އިންސާފުގެ ދަތުރުރަށް ނިކުމެ އެމްޑީޕީގެ ރައީސް އާއި ނައިބްރައީސަށް އިތުބާރު ނެތްކަމަށް އެޕާޓީގެ ގައުމީމަޖިލީހުން ނިންމައިފި.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީކަމަށް މިހާތަނަށް ދައުވާކުރަމުންއައިސްފައިވާ ޕާޓީކަމަށް މިއަދު ކޮންމެ ރައްޔިތަކުވެސް ހެކިވާނެ.އަދި ޑިމޮކްރެސީގެ އެންމެ އުހަށް މިގައުމުގައި ދަތުރުކޮއްފައިވާ  ޕާޓީއަކީ އެމްޑީޕީކަމަށް އެޕާޓީގެއިސްލީޑަރު އަދި މިދިޔަ ފެބުރުއަރީމަހުގެ 7ވަނަދުވަހު އަމިއްލަފުޅަށް އިސްތިއުފާދެއްވި ކުރީގެރައީސް ނަޝީދުވަނީ އަޑުފުޅަށް ބާރުލައްވާ އެތައްފަހަރަކު ވަނީ ވިދާޅުވެފައެވެ.

ޑިމޮކްރެސީގެރީތިނަމުގައި ޑިމޮކްރެސީން މިސާލުޖަހަމުން ހިންގަމުންދާ ޕާޓީގެ އެތޭރޭން މިފަހުން ފެންނަމުންދާ މަންޒަރުތަކުންނާއި،އެމްޑީޕީގެ ލިޑާރުންގެ ގޮތުގައި އެކި ދުވަސްވަރު ތިއްބެވި އެކި ބޭބޭފުޅުން އެކި މީޑިޔާތަކުގައި ދަށްކަމުންދާ ވާހަކަފުޅުތަކުން މިއަދު ހާމަވެގެންދާ އަނެއް ހަގީގަތަކީ އެމްޑީޕީގެ އެތެރޭގައި ވަރުގަދަކަމަށް ބުނާ ޑިމޮކްރެސީ މިއަދު ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ އެންމެ ކުދި ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީއަށްވުރެވެސް އެތައްތަނެއް ބަލިކަށިވެފައިވާކަން ހާމަވެފައިވާކަމަށް ސިޔާސީ މަސްޜަޙް ދިރާސާކުރާފަރާތްތަކުންދަނީ ބުނަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހް ދިރާސާކުރާ ފަރާތްތަކުން މި މޭރުމުން ވާހަކަދަށްކަމުން ދަނިކޮން މިދިޔަ ހޯމަ ދުވަހު ފެނިގެން މިދިޔައީ އެމްޑީޕީގަ އިންތިހާބުވެފައިވާ ރައީސް އާއި ނައިބްރައީސްގެ އިތުބާރު ނެތްކަމަށް ނިންމާ ގައުމީމަޖިލީހުން އެކަން އެގޮތަށް ފާސްކުރިމަންޒަރެވެ. އަދި އެގޮތަށް ރައީސް އާއި ނައިބްރައީސްގެ އިތުބާރު ނެތަކަމަށް ނިންމި ނަމަވެސް އެޕާޓީގެ ކުރީގެ ރައީސް ޑރ.ޑީޑީ ވަނީ އެމްޑީޕީ ގެ ރައީސް އެއްގެ ގޮތުގައި އަދާކުރަމުންއައި ގާނޫނީ ހައިސިއްޔަތު ގެއްލުނުކަމަށް ގަބޫލު ނުކުރާކަމަށް ބުނެ މީޑިޔާގައި އެކަން އިއުލާނުކޮއްފައެވެ. މިފަދައިން މީޑިޔާގައި ވާހަކަ ދަށްކަވަމުން ޑީޑީ ވިދާޅުވީ އެމްޑީޕީގެ މެންބަރުން ޑީޑީ އާއި ހަވާލުކުރި ޒިންމާ އަދިވެސް ނަންގަވަން ޖެހޭނެކަމަށް ގަބޫލުކުރާކަމަށާ،އަދި އެކަން ނުކޮއް ދޫކޮއްލަންޖެހޭނެކަމަކަށް ޑީޑީއަށް ގަބޫލުނުކުރެވޭކަމަށްބުނެފައެވެ. މިފަދަ އިބާރާތަކުން މީޑިޔާގައި ވާހަކަދަށްކަވަމުން ޑީޑީވަނީ ރައީސް އާއިނައިބްރައީސް ވަކިކުރި ގޮތަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ހޯމަ ދުވަހު ގައުމީ މަޖިލީހުން އެދެބޭފުޅުންގެ އިތުބާރު އޮތްތޯ ބެލިބެލުމުގައި ޒިންމާދާރުކަން ކުޑަ ގޮތަކަށް އެކަން ދިޔަ ދިއުމަކީ އެމްޑީޕީއަށް ވަރަށް ބޮޑު ހީނަރުކަމައް އަންނާނެކަމެއްކަމަށްވެސް ވިދާޅުވެފައެވެ.

