އިޙްލާސްތެރި ކޮންމެ ވެރިއަކަށް ކޮންމެސް ބައެއްގެ ނަފްރަތުގެ ބަސްތަށް ރައްދުވާކަމީ ހިތާމަހުރިކަމެއް!

މުޖުތަމައުއެއް ތަރައްގީކޮއް ތަހުޒީބީ މުޖުތަމއެއްގެ ސިފަޖައްސަން މަސަތްކަތް ކުރާ ކޮންމެ ވެރިއަކީ ކިތަންމެ އިޙްލާސްތެރި މަސަތްކަތެއްކުރި ވެރިއަކަށްވީނަމަވެސް އެވެރިއަކަށް އެތަކެއްބައެއްގެ ނަފްރަތާއި އަދި އެތައްބައެއްގެ ލޯބީން މަހުރޫމު ވާބައެއްކަން މިއަދުގެ ރާއްޖޭގެ ހަގީގަތަސްވިސްނާލުމުމް މިއޮތީ ސާބިތުވާށެވެ.

ކަންމިހެން އޮތްހިނދު ފަހުގެ ތާރީހަށް ބަލާއިރު،ޅޮއްސައް އެންމެބޮޑަތި ތަމައްދުންއަކާއި،ތަރައްޤީއެއް ހޯދައިދެއްވި އެއްވެރިއަކީ އަބްދުﷲ ޝަރީފް(ކަތީބް ޝަރީފް)ކަމާމެދު މީ ދެބަސްވެވެއްނެތް ހަގީގަތެކެވެ.ނަމަވެސް މިއަދު މިހަޤީގަތް ބަޔަކު އަމިއްލަ އެދުމުން ފޯވެފައިވަ ހިތްތަކަކަކުން ފަސްއަޅާފޮރުވުމަށް މަސަތްކަތް ކުރިނަމަވެސް ކަތީބް ޝަރީފް ޅޮހީ ރައްޔިތުންނަށްޓަކާ ކޮއްދީފައިވާ އަގުނުކުރެވޭފަދަ އެތައް އެތައް ބޮޑަތި ތަރައޤީގެ މަސަތްކަތް ތަކަކީ މުޖުތަމައު ބަލައިގަންނަ އެތައްސަތޭކަ ރައްޔިތުންނެއް އެކަމަށް ހެކިވާނެކަމެއްކަން ކަށަވަރެވެ.

ކުރިންބުނިފަދައިން އަމިއްލައެދުމުން ފޯވެ،އިންތިހާއަށް ކިލަނބުވެފައިވާ ހިތްތަކެއްގެ ވެރިބައެއް ނިކުމެ ޝަރީފް އެހެންނޭ ނޫންނަމަ މިއަނިކަމެއް ކޮއްފައޮތީ މިއަނިގޮތަކަށޭ ބުނާހިނދު،އެދުވަސްތަކަކީ އެކަކު އެކަނިހުރެ،ނޫންނަމަ އެދުވަސްވަރުގެ ވެރިން ބޭނުންގޮތަކަށް ރަށް ހިންގެވަން ދައުލަތުން ލަގަން ދޫކޮއްލާފައި އޮތްދުވަސްތަށްކަން މިފަދަ ކިލަނބު ހިތްތަކުގެ ވެރިންނަށް ނުވިސްނުންމީ އިންތިހާއަށް ރަށާމެދު ވިސްނާކޮންމެ މީހަކުވެސް ކަންބޮޑުވާނެކަމެއްކަން ކަށަވަރެވެ.

ވެރިން ބޭނުންގޮތަކަށް ރަށް ހިންގެވަން ދައުލަތުން ލަގަން ދޫކޮއްލާފައި އޮތްދުވަސްތަކަށްވީނަމަވެސް ޝަރީފް ކަންކޮއްފައިއޮތީ އިހުއޮތް ގޮތުން މިއަދުގެ ޒުވާނުންނާއި،ހަރުމީހުންގެ ލަފަޔާއެކީ ޅޮހީ ތަރައްގީކުރުމުގެވިސްނުން ކުރިއަށްނެރެ،ތަރައްޤީގަ ހަރުމީހެއް،ޅަޒުވާނެއް އިސްފަސްނުކޮއް ކޮންމެ ފަރުދެއްގެ ވިސްނުމަކީވެސް ރަށުގެ ތަރއްޤީއަށާ ކުރިމަގަށް އިންތިޙާއަށް ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކެގެންކަން ޔަގީނެވެ.

މިބީދައިން ކަތީބް ޝަރީފް ކަންކޮއްފައި ހުރިނަމަވެސް މިއަދު ފެންނަމުން މިދާ މަންޒަރުތަކުން ހިތައްސިފަކުރެވެނީ ބަޔަކު ކަނޑައެޅިގެން އޮޅުވާލާ މުޖުތަމަޢު ފަސާދަކުރުމުގެ ވިސްނުންކުރިއަށްނެރެ އަމިއްލަ އެދުމަށް މަސަތްކަތް ކުރާމަންޒަރެވެ.ނަމަވެސް ޤަބުލުކުރަންޖެހޭ ހަޤީގަތަކީ ކަތީބް ޝަރީފަށްވުރެ މަށްޗަށް ބަސްކިޔަން ނަމެއްކިޔާ މީހަކު ދެއަހަރެއްހާދުވަސް ވަންދެން ހުރިކަމެވެ.ނަމަވެސް ވީހަމަ އެއްކަމެއްވެސް ނެތުމެވެ.ރައްޔިތުންނާއި، އިސްވެ ޗުއްޕުވެސް ހިއްސާކޮއްލަންނުކެރުނުކަމެވެ.ދެން އޭގެފަހަށް ނަޒަރު ހިންގާލަމާހިނގާށެވެ.ރައްޔިތުން އިންތިޙާބުކޮއްފަސްވެރިއަކު ހޮވީތާއެވެ؟ނަމަވެސް މިއަދާ ހިސާބަށްވެސް އެވެރިންނަށް ކުރެވުނުކަމަކީ ކޮބާތޯއެވެ؟ޕުލޭން އެކަށައާނިންމިފަ އޮތްކަން އެކަންޏެވެ!ނަމަވެސް ކަރުދާހުގަކުރަހަން ފަސޭހަވިޔަސް އެކަންކަމުގަ ހަގީގީކުލަޖައްސާނެހާ ހިތްވަރެއް އެވެރިންގެނެތެވެ.މިފަދަ ކޮންމެ ހާދިސާއެއް ހިތައްސިފަވާހިދު ހަނދާނަށް އަންނަނަނީ މިއަދު ނަން އިންތިހާއަށް ކިލަނބުކޮއް ރައްޔިތުންނަށްޓަކާ ކޮއްދިން ހުރިހާކަމެއް ފޮރުވުމަށް ބަޔަކު މަސަތްކަތްކުރާ ކަތީބު ޝަރީފުގެ ކެރުމާ މަސަތްކަތުގަ ގެންގުޅުނު ހުނަރުތަކާ އެކު އެކަންތައްތަށް ކުރުމަށް ރައްޔިތުން އެއްގަލަކަށް އެރުވުމަށް ގެންގުޅުނު ގާބިލް ވިސްނުމުގެ ހަނދާނެވެ.މިއަދުވެސް އެރައްޔިތުން އެބަތިއްބެވެ.ނަމަވެސް އެއްކަމެއްވެސް ވައިގަ ހިފާފަދަގޮތްކަށް ކުރިއަކަށްނުދެއެވެ.ނަމަވެސް ވެރިން މިއަދު ތަފާތެވެ.އެއްކަލަ ކަތީބު ޝަރީފެއް މިއަދަކުނެތެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރ.އަތޮޅު ޗެމްޕިއަންކަން މީދޫ ނަގައިފި.

މިނިވަން 50 ގެ މުނާޞަބަތުގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ” މިއަހަރުގެ މުބާރާތުގެ ރ.އަތޮޅުގެ ޗެމްޕިއަންކަން …

