އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ ދެވަނަ މެޗްވެސް ކާމިޔާބުކޮށް ރެހެންދި ފައިނަލަށް

ނ.ލަންދޫ ސްކޫލްގައި މިހާރު ހިނގަމުންދާ އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ މިއަދު މެޗްވެސް ކާމިޔާބުކޮށް މުބާރާތުގެ އެއްކޮޅުން ފައިނަލަށް ރެހެންދިހައުސް ހިނގައްޖެއެވެ.

މިއަދުގެމެޗްގައި ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކޮށް 3 ޕޮޓް 22 ޕޮޓުން މެޗްކާމިޔާބު ކޮށްފާވަނީ ރެހެންދިހައުސްއެވެ. މިއަދުގެ މެޗް ރެހެންދި ހައުސް ކާމިޔާބުކޮށްފާ ވާއިރު އިއްޔެކުޅުނު މިމުބާރާތުގެ ފުރަމަތަމެޗްވެސް ވަނީ ރެހެންދި ކާމިޔާބުކޮށްފައެވެ.

މާދަމާ ބައްދަލުކުރާނީ މި މުބާރާތުގެ 3 ވަނަމެޗެވެ. ބައްދަލުކުރަނީ ދޮށިމޭނާ ހައުސް އާއި، ސިއްތިމާވާ ހައުސް އެވެ. ރެހެންދިހައުސް އާއި، އެކު ފައިނަލްގައި ބައްދަލުކުރާނީ މިމެޗުން މޮޅުވާޓީމެކެވެ.

މިއަދު ކުޅުނުމެޗްގެ ކްއީންއޮފްދަ މެޗަކަށް ހޮވިފައިވަނީ ރެހެންދި ހައުސްގެ ފާތުމަތު ސުނާނާ އެވެ. އިނާމްދެއްވީ ނ.ލަންދޫހެލްތްސެންޓަރ ގެ ހެލްތްވޯކަރ އަލްފާޟިލާ ތަސްލީމާ އަބޫބަކުރެވެ.

މިއަދުގެ މެޗްގެ ކުޅިބެލުމަށްވެސް ގިނައަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި، ސްކޫލްގެސްޓާފުން ދަނޑުދޮށަށް ހާޒިރުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރުނު ޤަރާރު ހޯމް މިނިސްޓްރީން ކުށްވެރިކޮށްފި

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ދިނުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރެފައިވާ ޤަރާރަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz