އިންސާނީ ޙައްޤުތަކުގެ މުހިއްމު އަސާސްތައް

މައިގަނޑު އަސާސްތަކުގެތެރޭގައި މިނިވަންކަމާއި ހަމަހަމަކަން ހިމެނެއެވެ. މިނިވަންކަމަކީ އެންމެ މުހިއްމު އަސާސެވެ. މިގޮތުން އިންސާނުންނަށް ކޮންމެ ދީނެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އޮވެއެވެ. އަމިއްލަ ސިކުނޑި ބޭނުންކޮށް ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވެއެވެ. އަޤީދާގެ މިނިވަންކަން ދެއްވާފައިވާއިރު ވަކިއިންތަކެއް ދެއްވާފައިވެއެވެ. ބޭނުންކުރަންވާނީ ތިމާއަށްވެސް އަދި އެހެންމީހުންނަށްވެސް ގެއްލުންނުވާގޮތުގައެވެ. އެއްވެސް މީހެއްގެ އަބުރާބެހި އުނދަގޫކޮށް ހެދުމަކީ ހުއްދަކަމެއްނޫނެވެ. ނަބިއްޔާ ޙަދީޘްކުރައްވާފައިވަނީ كل مسلم حرام دمه ماله وعرضه

މައްކާފަތަޙަކުރެއްވި ހަނގުރާމައިގައިވެސް ވަރަށްބޮޑަށް އިންސާނީ ޙައްޤުތަކަށް ރިޢާޔަތްކުރެއްވިއެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށްވެސް އެކަން ސިއްރުކުރެއްވިއެވެ. ޢަސްކަރީގޮތުން ޖާސޫސުކުރެއްވިއެވެ. ކާފިރުންނަށް ތައްޔާރުވުމަށްވެސް ވަގުތެއްނުދެއްވައެވެ. އެދުވަހު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ދާށެވެ. ކަލޭމެންނަކީ މިނިވަނުންނެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَقَالَت طَّائِفَةٌ مِّنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ އާލް އިމްރާން 72  މާނައަކީ “ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. إيمان ވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން إيمان ވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) كافر ވާށެވެ! އެއީ، އެއުރެން (އެބަހީ: مؤمن ން އެއުރެންގެ دين ން) އެނބުރި رجوع ވޭތޯއެވެ! “

އިސްލާމދީން އައިއިރު އެއްވެސްވަރަކަށް މިނިވަންކަމެއްނެތެވެ. އިންސާނުންގެ އަގެއްނެތެވެ. ކުޑައަގެއްގައި ވިއްކާލައެވެ. ނަމަވެސް އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާމީހުން އެކަމުގެ ތުހުމަތުވެސް އަޅުވައެވެ. ނަމަވެސް އަޅުވެތިކަން ނައްތާލެއްވުމަށް އެންމެބޮޑަށް ނަސައްކަތްކުރެއްވީވެސް އިސްލާމްދީނުގައެވެ.

ވަރަށްގިނަ ކަންކަމުގެ ފިދުޔައެއްގެ ގޮތުގައި ނުވަތަ ކައްފާރާއެއްގެ ގޮތުގައި އަޅުން މިނިވަންކުރުން ލައްވާފައިވެއެވެ.

އެއްދުވަހަކު ޢުމަރުގެފާނު ޚުޠުބާދެއްވަން ހުނަނަވަނިކޮށް ސަލްމާނުލް ފާރިސީ ނަމަކަށް ކިޔުނު މީހަކު އަމީރުލްމުއުމިނީން އާއި ދިމާއަށް ބުނި ތިމަން ޚުޠުބާ އަޑުއަހާނީ މިސުވާލަށް ޖަވާބުދެއްވުމުންނެވެ. ކަލޭގެފާނުގެ ހެދުންކޮޅު އެހާދިގުވީ ކީތްވެތޯއެވެ. ޢުމަރުގެފާނު އަމިއްލަފުޅަށް ޖަވާބެއްނުދެއްވިއެވެ. ސަބަބަކީ އެއީގޯހެއްކަން ޤަބޫލުކުރެއްވުމެވެ. ޖަވާބުދެއްވީ އަމީރުލް މުއުމިނީންގެ ދަރިކަލުން ޢަބުދުﷲ ބިން ޢުމަރެވެ. މިކަމުންވެސް މިނިވަންކަން އޮތްމިންވަރު ހާމަވެއެވެ.

ޤާދިޞިއްޔާގެ ހަނގުރާމައިގެ ކޮމާންޑަރު ސަޢުދު ބިން އަބީ ވައްޤާޞް ޢުމަރުގެފާނު އިންނަވަނިކޮށް ސަފުތައް ފަޅުއްވާފައި ވަޑައިގަންނަވަނިކޮށް ދުއްރައިން ޖައްސަވާ ފަހަތުގައި އިނުމަށް އެންގެވިއެވެ.

އަންހެނުންގެ ރަންކިއުމުގައިވެސް ރަނުގެ ވަކިމިންވަރެއް ކަނޑައެޅުއްވިއެވެ. އެހިނދު އަންހެނަކު ތެދުވެ ﷲއާއި ރަސޫލާ ދެއްވާފައިވާ ޙައްޤެއް ނިއުޅައި ގަނެވިދާނެތޯ ދެންނެވުމުން އެކަންވެސް އެކަމަނާ ދެންނެވިގޮތަށް ހުއްޓަވާލެއްވިއެވެ.

ހަމަހަމަކަނަމަށް ބަލާއިރު ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެވެ. މާތްމީހަކަށް ވަނީ އެމީހަކު ތަޤުވާވެރިވީ މިންވަރަކުންނެވެ. ވަކި ޢާއިލާއަކުން ނުވަތަވަކި ދަރިކޮޅަކުން ނުވަތަ ވަކި ރަށަކަށް އުފަންވީތީ އެމީހާމާތްމީހަކަށް ނުވެއެވެ.

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ ޙުޖުރާތު 13 މާނައަކީ “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. “

ނަބިއްޔާ ޙަދީޘްކުރައްވާފައިވަނީ ފުނަލުގެ ދަތްތައް ފަދައިން އިންސާނުން ހަމަހަމައެވެ. އުސާމާ ބިން ޒައިދު ވައްކަންކުރި މައްސަލައިގައި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ “ހަމަކަށަވަރުން މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާތުމަތުގެފާނު ވައްކަންކުރިނަމަވެސް އޭނާގެ އަތްކެނޑޭނެއެވެ.” މިއަދު އަޅުގަނޑުމެންގެ ޙާލަތަކީ ރާއްޖޭގައި ހެކިބަސްދިނުގައި ހެކިން ޙިމާޔަތްކޮށްދޭނޭ ޤާނޫނެއްވެސް ނެތެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
ބެއްޔާ
ބެއްޔާ

ކޮންމެކަމަކަށް ޤާނޫނެއް ހަދަންވެއްޖިއްޔާ ދެން ކިހިނެއް ހޭ ދިރިއުޅޭނީ. ގެއިން ބަދިގެއަށް ދާންވެސް ޤާނޫނެއް ބޭނުންވޭ. އެހެންނޫނީ ނޭންގޭނެ ދޯ އެއްފަހަރާ ދާންވީ ކިތައް މީހުންކަމެއް ނުވަތަ ބަދިގެއަށް ދެވޭނީ ކިހާޢުމުރެއްބެ ބަޔަކަށް ކަމެއް. ބަލަ އިސްލާމީ ޝަރީޢަތް އެއޮތީ ހުރިިހާކަމެއް ފުރިހަމަކުރައްވާފައޭ. ދެން ކޮން ޤާނޫނެއްތަ.

wpDiscuz