އެއްމަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށަނީ

ލަންދޫ އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދަށް ބަދަލްކޮށް ލަންދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ޢަމަލީ މަސައްކަތް އެންމެ ލަސްވެގެން މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމުގައި ފެނަކާ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ނިމާލް އިޢުލާން ކުރައްވައިފިއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ފެނާއި ، ކަރަންޓާއި ނަރުދަމާގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އަދުގެ ސަރުކާރުން  އުފައްދަވާފައވާ ފެނަކާ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ނިމާލް މިކަން އިއުލާން ކުރައްވާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ލަންދޫއަށް ކުރެއްވި ޒިޔާރަތެއްގައި ލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލްކޮށް ވާހަކަ ދައްކަވަމުންނެވެ.

މިބައްދަލް ކުރެއްވުމުގައި ލަންދޫގެ ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިމާލް ބުނުއްވީ ލަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާޢިމީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން މުޅިން އައު  ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށެވެ.

ފެނަކާ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނިމާލް އާއި އެ ކޯޕަރޭޝަންގެ މެމްބަރުން މިއަދު ލަންދޫއަށް ޒިޔާރަތް ކުރެއްވުމުން ލަންދޫގެ ރައްޔިތުން ، ޚާއްޞަކޮށް ލަންދޫ ޕީޕީއެމް ގޮފީގެ ފަރާތުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެ ލައްވާ ފައިވަނީ ލަންދޫ ޕީޕީ އެމް ގޮފީގެ ރައީސް ނ.ލަންދޫ ސާޙް އަލްފާޟިލް ހަސަން ސައިފް ( ސައިއްޕޭ ) އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ކަރަންޓް ކޭބަލް ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ކޭބަލްވަޅުލާނެ ކޯރުކޮނެދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފި.

ނ.ލަންދޫ ކަރަންޓް ކޭބަލް ނެޓްވޯރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކޭބަލް ވަޅުލަން ބޭނުންވާ ކޯރު ކޮދޭނެ …

ޚިޔާލެއްދެއްވާ

avatar
ބެއްޔާ
ބެއްޔާ

ވަރަށް ބޮޑަށް މަރުޙަބާ.. އެކަމަކު ތިހެން ބުނާ ފޮނިބަސްތައް މިހާރު ޤަބޫލު ކުރެވޭ ވަރަށްވުރެ ގިނަދޮގުތައް ތިހެން ވަޑައިގަންނަވާ ޕާޓީތަކުގެ އެކްޓިވިސްޓުން ހައްދަވައިފި. މިބުނީ ނިމާލު މިފަހަރު ތިހެއްދެވީ ދޮގެކޭނުނޭ. އެކަމަކު މިފަހަރުވެސް ދޮގަކަށް ފަހަރުގެ ވެދާނެ.
ދެން މިހާސްއަށް ބުނެލަން އޮތީ “ފެނަކާ” އެއް ނޫނޭ “ފެނަކަ” އޭ

wpDiscuz