އެއްވެސް ކުލައެއްގެ އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ފުލުހުންގެ ޚިދުމަތް ދިނުމަކީ ފުލުހުންގެ އެންމެ އިސްވާޖިބުކަމުގައި ހަދަން ޖެހޭނެ-މިނިސްޓާރ ޑރ.ޖަމީލް

 

 

އެއްވެސް ކުލައެއްގެ އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ފުލުހުންގެ ޚިދުމަތް ދިނުމަކީ ފުލުހުންގެ އެންމެ އިސްވާޖިބުކަމުގައި ހަދަން ޖެހޭނެ-މިނިސްޓާރ ޑރ.ޖަމީލް

އެއްވެސް ކުލައެއްގެ އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ފުލުހުންގެ ޚިދުމަތް ދިނުމަކީ ފުލުހުންގެ އެންމެ އިސްވާޖިބުކަމުގައި ހަދަން ޖެހޭނެކަމަށާއި އެގޮތަށް ހުރިހާ ފުލުހުންގެ މަސައްކަތްތައްވެސް ބައްޓަން ކުރެވެން ޖެހޭނެކަމަށް ހޯމް މިނިސްޓަރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އައްޑޫސިޓީގެ ގަމުގައާއި ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކާއި ބައްދަލުކުރައްވައި މިނިސްޓަރ ޖަމީލް ވިދާޅުވީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްދިނުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވާކަމަށެވެ. މީގެ އިތުރުން ވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ފެބުރުއަރީ 8 ވަނަދުވަހު އައްޑޫ ސިޓީއާއި އެހެނިހެން އަތޮޅުތަކުގައި ބަޔަކު ނުކުމެ ހިންގި ޙަރަކާތްތަކާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކަށް ކުރިމަތިލައި ފުލުހުން ކުރަމުންދާ މަސައްކަތުގައި ފުލުހުންގެ ޢާއިލާތަކުން ދައްކަމުންދާ ކެތްތެރިކަމާއި ދެއްވަމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.ވަކިން ޚާއްޞަކޮށް އައްޑޫ ސިޓީގައި ޚިދުމަތްކުރާ ފުލުހުން ދައްކަވާ ކެތްތެރިކަމުގެ ނަމޫނާއިން މިކަން ހާމަވާކަން ފާހަގަކުރައްވައި ފުލުހުންނަށާއި ފުލުހުންގެ ޢާއިލާތަކަށް ޝުކުރު އަދާކުރެއްވިއެވެ. މިނިސްޓަރ ޖަމީލުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކަށާއި، ފުވައްމުލަކަށް ޒިޔާރަތްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޑްރޮގްބާ ރާއްޖެ އައުމަކީ ސިޔާމް މަޢުރޫފް ސޮކަކަޕްގެ ފުރިހަމަކަން އިތުރަށް ފުރިހަމަވެގެން ދާނެކަމެއް.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ޗެލްސީ އަދި އައިވަރީ ކޯސްޓުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz