އިސްލާމިކް މިނިސްޓްރީން މުޅި ރާއްޖޭގައި މިސްކިތު ހަފުތާއެއް ފާހަގަކުރަނީ

މިސްކިތްތައް އިމާރާތް ކުރުމުގެ ފަންޑަށް އެހީތެރިކަން ހޯދުމުގެ ގޮތުން މުޅި ރާއްޖޭގައި މިސްކިތު ހަފުތާއެއް ފާހަގަކުރުމަށް ް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމާފައިވާ ކަމަށް ބައެއް މީޑިޔާތަކުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޕޯކްސްޕާސަން އައްޝައިޚް މޫސާ އަންވަރު ޙަސަން އާއި ހަވާލާދީ ބައެއް މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަންނަ ހަފުތާގެ ހުކުރު ދުވަހު މާލެއާއި ރާއްޖެތެރޭގައިވެސް މިސްކިތު ހަފުތާ ފާހަގަކުރުމުގެ ގޮތުން ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެހަފުތާގެ ހުކުރު ދުވަހުގެ ޚުތުބާގައިވެސް މިސްކިތް ޢިމާރާތްކުރުމުގެ މާތް ކަމާބެހޭ ގޮތުން އަލިއަޅުވާލައްވާނެއެވެ.

މިސްކިތު ހަފުތާގެ ޙަރަކާތްތައް އަތޮޅު ތެރޭގައި ހިންގުމަށް އަތޮޅު ކައުންސިލްތަކަށް ސާކިއުލަރއެއް ފޮނުއްވާފައިވާނެ ކަމަށްޝައިޚް މޫސާ އަންވަރު ވިދާޅުވިކަމަށް ބައެއް މީދިޔާތަކުން ހާމަކޮށްފައިވެއެވެ.

މޫސާ އަންވަރު އާއި ހާވާލާދެއްވާ މީޑިޔާތަކުން އިތުރަށް ހާމަކޮސްފައިވަ ގޮތުގައި މާލޭގައި ހިންގާ ޙަރަކާތުގައި މާލޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ފަންޑުފޮށިތަކެއް ބަހައްޓައިގެން އެހީތެރިވެދެއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާ ފަންޑުފޮއްޓަށް ނޫން ގޮތަކަށްވެސް އެހީދެއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އިސްލާމިކް މިނިސްޓްރިއަށް ވަޑައިގެންވެސް އެހީވެދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެފުރުޞަތު ކޮންމެ އިރެއްގައިވެސް ހުޅުވާލެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރިއިން މިސްކިތްތަކުގެ ހަފްތާއެއް ފާހަގަކުރުމަށް ޙަރަކާތްތަކެއް ހިންގާއިރު، އެމިނިސްޓްރީންދަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުގެ ދަށުގައި ހުރި މިސްކިތްތައް އަނބުރާ އެމިނިސްޓްރީގެ ދަށަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ.

ސޯސް: ރާއްޖެ އިސްލާމް.ކޮމް

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެވުނު އިތުރު މިސްކިތްތަކެއް މިއަދު ހުޅުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އެ މިސްކިތްތައް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz