އިންޑިޔާއިން ދޭންބުނި 25 މިލިއަންޑޮލަރު ދޭނެކަމުގެ ގެރެންޓީ ދީފި.

ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ބަޖެޓްގެ ތާށިކަން ހުރި ގޮތުން، ބަޖެޓް ސަޕޯރޓަށް ކޮންމެހެން ބޭނުންވާ ލޯނުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް ބަޖެޓް ސަޕޯރޓަށް ބޭނުންވާ ލޯންތައް ލިބިފައި ނުވާކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެފައިވަނިކޮށް އިންޑިޔާއިން ދޭންބުނި 25 މިލިއަން ޑޮލަރުގެ ލޯންއެހީ ދޭނެ ކަމުގެ ގެރެންޓީ އިންޑިއަން ހައިކޮމިޝަނުން ދީފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައިވަނީ ބަޖެޓް ތާށިކަން ފިލުވުމަށް  އެކިއެކި ދިމަދިމާޢިން ލޯނުތައް ހޯދުމަށް ވަރަށް ބޮޑެތި މަސައްްކަތް ތަކެއް މިހާރު އެމިނިސްޓްރީ ކުރަމުންދާކަމަށާއި، އިންޑިއަން ހައިކޮމިޝަނުން މިދެއްވި ގެރެންޓީއަކީ ވެސް މިމަސައްކަތުގެ ދަށުން ލިބުނު ގެރެންޓީއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓްގައި ހުރި ބޮޑެތި ކަންބޮޑުވުންތަކާއި އެކުގައި ކުރިއަށް އޮތް ތިންމަސްދުހުގެ ކަންކަން ހިންގާނޭ ގޮތެއް ރާވަމުންދާ ކަމަށާއި، އެގޮތުން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ހޯދަންޖެހޭ އެއްބާރުލުން ހޯދަމުންދާކަމަށެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މުއައްސަސާތަކުގެ މުސާރައިގެ ފަރަގު އަންނައަހަރު ކުޑަކުރައްވާނެ – ފިނޭންސް މިނިސްޓަރ

ދައުލަތުގެ އެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައިގެ ފަރަގު، އަންނަ އަހަރުގެ ތެރޭގައި ކުޑަކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz