އިންތިޚާބުގައި ރައީސް ވަހީދުއަށް ޑީއާރުޕީން ތާއީދެއް ނުކުރާނެ – ތަސްމީނު

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޑރ ވަޙީދު ވާދަ ކުރެއްވި ނަމަވެސް ރައީސް ވަޙީދަށް ޑީއާރުޕީން ތާއީދު ނުކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ދެހާސް ތޭރައިގެ ރިޔާސީ އިންތިޚާބުގައި ރައީސް ވަޙީދު ވާދަކުރައްވާނަމަ ޑީއާރުޕީން ރައީސް ވަޙީދަށް ތާއީދު ކޮށްފާނެތޯ ދިޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން ޢަލީ ވިދާޅުވީ، ދެހާސް ތޭރައިގެ ރިޔާސީ އިންތިޚާބުގައި، ޑީއާރުޕީން ވެސް ވާދަ ކުރަން ނިންމާފައި ވާކަމާށާއި، ޑީއާރުޕީން ދެހާސް ތޭރައިގައި ވާދަ ކުރާއިރު އެ ޕާޓީން އެހެން ފަރާތަކަށް ތާއީދު ކުރުމަކީ ހަމަޖެހޭ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ތަސްމީން ވިދާޅުވީ ދެހާސް ތޭރައިގެ އިންތިޚާބާއި ހަމައަށް ދާއިރު ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށާއި، އިންތިޚާބުގެ ކަންކަމަކީ ވެރިމީހާ ހެޔޮފުޅު ކަމުން ކޮށްދެއްވާ ކަންތައްތަކުގެ ގޮތުގައި އޮންނަ އޮތުންވެސް ބަދަލު ކުރަން ޖެހޭކަމަށެވެ. އެގޮތުން ވެރިމީހާ ގޯސް ކޮށް ކަންކަން ކުރަން ބޭނުންވި ނަމަވެސް ވެރިމީހާ އަށް އެ ފުރުޞަތު ހަނިވާނެ ގޮތަށް އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދަންޖެހޭ ނިޒާމުގެ ކަންކަން ހަރުދަނާ ކުރަން ޖެހޭކަމަށް ތަސްމީން ވިދާޅުވިއެވެ.

ދެހާސް ތޭރައިގެ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތަކެއް ޝާމިލުވާ މަދަނީ އިއްތިޙާދުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތަށްވެސް ޑީއާރުޕީން ވަނީ ދެކޮޅު ހަދާފައެވެ.

ސޯސް: ދިޓިވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސިވިލް ކޯޓުގެ ހުކުމަށް ބޯލަނބާނެކަމަށް ޑީއާރުޕީން ބުނެފި.

ސިވިލް ކޯޓުގެ ހުކުމަށް ބޯލަނބާނެކަމަށާއި، އެޙުކުމާ އެއްގޮތަށް ހަބް ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމަށް ޑީއާރުޕީން ބުނެފިއެވެ. މިމައްސަލައާއި …

ޚިޔާލެއްދެއްވާ

avatar
wpDiscuz