އިލެކްޝަންސް ކޮމިޝަނުން ސަރުކާރާ މުޢާމަލާތު ކުރުމުގައި ހުންނަނީ އެމްޑީޕީގެ ބަސްމަގު

އިލެކްޝަންސް ކޮމިޝަނުން ސަރުކާރާ މުޢާމަލާތް ކުރުމުގައި އެމްޑީޕީގެ ބަސްމަގު ބޭނުން ކުރާތީ ހިތާމަ ކުރައްވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވިކަމަށް ދިޓީވީން ބުނެފައިވަނީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ސަރުކާރާއި މެދު ތަފާތު ތުހުމަތުތައް ކުރަމުން ގެންދާ ކަަމަށާއި، އެ ޕާޓީން ހުށަހަޅާ ޝަކުވާތަކުގެ ޙަޤީޤަތް ނުބަލައި އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ އިދާރާ ތަކަށް ކަންކަން އަންގަމުން ގެންދިޔުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެމްޑިޕީން ކުރާ ޝަކުވާ ތަކުގައި އެ ޕާޓީން ހިންގާ ޙަރަކާތް ތަކުގައި ސަލާމަތީ ބާރުތަކަށް ދެމުންގެންދާ ބޮޑެތި ގެއްލުން ތަކާއި، ސަލާމަތީ ބާރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާ ތަކާއި، ދައުލަތުގެ މުދަލާއި ތަކެތީގައި ހުޅުޖަހާ ދެމުން ގެންދާ ގެއްލުންތައް ބަޔާންކޮށްފައި ނުހުންނަ ކަމަށާއި، އެ ޕާޓީން ހިންގާ އެފަދަ އަމަލުތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން ހިންގާ ޙަރަކާތްތަކުގެ ތެރޭގައި އެޕާޓީގެ މީހަކަށް ގެއްލުމެއް ލިބުނު ނަމަވެސް އެ ޝަކުވާ ހުށަހަޅަމުން ގެންދާ ކަމަށެވެ.

އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުން އެކަންކަން އިންސާފުވެރި ކަމާއިއެކު ބަލައިފިނަމަ އެފަދަ ކަންކަން ހިނގަން މެދުވެރިވާ ސަބަބު އޮޅުން ފިލާނެ ކަމަށާއި، އެކަންކަން ރަނގަޅަށް ބަލައި ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވި ކަމަށް ދިޓީވީން ބުނެފައިވަނީ އެލެކްޝަންސް ކޮމިޝަނުން ބަޔަކު ކުރާހާ ޝަކުވާއެއްގެ ޙަޤީޤަތް ނުބަލައި ސަލާމަތީ ބާރުތަކުގެ ބޮލުގައި ދޮގު އިލްޒާމުތައް އެޅޭ ގޮތަށް ސަލާމަތީ ބާރު ތަކަށް އެންގުންތައް އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަދަ މިނިވަން ކޮމިޝަނެއްގެ ޢަމަލުތައް ހުންނަންވާނީ އެއަށްވުރެ ޒިންމާދާރުކޮށް ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ތިންފަހަރެއްގެމަތިން ރައީސް އަވަހާރަ ކޮށްލަން މަސައްކަތްކޮށްފި – ހޯމް މިނިސްޓަރ

ވޭތުވެދިޔަ ސާޅީހަކަށް ދުވަހުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ތިން ހަމަލާއެއް …

ޚިޔާލެއްދެއްވާ

avatar
wpDiscuz