އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެހެންދިހައުސް ހޯދައިފި.

ނ.ލަންދޫ ހެލްތްސެންޓަރގެ އާއިލާގެ އެހީތެރިޔާ އަލްފާޟިލާ ތަސއްލީމާ އަބޫބަކުރު ތައްޓާއި ސެޓްފިކެޓްތައް ބައްސަވައިދެއްވަނީ .

ނ.ލަންދޫ ސްކޫލްގެ 12 ވަނަ އިންޓަރހައުސް ނެޓްބޯޅަމުބާރާތުގެ ޗެމްޕިއަންކަން ރެހެންދިހައުސް ހޯދައިފިއެވެ. ރެހެންދި ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސިއްތިމާވާ ހައުސްއާއި،މިއަދުހަވީރު ބައްދަލުކޮށް 5 ޕޮޓް 19 ޕޮޓުންނެވެ. މިބާރާތުގައި ބައިވެރިވި އަނެއްޓީމް ، ދޮށިމޭނާ ހައުސްވަނީ އެއްވެސް މެޗަކުން މޮޅުނުވެ ކަޓާފައެވެ.

ނެޓްބޯޅަ މުބާރާތުގެ ފައިނަލް ގައި މިއަދުވަނީ ދެޓީމުންވެސް ރަގަޅު ކުޅުމެއް ދައްކާފައެވެ. ސިއްތިމާވާ ހައުސް އަށް މިމެޗް ކާމިޔާބުނުކުރެވުނުނަމަވެސް ޕޮޓްކުރާނެގިނަ ޗާންސް ތަކެއް ލިބި ނާކާމިޔާބު ވެފައިވެއެވެ. ފައިނަލްޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ސިއްތިމާވާ ހައުސްގެ ރުޤިއްޔަތު ނުޒުރާއެވެ.

ފައިނަލް މެޗްގެ ކުޅުން ނިމުމުން ވަނަވަނައަށް އައި ފަރާތަކަށް ތައްޓާއި، ސެޓްފިކެޓް ދިނުން އޮތެވެ. ތައްޓާއި ސެޓްފިކެޓްތައް ބައްސަވައިދެއްވީ ނ.ލަންދޫ ހެލްތްސެންޓަރގެ އާއިލާގެ އެހީތެރިޔާ އަލްފާޟިލާ ތަސއްލީމާ އަބޫބަކުރެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ މިއަހަރު 2017 ވަނައަހަރުގެ ނެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ. ކޮންމެއަހަރަކުވެސް އެސްކޫލްގައި ބާއްވާ ނެޓްބޯޅަ މުބާރާތް އިއްޔެ …