އިންކުއަރީ ކޮމިޝަނުގެ މަސައްކަތަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް އިނގިރޭސި ސަރުކާރުން ގޮވާލައިފި.

ރައީސް ޑރ. ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަން މިހާރު އެކުލެވިފައި އޮތް ގޮތާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ

 ނޭޝަނަލް އިންކްއަރީ ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ހުރަސްއެޅޭ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އިނގިރޭސި ސަރުކާރުން ގޮވާލައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ދެކުނު އޭޝިޔާ ސަރަހައްދަށް އިނގިރޭސި ވިލާތުން ކަނޑައަޅާފައި ހުންނަވާ ވަޒީރު އެލިސްޓެއަރ ބަރޓް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ހަތެއް ފެބްރުއަރީގައި ވެރިކަމުގެ ބާރުތައް ފުރޮޅިގެން ދިޔަގޮތް ތަހުގީގު ކުރުމަށް ރައީސް ޑރ. ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަން މިހާރު އެކުލެވިފައި އޮތް ގޮތާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެކޮމިޝަން މިހާރު އެކުލެވިފައިވަނީ ވަރަށް މިނިވަން ކަމާއެކު އެއްވެސް ފަރާތަކަށް ނުޖެހި އިތުބާރު ހިފޭ މަސައްކަތްތަކެއްކޮށް ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަން ތަހުގީގުކޮށް ނިންމާލެވޭ ގޮތަށް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ މަޝްރަހު ހަލަބޮލިވެ ހަމަނުޖެހުން އުފެދޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށާއި އިންކްއަރީ ކޮމިޝަންގެ މަސައްކަތް ފުރިހަމަކޮށް ނިންމުމަށް މަގުފަހިކޮށްދިނުމަށާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަގުފަހިވާ ގޮތަށް ހުރިހާ ލީޑަރުންވެސް މަސައްކަތް ކުރެއްވުމަށް ބަރޓް ގޮވާލައްވާފައިވެއެވެ.

ބަރޓްގެ ބަޔާނުގައި ސިޔާސީ ލީޑަރުންގެ މަތީފެންވަރުގެ ވާހަކަތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެ ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލުތައް ހޯދޭނެ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކޯނީގެ ރިޕޯޓް ސަރުކާރުން ބަލައިގަންނާނެ – ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން

ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ބަދަލުވީ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އުފެއްދެވި ނޭޝަނަލް އިންކްއަރީ ކޮމިޝަންގެ ރިޕޯޓް …

ޚިޔާލެއްދެއްވާ

avatar
wpDiscuz