އުސްފަސްގަނޑު މިހާރުން މިހާރަށް ނަގަންވީ – އަލްހާން

އެމްޑީޕީ އިން ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާ އުސްފަސްގަނޑު މިހާރުން މިހާރަށް ނަގަންވީ ކަމަށާއި އެބާރު ލޯ އެންފޯސްމެންޓް  އެޖެންސީ ތަކަށް ލިބިގެންވާ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ކުއްލި ބައްދަލުވުމަކުން މާޤާމުން ވަކިކޮށްފައިވާ އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިރޭ ދިޓީވީ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ވަކި ސިޔާސީ ޕާޓީ އަކަށް މާލޭގެ ބިމެއް ވަކި މުއްދަތަކަށް ދެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެގޮތަށް ވަކި ޕާޓީ އަކަށް ބިމެއް ދިނީމަ މާދަމާ ދެން ހުރި ޕާޓީ ތަކުން ކޮންމެވެސް ސަރަހަދެއްގައި ކޭމްޕް ޖަހާފާނެ ކަމަށެވެ.

”އަޅުގަނޑު ގަނބޫލުކުރާ ގޮތުގައި ސަރުކާރަށް ވެސް، ހޯމްމިނިސްޓްރީއަށް ވެސް އަދި ފުލުހުނަށް ވެސް ލިބިގެންވާ ބާރެއް އުސްފަސްގަނޑު ނެގުމަކީ.” އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ މިހާރު އުސްފަސްގަނޑުގައި ކާޅު ކޮއްޓެއް ބަހައްޓައިގެން، ކުކުޅު ތަކުގައި ފަންޑިތަ އެލުވައިގެން ހިންގަމުން ގެންދާ ހަރަކާތްތަކަކީ ގަބޫލުކުރެއްވޭނެ ކަންތަކެއް ނޫން ކަމަށެވެ.

މިރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓިގެ ނައިބް ރައީސް އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ފުލުހުންނާއި ސިފައިން ޔުނިފޯމް އަޅައިގެން ތިބޭނަމަ އުސްފަސްގަނޑު ނެގެންޖެހޭނެ ކަމަށާއި މިހާރުގެ ސަރުކާރަށް އުސްފަސްގަނޑު ނަގަން ނުކެރިގެން އުޅެނީ ބިރުން ކަމަށެވެ.

”ބިރުން އެއުޅެނީ، ދެންކޮންކަމަކާތޯ، އަންނި އެއީ އަންނިމާރީތޯ ބިރުން އުޅެން، އުސްފަސްގަނޑަށް އަރާ ތިބި މީހުން ވެސް ހައްޔަރުކުރަންވީ.” ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ކުރީގެ ރައީސް ނަޝީދަކީ ޤާނޫނާ ހިލާފަށް އެތައްކަމެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެބޭފުޅާ މިހާރު އޮންނަންވާނީ ކުޑަ ގޮޅީގައި ކަމަށެވެ. އަދި ރައީސް ނަޝީދު ޖާބިރާ ދިމާލަށް ބާޣީއެކޭ ގޮވައިފިނަމަ ރައީސް ނަޝީދު ހުރި ތަނަކަށް ގޮސް ބާޣީއަށް ގޮވާނެކަމަށް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ދަރުބާރުގޭގެ ދެކުނުން އޮންނަ އުސް ފަސްގަނޑު ސަރަހައްދު ބޭނުންކުރެވެމުންދަނީ އެބިން އެފަރާތަށް ދޫކުރެއްވި ބޭނުމާއި ޚިލާފަށްކަމަށްވާތީ އެބިން އަނބުރާ މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރމެންޓްގެ ދަށަށް ގެނައުމަށް ވަޒީރުންގެ މަޖުލީހުން ނިންމެވުމާއި ގުޅިގެން އެބިން އެމިނިސްޓްރީއާ ހަވާލުކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް މެއި 09 ވަނަ ދުވަހު އެންގެވުމުން، އެއެންގެވުމާއި އެއްގޮތަށް އެބިން ހަވާލުކުރެވެން ނެތްކަމަށް މާލޭ ސިޓީ ކައުންސިލުން މެއި 14 ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމެންޓަށް އަންގަވާފައިވެ އެވެ.

އަދި އެބިން ފުލުހުން މެދުވެރިކޮށް ހުސްކުރުމަށްފަހު މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމެންޓާއި ހަވާލުކޮށްދެއްވުން އެދި މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް މެއި 14 ވަނަ ދުވަހު އެމިނިސްޓްރީއިން ހުށަހަޅުއްވާފައިވެއެވެ. އަދި މިމައްސަލަ މެއި 17 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ފުލުހުންނަށް ހުށަހަޅުއްވާފައެވެ.

ނަމަވެސް ފުލުހުން ކޯޓު އަމުރަކަށް އެދުމުން މިމަހު 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ފުލުހުން ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިހްތިސާސް ތެރޭގައި ހިމެނޭ މައްސަލައެއްކަން ފެންނަން ނެތް ކަމަށާއި އެހެން ކަމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އޭރު ފުލުހުން ބުނެފައިވަނީ ވަޒީރުންގެ މަޖުލީހުގެ ނިންމުމާއެއްގޮތަށް އެބިން މާލޭ ސިޓީ ކައުންސިލުން މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމެންޓާއި ހަވާލުކުރައްވާފައިނުވާތީ، ޝަރުޢީ އަދި ޤާނޫނީ ބާރު ލިބިގެން ކުރާ އަމުރު ތަންފީޒުކޮށް ދިނުމަށް އެދިއްޖެ ހާލަތެއްގައި އެފަދަ އަމުރުތައް ތަންފީޒުކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއްކަމަށާއި އެމައްސަލައިގެ ބާވަތަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި، އެނިންމުން ތަންފީޒުކުރުމުގައި ފުލުހުން ކޯޓު އަމުރަކަށް އެދުނީ ކަމަށެވެ.

ނަމަވެސް ސިޓީ ކައުންސިލުން ވަނީ ހައުސިން މިނިސްޓްރީއަށް އެބިން ނެގޭނެ އެއް ވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ބުނެފައެވެ. އަދި ފަސްގަނޑު ނެގުމަށް ވަޒީރުންގެ މަޖިލީހަށް ވެސް ނިންމުމުގެ ގާނޫނީ ބާރު ލިބިގެން ނުވާކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އުސްފަސްގަނޑު ފުލުހުން ރޫޅާލައިފިނަމަ މުޅި މާލޭގައި އެމްޑީޕީން މަރުކަޒުކުރާނޭ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސަ މަނިކް ވަނީ ވިދާޅުވެފައެވެ. މޫސަ ވިދާޅުވީ އުސްފަސްގަނޑު ބާރުގެ ބޭނުން ކޮށްގެން އަތުލައިފިއްޔާ މުޅި މާލޭގައި އިޙްތިޖާޖުކޮށް މާލޭގެ އެކި ހިސާބުތަކުގައި މަރުކަޒުކުރާނެ ކަމަށާއި ބޮޑަށް އަމާޒުކުރާނީ އެމްއެމްއޭ ކައިރި މައި މަރުކަޒަކަށް ހަދަން ކަމަށެވެ.

އެމްޑީޕީން ވަނީ އުސްފަސްގަނޑު އެ ޕާޓީގެ ދިދައާއި، ރީނދޫ ކުލައިން ޒީނަތްތެރިކޮށް، އެ ސަރަހައްދުގައި ސްޓޭޖް އަޅައި، ބެންޗާއި، އުނދޯއްޔާއި، ސަރުކާރު ރަމްޒުކޮށްދޭ ކާޅުކޮށި ފަދަ ތަކެތި އެ ސަރަހައްދުގައި ބަހައްޓާފައެވެ.

ކޯޓް އަމުރަށްފަހު ފުލުހުން ބުނެފައިވަނީ އުސްފަސްގަނޑާމެދު އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މަސްދަރު: އެމްވީ ޔޫތު

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރާއްޖެޓީވީގައި އަލްހާން ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް ޖޭޕީން ބަޔާނެއް ނެރެފި.

އިބްރާހިމް ނާސިރު އިންޓަރނޭޝަަނަލް އެއަރޕޯޓާއި ބެހޭގޮތުން މިއަދު ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޕާލަމެންޓްރީ …

ޚިޔާލެއްދެއްވާ

avatar
ފައިސަލް
ފައިސަލް

އަލްހާން އަދި ޖަބިރު އެއީ ކޮންކަމަކާ ކީއްކުރަން އުޅޭބައެއްކަން ނޭގޭ ހަމަ އެކަކުވެސް މިގައުގައި ނުހުންނަނެ ތިޔަމީހުން އެތިބީ މިގައުމުން ފެއިލްވެ ނިމިފައި ދެންރަގަޅު ވާނީ އަވަސްގޮތަކަށް އެހެން ގައުމަކަށް ދިރި އުލުން ބަދަލުކުރިއްޔާ މީހާރު ލައްކަ ރުފިޔާ ހުންނާނެ 0ތިޔައީ މިގައުމުގެ ހަލާކު)

މައްލަ،ނ.ޅޮހީ
މައްލަ،ނ.ޅޮހީ

ދާދިފަހަކާ ޖެހެންދެން އަލްހާނުއަކީ އަޅުގަނޑު ވަރަށް އިހުތިރާމްކުރި އަޅުގަނޑަށް ވަރަށް ކަމުދާ ސަހުސިއްޔަތެއް، އޭނާ ޑީއާރުޕީގައި އުޅުނު ދުވަސް ވަރު އަހަރެން އޭނާ ދަންނަންފެށީ އެކަމު އިނގޭތަ އަލްހާނުގެ ގޮތްވެސް މިއިނގުނީ އަދި ކިރިޔާ އޭނާއަކީވެސް އަމިއްލަ އެދުން ބޮޑު ރުފިޔާއަށް ވިކޭނެ މީހެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ ދެން ލޮލީ ޖާބިރާ ބެހޭ ގޮތުން އިތުރަށް އެއްޗެއް ބުނާކަށް ނެތިން ،ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ވާހަކަ އެއް ބުނަންތޯ ސިޔާސީ އަކީ ގޭމެއް އެއީ މިދުނިޔޭގައިވާ އެންމެ ހަނޑި މިޑުދާރު ކުޅިވަރު އެމަކުގައި ބޮޑުންނަށް ވަރަށް ފައިދާވާނެ ނިކަމެތިވެ ހުރިހާ ގެއްލުމެއްވާނީ ހަމަ އަޅުގަނޑު ފަދަ ނިކަމެތި ޔައްޔިތުން ވިސްނާ މިކަމުން ދުރުވޭ ސިޔާސީ ވެގެންއުޅޭނީ ސިޔާސީ މީހުން

wpDiscuz