އަތޮޅުގެ މޫނުބަލާ ލޯގަނޑު ސާފްކުރަންޖެހިފައި

ޒަމާނުންސުރެ ނ.އަތޮޅުގެ ރައްޔިތުން އެންމެ ގިނައިން އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެގިނައިން ޒިޔާރަތްކުރާ ރަށަކަށް ވެފައިވަނީ ނ.އަތޮޅުގެ ވެރިކަން ކުރާރަށް މަނަދޫއެވެ. މަނަދޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވުމުގެ އިތުރުން އިޖުތިމާޢީ ، އިޤްތިޞާދީ އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެންމެ ގިނަ ޚިދުމަތްތަކާއި ވަޞީލަތްތަކެއް އަތޮޅުން ލިބެންހުރި ހަމައެކަނި ރަށަކަށް ވާކަމީ އަތޮޅުގެ ގިނަބަޔަކު މަނަދޫއަށް ޒިޔާރަތްކުރަމުންގެންދާ އެންމެބޮޑު ސަބަބެވެ.

އަތޮޅުގެ އެތައްބަޔަކު ދުވާލަކު އެތައްފަހަރަކު މަނަދޫއަށް ޒިޔާރަތް ކުރަމުންދާއިރު މި މީހުންގެ އެންމެ ބޮޑުޝަކުވާއަކަށް މިއަދު ވެފައި މިވަނީ މަނަދޫ ބަނދަރު ސަރަހައްދުގެ ދަތިވާހަކަ އާއި ބަދަރު ސަރަހައްދުގައި އެއްވެސް ތަރުތީބެއް ނެތްކަމުގެ ޝަކުވާތަކެވެ. ނުވަތަ ނޫނު އަތޮޅުގެ ރައްޔިތުންގެ ބަހުންނަމަ ނ.އަތޮޅުގެ މޫނު ބަލަލޯގަނޑުގެ ހަނޑިކަމުގެ ވާހަކައެވެ.

ގިނަބަޔަކު ފާހަގަ ކުރާފަދައިން މަނަދޫގެ ބަނދަރުމަތި މިއަދުވަނީ އެއްވެސް ތަރުތީބެއްނެތިއެވެ. މަނަދޫގެ ބައެއްބޭބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި މަނަދޫގެ ބައެއްފަރާތްތަކުން މަނަދޫގެ ބަދަރުމަތި މިއަދު ބޭނުންކުރަމުންގެންދަނީ ގުދަނެއްގެ ގޮތުގައެވެ. މަނަދޫގެ ބަނދަރުމަތި ބަލާލުމުން މިކަންތައް ވަރަށް ރަނގަޅަށް އިޙްސާސްކުރެވެއެވެ.

ނ.އަތޮޅުގެ މޫނުބަލާ ލޯގަނޑުކަމުގައި ގިނަބަޔަކު ސިފަކުރާ މަނަދޫގެ ބަނދަރުމަތި މިގޮތައް އޮންނަގޮތާއި ބެހޭގޮތުން މަނަދޫ ކައުންސިލް ޢިދާރާގެ ރައީސް އަލްފާޟިލް އިބްރާޙިމް ނަޞީރު ( ކިންގ ) ބުނުއްވީ މަނަދޫ ބަދަރުމަތި ޕްލޭންކުރެވި ބަދަރުމަތި ބޭނުންކުރާނެ ގޮތުގެ ޤަވާޢިދެއް މިހާރު ހެދިފައިވާ ކަމުގައެވެ. ނަމަވެސް އެޤަވާއިދަށް ޢަމަލް ނުކުރެވިވަނީ  ލޯކަލް ގަވަރުމަންޓް އޮތޯރިޓީ ( އެލްޖީ ) އިން އެޤަވާއިދުތައް ގެޒެޓް ނުކުރެވިގެންކަމުގައެވެ.

މަނަދޫ ކައުންސިލްގެ ރައީސް އިތުރަށް ސާފްކޮށްދެއްވި ގޮތުގައި މަނަދޫގެ ބަދަރުމައްޗާއި ގުޅޭގޮތުން ހެދިފައިވާ ޤަވާއިދުތައް ގެޒެޓް ނުކުރެވުނަމަވެސް މަނަދޫއަށް ޒިޔާރަތްކުރާ އެހެނިހެން ރަށްރަށުގެ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަނދޫކައުންސިލް މެމްބަރުންގެ މެދުގައި މަޝްވަރާކުރެވި ބަހުސްކުރެވުނު ނަމަވެސް އެކަންތައްތައް ހައްލުކުރުމަށް ފިޔަވަޅުތަކެއް ނޭޅިވަނީ މިހާރު މަނަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރެވެމުން ދާތީކަމުގައެވެ.

މަނަދޫގެ ބަނދަރު އަދި ، ނިމޭނެދުވަހެއް ކަނޑައެޅިގެން ނޭނގޭއިރު، މަނަދޫގެ ބަނދަރު ސަރަހައްދު ބޭނުންކުރުމާއި ގުޅޭގޮތުން ކައުންސިލް ޢިދާރާއިން އެކަށައާޅާލައިފައިވާ ޤަވާއިދު ގެޒެޓް ކުރެވިފައި ނުވިނަމަވެސް މަނަދޫގެ ބަނދަރަކީ މަނަދޫގެ ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް އަތޮޅުގެ ރަށްތަކުން ތަފާތު ބޭނުންތަކުގައި މަނަދޫއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ބޭނުންކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެހިފައިވާ ބަނދަރަކަށް މަނަދޫގެ ބަނަދަރު ވާނެ ދުވަހަކަށް އަތޮޅުގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދެއެވެ.

މަނަދޫގެ ބަނދަރުމަތި ނުވަތަ ނ،އަތޮޅުގެ މޫނު ބަލާ ލޯގަނޑު ސާފްވެއްޖެނަމަ މިކަންވެގެންދާނީ ނ.އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެވަރަށް ބޮޑުހިތްހަމަޖެހުމެއް ކަމުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މާފަރުބޯޓު މަނަދޫ ފަޅުގައި ތާށިވެއްޖެ.

އަވަސްޚަބަރު 10:00 އަދިވެސް ކަނޑިންމަތިން އޭތި ނެގޭ ގޮތެއް ނުވޭ. ޓަގުވެސް ހިލައަރުވާފައޮތް ބާޖުވެސް ކަނޑިންމަ ދެފަރާތަށް ތަޅުވަތަޅުވާ އޮތީ. …

ޚިޔާލެއްދެއްވާ

avatar
ަަަަަަަާާާާަ އަހުމަދު
ަަަަަަަާާާާަ އަހުމަދު

މަނަދޫގެ ބނދަރު ފެންނާނީ މަނަދުއަށް އަންނަ މީހުންނައް އެހެންރަށެއްގެ ހާލަތު ހުރިގޮތެއްއެގޭނީ އެހެން ރަށަކައް މަނަދޫ މީހުން ގޮސްބަލާލީމަ….ކިތޭހަޑިއަސް ނައިހެތް ފަރަކު ނުޖެހެ

Mohamma
Mohamma

ތަރައްޤީގެ ފުރުޞަތުތައް އެންމެބޮޑަށް ހުޅުވިފައިވާ ރަށަކީ މަނަދޫކަމަށް ވާއިރު މަނަދޫގެ ރައްޔިތުން ބޭނުމެއް ނުވޭ ތަރައްޤީވާކަށް ، މަނަދޫ މީހުންނަނށް މުޅިންވެސް ޖެހެނީ އެހެންބަޔަކު ކަންތައްތައް ކޮށްދީ އެމީހުން ތަރައްޤީކުރުވަން ، މަނަދޫގެ ބަނދަރުމަތި ފެނުމުން ނ.އަތޮޅުގެ ދަރިއެއްގެ ހައިސިއްޔަތުން ޙަޤީގަތުގައިވެސް ދެރަވެ ، ލަދުގަނޭ

މަނަޖެ
މަނަޖެ

ކާކުބުނެގެންތަ މަނަދުއަށް އަންނަނީ މަނަދޫމީހުން ނުބުނެޔެ މަނަދުއަށް އަންނާށެކޭ

ދޮންބެ
ދޮންބެ

މަނަދޫ މީހުން ހަމަ ފޭކްބަަކީ. އެމީހުންނަށް ހެޔޮވާނެ. އެމީހުންގެ ބޭނުންތައް ފުއްދެނިކޮށް . އަޅެފަހެ މިދެން ބޮޑުވަރެއްނު. އަތޮޅުވެރިކަން ކުރާތީއޭ ކިޔާފާ. އެކަމާ ބޮޑާނުވުމަށް ގޮވާލަން.

wpDiscuz