މިފަދަ އިބާރާތަކުން އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެސީއަށް ފާޑުވިދާޅުވެ،އެވާހަކަތަށް ދަށްކަވަމުން ޑީޑީ އިތުރަށް މީޑިޔާގައި ވިދާޅުވީ ރައީސް ކަމަށް ޑީޑީ އިންތިޙާބްވި ދުވަހުންފެށިގެންވެސް ވަރަށްބޮޑަތި ގޮންޖެހުންތަކެއްކުރިމަތިވަމުންދިޔަކަމަށާ،އެގޮތުން އެމްޑީޕީގެ މައި އޮފީހުގައި ރައީސް އަށް ޙާއްސަ ކުރެވިފައިވާ މޭޒްކޮޅު ޑީޑީ އިންތިހާބުވީ ހިސާބުން ކޮންމެސްބަޔަކު ނަގާ،ރައީސްގެ މޭޒުވަކިކޮއްފައި ހުރި ޕާޓިޝަންތަށްވެސް ނަގާފައިވާކަމަށެވެ.

ޑީޑީ ގެ ވާހަކަތަށް މިފަދަ އިބާރާތަކުން ހުރި އިރު އެޕާޓީގެ ނައިބްރައީސްކަން ކުރައްވަމުންދަނިކޮން މިދިޔަ ހޯމަ ދުވަހު އިތުބާރުނެތްކަމަށް ނިންމި އަލްޙާން ފަހުމީ ވަނީ އެމްޑީޕީއަށް ވަރުގަދަ އިންޒާރުތަކައެއް މީޑިޔާގައި ދެއްވާފައެވެ. އެގޮތުން އަލަޙާން ވިދާޅުވީ އެމްޑީޕީއަށް އެމްޑީޕީއަކީ އަމިއްލަފުޅަށް އިސްތިއުފާދެއްވި ކުރީގެ ރައީސް ނަޝީދު ކަމަށް ގަބޫލުކުރެވި ރޫޙާނީ ލީޑަރ ޝިޕެއް އެމްޑީޕީ އެތެރޭގައި އުފެދުމަށް ޖާގަނުދެއްވާނެކަމަށާ،ހޯމަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުންތަކުގެ ސަބަބުން އެމްޑީޕީ އެތެރޭން ޙައްލުވާންހުރި މައްސަލަތަށް ބޭރަށް ނުކުތީކަމަށާ،އެހެންކަމުން އެކަންކަމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަން ޖެހޭނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރަށްވެސް އަލްޙާންވަނީ އެމްޑީޕީގެ މުސްތަގުބަލަށްޓަކާ 2013ގެ ރިޔާސީ އިންތީހާބު ކާމިޔާބުކުރަން އެމްޑީޕީން ބޭނުންކަމުގައިވަނީނަމަ މިހާރުން މިހާރަށް ރައީސް ނަޝީދު ފަހަތަށް ފިޔަވަޅެއްއަޅުއްވާ އެމްޑީޕީގެ ލީޑާރ ޝިޕަށް ޖާގަދެއްވުމަށް ހާމަކަން ބޮޑު ގޮތަކަށް ރައީސް ނަޝީދަށް ގޮވާލާފައެވެ. އަދި އެމްޑީޕީގެ ލީޑާރ ޝިޕަށް ގޮންޖައްސަވާފަ ރައީސް ނަޝީދު ކުރައްވާ ކަންތައްތައް ވަގުތުން ހުއްޓަވާލުމަށްވެސް އެމްޑީޕީގެ އިސްލީޑާރ އަދި ކުރީގެރައީސް ނަޝީދަށް އަލްޙާންވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ އިސްލީޑަރަށް މިފަދަ މޭރުމަކުން ފުރަތަމަ ފަހަރަށް މުހާތަބްކުރުމަށްފަހު އަލްޙާން ވަނީ ހޯމަދުވަހުގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމުގައި ހަރަކާތްތެރިވި ފަރާތްތަކަށްވެސް ބަހުގެ ވަރުގަދަ ރައްދެއްދެއްވާފައެވެ. އެގޮތުން އެކަމަށް އިޝާރާތް ކުރަށްވާ އަލްޙާން ވިދާޅުވީ ހޯމަދުވަހު އެމްޑީޕީގެ ގައުމީ މޖިލީހުގެ ތެރެއިން ފެނިގެން ދިޔަ ކަންތައްތަކަކީ އެއްވެސް ބަޔަކަށް ލިބުނު ކާމިޔާބެއްކަމަށް ބަލައިގެން ނުވާނެކަމަށާ،ހޯމަދުވަހު އެކުރިކަންތަކުގެ ހިތިނަތީޖާ އެކަން ރާވާހިންގި ފަރާތްތަށް އަދި ދެކޭނެކަމަށާ،މިދުވަސް އެމްޑީޕީގެ ތާރީޙުގައި ލިޔެވޭނީ އަނދިރި ސޮފްޙާއެއްގެ ގޮތުގައިކަމަށް ވިދާޅުވެފައެވެ. އަދި މީގެ ކުރިން އެމްޑީޕީގެ އެތެރޭގައި އިސްލީޑާރ ނަޝީދު އެތައްކަންތައް ތަކެއް ރާވާ ހިންގަމުންދާކަމަށް ސިޔާސީ އެކި ފަރާތްތަށް ދަށްކަމުން ދަނިކޮން އަލްޙާންވަނީ މިޑިޔާގައި އެކަން ކަށަވަރުކޮއްދެއްވާފައެވެ. އެގޮތުން އަލްޙާން ވިދާޅުވީ ހޯމަދުވަހުގެ އެއަމަލުން އެމްޑީޕީގެ ގައުމީމަޖިލީހަކީ ރައީސް ނަޝީދު ވަކި ތައްގަނޑަކަށް ހިންގަވާ ގައުމީމަޖިލީހެއްކަން ހާމަވެފައިވާކަމަށް އަލްޙާން ވިދާޅުވިއެވެ.

މިފަދައިން އެމްޑީޕީގަ ނައިބްރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދުލުން ވިދާޅުވުމަކީ އެ ޑިމޮކްރެޓިކް ޕާޓީކަމަށް ދައުވާކުރަމުންދާ އެމްޑީޕީ އެތެރޭގައި ޑިމޮކްރެސީގެ ކަންފުޅެއްވެސް ނެތްކަން ހާމެވެ،މިއަދު ޑިމޮކްރެސީގެ ވާހަކަދަށްކަން ރައީސް ނަޝީދުއާއި އެމްޑީޕީގެ އެކި ފަރާތްތަށް ލަދުގަންނަންޖެހޭނެ ކަމަށް ސިޔާސީ އެކި ލީޑަރުން ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތުމުން އިނގިގެންދާ އަނެއްހަގީގަތަކީ އެމްޑީޕިއަށް ރައީސް ނަޝީދު ނުރުހޭ ގޮތަކަށް ހަރަކާތްތެރި ނުވެވޭނެކަންކަމަށާ،އަދި މީގެ ކުރީގަ އެމްޑީޕީގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަށް އެޕާޓީ ދޫކޮއް ދާނެޖެހިފައިވަނީ ރައީސް ނަޝީދުގެ އެޖެންޑާ އެމްޑީޕީގެ އެޖެންޑާއަށްވުރެ އިސްކުރަން މަޖުބޫރުވެގެންކަން ހާމަވެއްޖެކަމަށް އެމްޑީޕީއަށް ހެޔޮއެދޭ އެމްޑީޕީ ދެކެ ލޯބިވާ އެޕާޓީގެ މެންބަރުން މިވަނީ ބުނަން ފަށާފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
wpDiscuz