ޚިޔާލެއްދެއްވާ

avatar
ކޭޑީ
ކޭޑީ
ޅޮއްސައް ކަތީބް ސަރީފް ކޮއްދެއްވި މަސައްކަތޭ ކިޔާފަ އަހުމަދު ބޮޑުހުތުބާ އެއް ލިޔުއްވިއަސް ތީގަތި ހުރިހާ ކަމަކީ ރާއްޖޭގެ ކޮއްމެ ރަށެއްގަވެސް އެދުވަސްވަރު ކުރެއްވި ކަންތައްތައް! ތީގެ ކުރެޑިޓް ކޮއްމެ ރަށެއްގެވެސް ކަތީބައް ދިނުންތީ މައްސަލަ އަކީ! 30އަަހަރު ދިވެހިރާއްޖެ އަށް ލިބުނު އެތައް ބިލިއަން ޑޮލަރަކުން ނިކަމެތި ރައްޔިތުންނައް ކުރެވުނު ކަމެއް ވިއްޔާ ތި ހުތުބާގަ ތި ހުރީ! ދެން ބައްލަވާ 30 އަހަރުގެ ނާޖާއިޒް ފައިދާނެންގެވި ފަރާތްތައް! މީގެ ކިތައް ހެލްތު ޕޯސްޓާ ސުކޫލާ ބަނދަރު އަދި އިންޖީނުގެ އެޅުއްވޭނެ ގަނޑުވަރު ތަކުގަތޯ އެބޭފުޅުން ދިރި އުޅުއްވަނީ!އެއް އެއް އިރުގެ ކެއުމަށް އެހޭދަ ކުރައްވަނީ ކިތައް މިސްކިތުގެ ސައުންޑްސިސްޓަމް ބެހެއްޓޭނެ ފައިސާތޯ!!! މިން އަޅުއްވަންވީ ހަމަ އެކަނި ލޮލައް ފެންނަ އެއްޗިއްސަކު ނޫން! ވެރިކަމުގެ އަނދިރި ފަރާތް ފެންނަ ވަރުގެ އައިނެއް އަޅުއްވާ ބައްލަވާ!މިސާލަކައް…. އަހަރެން ގަބޫލް ކުރާ ގޮތުގަ2012ގަ ޅޮހީގެ ނިކަމެތި ރައްޔިތު މީހާ ރަށުން މާލެ… Read more »
އަހުމަދު / ކުރީގެ ކުޑަކަތީބެއް
އަހުމަދު / ކުރީގެ ކުޑަކަތީބެއް
ޝަރީފަކީ ހިންގުންތެރި ލީޑަރެއް. ޅޮހީ ރައްޔިތުން ފުޅި ބައްތިން ކަރަންޓު އައްޔަން ބަދަލުކޮށްދިން. އިންޖީނުގޭ އިމާރާތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި. ޅޮހީގައި ހެލްތު ޕޯސްޓެއް އަޅައި ސިއްޙީ ހިދުމަތް ރައްޔިތުންނަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދިން. ހެލްތު ޕޯސްޓް އިމާރާތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި. ޅޮހީ ސްކޫލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހްއްލުކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި އޭގެ ނަތީޖާވެސް ލިބުނު.ޅޮހީގައި ޒަމާނީ ތައުލީމް ފޯރުވުމުގައި ޝަރީފްގެ ދއުރު ވަރަށް ބޮޑުކަން ފާހަގަ ކޮށްލަން. މިގޮުން އޭރު ސްކޫލް ހިންގަން ތިބި ވެރިންނާއި ގުޅިގެން ، އެޑިއުކޭޝަން މިނިސްޓްރީ މެދުވެރި ވެގެން ކޮށްފައިވާ މަސައްކަތްތައް ރަށު އޮފީހުގެ ލިޔެކިޔުންތަކުން ފެންނަން ހުންނާނެ.. ޝަރީފުގެ ދައުރުގައި ހިންގުނު އެއްމެ ކާމިޔާބު ޕްރޮޖެކްޓަކި ޅޮހީ ރައްޔިތުންނަށް ދިމާވެފައިވާ ލަފާ ފުރުމުގެ ކަންތައްތައް ހައްލުކޮށްދިނުން. އަޅުގަނޑު ހަދާން އެބަހުރި ރާޅާ އނބުރާ ބޮއްކުރާ ފައްތާލާ މަންޒަރު. އެދުވަސް އަޅުގަނޑުގެ ހަދާނަކުން ފިލައިގެން… Read more »
ގާޅޮހި
ގާޅޮހި

ވަރަށްވެސް ރަނގަޅުވާހަކައެއް! އެކަމަކު ޝަރީފް ކޮށްދިން އެއްވެސް ކަމެއް ބުނެދެވިފައިނުވާތީ ދެރަވެ. އޭނައަކީ ވެރިއެއް، އެއިރު އޮފީހުގެ މުއައްޒަފުންނާއި ރަށުގެ ރައްޔިތުންނަކީ އޭނަގެ އަޅުން! ރަށުގައި ކަމެއް ކުރިއްޔާ އޭނާގެ ޖީބަށް ބޮޑުބައެއް ނުލާ ކޮށްފައެއް ނޯންނާނެ. އޭނާ ފެށި ކަމެއް ވިއްޔާ އަދިވެސް އހުރީ ނުނިމި. ޝަރީފް ކޮށްދިން ކަންތައް ކިޔައިދިނީމަ އެކަންކަމުން އޭނާ ނަގާފައިހުރި ނާޖާއިޒް ފައިދާތައް ކިޔައިދޭނަން.

Anonymous
Anonymous

ވަރަަަށް ރަގަޅު ވާހަކަ އެެއް…..ސާބަސް ހަމަ ކަތީބަށް

ވިއަޒޯރު
ވިއަޒޯރު

ކަަތީބުސަރީފަކި އަމިއްލަ މައްސަލަ އަމިއްލަޔަށްބަލާ ޖައްބާރު ވެރިއެއް/ ތުއްތު ކުދިބަޔަކު ރޭގަނޑޫ11:00 ޙަަާާޢިރު ރަށުއޮފީސް ތެރެޔަށް ވައްދާގެން ތަޅާއަނިޔާކުރި ޖާހިލެއް؟

Anonymous
Anonymous

ތެދެއް

ހަކުރު މޫސަ
ހަކުރު މޫސަ

ވަރަށް ވެސް ރަގަޅު ވާހަކައެއް ކަތީބު ޝަރީފް ޅޮހީގެ ވެރިކަން ކުރި ދުވަސްވަރު ރައްޔިތުން ބޭނުންގޮތަކަށް އޭނާ ހައްދާލި. ކޮންމެ މީޙަކުބޮލަށް ޗިޕް ޖަހައިގެން އޭނަ ވެރިކަން ކުރީ. މިއަދަކުއެހެނެއް ވެރިކަމެއް ނުވާނެ. މިއޮތީ މިނިވަންކަން އިންތިހާއަށް ލިބިފަ. އެކަކު އެކައްޗެކޭ ބުނިއްޔާ އަނެއްކަކު ބުނާނީ އެނެއްކައްޗެކޭ. އިރޭ މެން އަދި ޅަވާނެ. މީ މީގެ 30 އަހަރު ކުރިއެއްނޫން.

wpDiscuz