އެންމެ ފަހު ވަޤުތު

ލިޔުނީ: އިބްރާޙިމް ޝާމިލް ( ސާމް ) / މޫރިތި / ނ.ލަންދޫ

 

އަހަރެންގެ ތަޖުރިބާއިން ހާސިލްވި ފިލާވަޅެއް ތިޔަކުދިންނާއި ޙިއްސާ ކޮށްލަ ދެވޭތޯ ބަލާނަމެވެ. އެއްވެސް އޮޅުމެއްނެތް ގޮތުގައި ސުރުޙީގައި އެވަނީ އަށް އަކުރުން ލިޔެފައިވާ ތިން ބަހެވެ. ފުރަތަމަ ބަހަކީ، ދެވަނަ ބަހަށް އޮތް ނަންއިތުރެކެވެ. މި ބަސްތައް އެކި ގޮތް ގޮތަށް ބޭނުން ކުރާއިރު މާނަ ތަފާތު ވީނަމަވެސް، ފަހު ލަފުޒަކީ އޭގެ މާނަ ކޮންމެ ގޮތަކަށް ބޭނުން ކުރިޔަސް ބަދަލު ނުކުރެވޭނެ ބަހެކެވެ. އެއީ ވަޤުތެވެ.

ޔަޤީންކަމާއި އެކު ބުނެދޭން މި މަސައްކަތް ކުރަނީ ކިޔަވާ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއްގެ ވާހަކައެވެ. އަދި އެބަލިން ސަލާމަތް ވާނެގޮތާއި އެ ބަލިން ރައްކާތެރި ނުވެވިއްޖެ ނަމަ އެންމެ ފަހު ވަޤުތު ކަންތައް ވެދާނެ ގޮތުގެ ހުލާސާ ވާހަކަތަކެކެވެ.

އެ ގޮތުން ފުރަމަތަމަ އަހަރެންގެ އެކުވެރިޔާގެ ވާހަކަ ކިޔާލަމާ ހިނގާށެވެ. އަހަރެންގެ ހަނދާން ހުންނަން ފެށިންސުރެވެސް އެކުވެރިޔާ އަކީ ކިޔެވުމަށް ނުލާހިކު މޮޅު ކުއްޖެކެވެ. ގުރޭޑް 5 އާއި ހަމައަށް އޭނާއަކީ އޭ ރިޕޯޓު ގެންނަ ކުއްޖެކެވެ. ނަމަވެސް އޭގެ އަހަރެއްހާ ދުވަސް ފަހުން، އެހާ ކުޑައިރުން ފެށިގެން ކިޔެވުން ދަށަށް ދާން ފެށީ ކިޔެވުމުގެ ތެރެއަށް މިހާރު މިކިޔާ، “އެލް އޯ ވީ ލަވް” ވަދެގެން ކަމާއި މެދު މިހާރު އޭނާ އަހަރެން  ގާތުގައި އެއްބަސްވެއެވެ. މިއީ ކިޔަވާ ދުވަސްވަރު ޖެހޭ އާންމު ބައްޔެކެވެ.

އެކުވެރިޔާ އިތުރަށް ކިޔަދިން ގޮތުގައި، އޭރުގައި ކޮންމެ ކުއްޖަކު ލޯބިވެރިޔަކު ނުވަތަ “ބިޓެއް” ހުންނަން ޖެހެއެވެ. އެ ކަންތައް އެކުދިންނަށް ދަސްވީ މަތީ ގުރޭޑު ތަކުގެ ކުދިންގެ ފަރާތުންނެވެ. އެކުދިންނަށް ދަސްވީ، އޭގެ ކުރީގެ ކުދިންގެ ފިޔަވަޅުތަކަށް ބެލުމުންނެވެ. ޙަޤީޤަތުގައި ކިޔަވާކުދިންނަށް ކިޔެވުމުގެ ދުވަސް ވަރު އެކި ގޮތްގޮތުން އެކި ކަހަލަ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހެއެވެ. އެހެން ކުދިންގެ މަލާމަތާއި ފުރައްސާރަޔަށް ބަލަން ހަދައިގެން، ކަތިކޮށް އެޅޭ އެންމެ ފިޔަވަޅަކުންވެސް ފައި ކައްސާލައިގެން ވެއްޓިގެން ހިނގައިދާނެވެ. އެހެން ކަމުން ސާބިތުކަމާއި ހިތްވަރާއި ފުރިހަމަ އަޒުމާއިއެކު ކުރިޔަށް ފިޔަވަޅު ނަނގަމުންދާ ކުދިންނަށް ކިޔެވުމުގައި ކާމިޔާބު ހާސިލުކުރަން ފަސޭޙަވާނެ ކަން ކަށަވަރެވެ.

އެކުވެރިޔާ އަނެއްްކާވެސް މުޅިން އައު ހިތްވަރަކާއި އެކު ކިޔެވުމުގެ މައިދާނުގައި ފައިތިލަ ސާބިތުކުރިއެވެ. ގުރޭޑު ދިހައެއް ނިމި ޖިސީ އޯ ލެވެލް ވެސް ނިމި ނަތީޖާ ލިބުނު އިރު މުޅި ސުކޫލުންވެސް އޯލެވެލް އިން އެންމެ މަތިން ފާސްވީ މި ބުނާ އެކުވެރިޔާ އެވެ. އޭރު އޭނާގެ އެއްވެސް ލޯބިވެރިޔަކު ނުހުރެއެވެ. އެކުވެރިޔާއަށް ސުކޫލުކުދިން ކުރި މަލާމާތް ތަކުގެ ބަދަލުގައި އޭނާ އެކުދިންނަށް ދައްކައި ދިނީ ރިވެތި މިސާލެކެވެ. ނަމަވެސް….

ނަމަވެސް އޭނާ އޭ ލެވެލް ކިޔަވި ދުވަސްވަރު ދެވަނަ ފަހަރަށް ލޯބީގެ ގޮތުން އަންހެން ކުއްޖަކާއި ރައްޓެހި ވިއެވެ. އެ އަންހެން ކުއްޖާ އަކީވެސް ހަމަ އޭނާ ފަދައިން ކިޔެވުމަށް ވަރަށް މޮޅު ކުއްޖެކެވެ. ދެކުދިން ކިޔަވަމުން ދިޔައި އެއް ކުލާހަކުންނެވެ. އެކަން ދެ ފަރާތުގެ އާއިލާޔަށްވެސް ރަނގަޅަށް އެނގެއެވެ. އެމީހުން އެކަމާއި ވަރަށް ޤަބޫލެވެ. ސަބަބަކީ ދެކުދިންނަކީވެސް އެއް މިޒާޖެއްގެ ދެކުދިންނަށް ވެފައި އަޙުލާޤުވެސް ބަރާބަރު ވީމައެވެ.

އަދި އެދެ ކުދިން ރައްޓެހިވެގެން އުޅުނަސް ކިޔެވުމަށް އެއްވެސް އަސަރެއް ނުކުރާތީއެވެ. މި ގޮތައް ދުވަސްތައް ފާއިތުވެގެން ދިޔައެވެ. އޭލެވެލްގެ ކިޔެވުން ނިމެން ކައިރިވެ، ޓެސްޓު ހަންދަން ތައްޔާރުވުމުގެ ދުވަސް ކޮޅު ކައިރިވީއެވެ. މުޅި ސުކޫލަށާއި ރަށަށް ނަމޫނާ ދައްކަން ތައްޔާރުވަމުން ދިޔަ ދެ ކުދިންގެ ފަރާތުން ކުއްލި ސިހުމެއް ގެނައީ ކުލާސް ތެރެއިން އިވުނު އަޑަކުންނެވެ!

އެކުވެރިޔާގެ ލޯބިވެރިޔާ ބަނޑުބޮޑުވި ވާހަކައެވެ. ސުކޫލުގެ އޮފީހުން ނިންމީ އެދެކުދިން ޤާނޫނާއި ޙިލާފް ކުށެއް ކުރުމުގެ ސަބަބުން ސުކޫލުން ވަކިކުރުމަށެވެ. އެންމެ ފަހު ވަޤުތު މިވީ ކިނެއް ހެއްޔެވެ؟ މި އޮތް ހުރިހާ ދުވަހު ކުރި ބުރަ މަސައްކަތް ފަނުފުލުން ދިޔައީ ނޫންހެއްޔެ؟ އޭގެ އިތުރުން ދެ ކުދިންނާއި އާއިލާވެސް މުޅި ރަށަށް ބަދުނާމުވެ ފަޟީޙަތްވީއެވެ. އެކުވެރިޔާ އޭނާ ކުރި ކުށަށް އިޢުތިރާފުވިއެވެ. ( މި ވާހަކައަކީ ޏ.ފޯއްމުލަކުގައި ހިނގާދިޔަ ޙަޤީޤީ ހަދިސާއެކެވެ. )

އެހެންކަމުން ތި ކުންދިންވެސް ކިޔެވުމުގެ ދުވަސްވަރު މިފަދަ ބޭކާރު ނޭނގާނީ އަދި  އެއްވެސް ފައިދާއެއް ނުކުރާ ކަންތައްތަކުން އެއްކިބާވެ ދުރުހެލިވެ ތިބުމަށް ވިސްނައިދެމެވެ. ނިންމާލަމުން ތި ކުދިންނަށް ނަޞޭޙަތުގެ ބަސްކޮޅެއް ބުނެދެމެވެ! ” ބުއްދި ވެރިންނަކީ އެކަމެއް ކުރުމަށް އޮންނަ ޙާލަތާއި ވަގުތުގައި އެކަމެއް ކޮށް، ކުރާ ކަންތައްތަކުގެ ތެރެޔަށް ބޭކަރު ކަންތައް ނުވަށްދާ މީހުންނެވެ.” (ނމނ)

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޑްރޮގްބާ ރާއްޖެ އައުމަކީ ސިޔާމް މަޢުރޫފް ސޮކަކަޕްގެ ފުރިހަމަކަން އިތުރަށް ފުރިހަމަވެގެން ދާނެކަމެއް.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ޗެލްސީ އަދި އައިވަރީ ކޯސްޓުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz