އުސްފަސްގަނޑުން ގެންދިޔަ ހުރިހާ ތަކެތި ހަވާލު ކުރުމަށް ސިވިލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފި.

އުސްފަސްގަނޑު ސަރަހައްދު ރޫޅާލުމަށްފަހު އެތަނުން ފުލުހުން ގެންދިޔަ ހުރިހާ ތަކެތި އެމް.ޑީ.ޕީއާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފިއެވެ.

އުސްފަސްގަނޑު މައްސަލައިގައި އެމް.ޑީ.ޕީން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި ނެރެފައިވާ އަމުރުގައި ވަނީ މާދަމާ 10:00 ގެ ކުރިން އުސްފަސްގަނޑު ސަރަހައްދުން ގެންދިޔަ ހުރިހާ ތަކެތި އެމް.ޑީ.ޕީއާއި ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

ސިފައިންނާއި، ގުޅިގެން ފުލުހުން އުސްފަސްގަނޑު ސަރަހައްދު ކޭމްޕް ރޫޅާލީ މިދިޔަ އަންގާރަ ދުވަހުއެވެ. އެތަން ރޫޅާލުމުގައި ފުލުހުންވަނީ ޖިނާއީ ކުށްތަކަށް މަގުފަހިވާފަދަ ތަފާތު ތަކެތި އެތަނުން ފެނިފައިވާކަމަށް ބުނެފައެވެ. އަދި މީޑިއާއަށްވެސްވަނީ އެތަކެތި ދައްކާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz