އަމިއްލަ ކުޑަކަމުދާ ތަކެތި ބޮމުން އަންނަ އަންހެނެއް.

ކެރީ 53 އ. އަމިއްލަ ކުޑަކަމުދާ ތަކެތި ބުއިން ވަނީ އާދައަކަށް ހަދާފައި.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ  ކޮލޮރާޑޯ ސްޕްރިންގސް އަށް އުފަން ޢުމުރުން 53 އަހަރުގެ “Carrie ” ނަމަކަށް ކިޔާ އަންހެނާއަކީ އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން އޭނާގެ އަމިއްލަ ކުޑަކަމުދާ ނަޖިސް ބޮމުން އަންނަމީހެކެވެ.

އޮންލައިން ބައެއް ނޫސްތަކުގައި ވާގޮތުން މި އަންހެންމީހާ ދުވާލެއްގެ މައްޗަކަށް އެވްރެޖްކޮށް 80 އައުންސްގެ ކުޑަކަމުދާ ނަޖިސް ބޮމުންދެއެވެ. ދުވާލެއްގެ މައްޗަށް މިވަރު ބޮމުންގޮސް މިހާރު ގާތްގަޑަކަށް 900 ގެލަން ކުޑަކަމުދާ ނަޖިސް ބޮވިފައިވާނެކަމަށް އެ އަންހެނާ ލަފާކުރާކަމަށް ވެއެވެ.

އެ އަންހެންމިހާ  އޭނަގެ އަމިއްލަ ކުޑަކަމުދާ ތަކެތި ބުއިމަށް ދެވިހިފާފައިވާ މިންވަރު ހާމަކުރަމުން އެ އަންހެންމީހާ ބުނެފައިވާ ކަމަށް އެފަދަނޫސަތަކުގައިވަނީ އޭނާ އެތަކެތި ބޮނީ އާދައިގެ މީހަކު ފެންބޯ އުޞޫލުންކަމުގައި ކަމަށެވެ. ފެނުގެ ބަދަލުގައި ހަމައެކަނި ކުޑަކަމުދާ ތަކެތި ބޮއެގެންވެސް ފުއްދާލެވިދާނެކަމަށްވެސް އޭނާބުނާކަމަށްވެއެވެ.

ހަމައެކަނި އެތަކެތި ބުއިމުމުގެ އިތުރުން ބައެއް ހާލަތް ތަކުގައި އެތަކެތި މުޅިގައިގާ އުނގުޅާ ވެސް ހަދާކަމަށްވެއެވެ.

މިފަދަކަންކަމާމެދު ތަހްލީލްތައްކޮށް ދިރާސާތައް ހަދަމުން ދާ ޑޮކްޓަރުން ހާމަކުރައްވާގޮތުގައި މިފަދަ މީހުންނަކީ ދުނިޔޭގެ އެތަންމިތާންގައި ދިރިއުޅެމުންދާ ބައެކެވެ. އެމީހުންގެ މިފަދަ އާދަޔާ ޚިލާފު ކަންކަމަކީ އެމީހުން އުފެދުމުގައި ދިމާވާ އެކި އެކި މައްސަލަތަކާހެދި އާދަވެގެން ހަރުލަމުންދާ ކަންކަމެވެ. އަދި މިފަދަކަންކަމަކީ އެފަދަމީހުންނަށް ރަގަޅުގޮތުގައި ކައުންސިލިން ދީ ބޭސްފަރުވާ ދެއްވިއްޖެނަމަ ރަގަޅުކުރެވިދާނެކަން ކަމެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރުނު ޤަރާރު ހޯމް މިނިސްޓްރީން ކުށްވެރިކޮށްފި

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ދިނުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރެފައިވާ ޤަރާރަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން …

ޚިޔާލެއްދެއްވާ

avatar
މޫގުޅި
މޫގުޅި

މީދެން އިންސާނުންތަ؟ އިންސާނުންނަށް އެމީހުންގެ އަމިއްލަ ނަޖިސް ކައިބޮއި ހަދާކަށް ނުކުރެނޭކަން ޔަޤީން.

wpDiscuz