށް ވެސް އިސްލާމިކް މިނިސްޓަރ އައްޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު މިބައްދަލުވުމުގައި ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ޝަހީމްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ނަމޫނާ އިސްލާމީ ގައުމެއްކަމަށާއި، ދިވެހިރާއްޖޭގެ އިލްމުވެރިންނަކީ އަލްގައިދާގެ ޚިޔާލަށް ތާއީދުކުރާނެ ބައެއް ނޫންކަމަށާއި، ދިވެހިރާއްޖެއަކީވެސް ޑިމޮކްރަޓިކް ވެއްޓެއްކަމުން ތަފާތު ޚިޔާލުތައް އުޅުމަކީ ތަބީއީ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއަކީ ނާޒުކު އިގްތިސޯދެއް އޮތް ގައުމަކަށްވުމުން އަބަދުވެސް ދިވެހިރާއްޖެއަކީ ޓުއަރިސްޓުުންނަށް އަމާންކަން ލިބިގެންވާ އެމީހުންނަށް އިހްތިރާމްކުރާ ގައުމަކަށް ވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދީނީ ޓީވީ ޗެނެލެއް ހެދުމަށް އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް އެއްބަސްވުމެއްގައި ސޮއިކޮށްފި.

ޕީއެސްއެމްގެ އިތުރު ދީނީ ޗެނެލްއެއް ހެދުމަށް އިސްލާމިކް މިނިސްޓްރީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕީއެސްއެމްގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި …

ޚިޔާލެއްދެއްވާ

avatar
wpDiscuz