އަވަސް އިންތިޚާބެއް ބޭއްވުމަށް ތާއީދުކޮށްދެއްވުމަށް ނަޝީދު އެމެރިކާއަށް ގޮވާލައްވައިފި

 ރާއްޖޭގައި އަވަސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ތާއީދުކޮށްދެއްވުމަށް ފެބްރުއަރީ 7 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާދެއްވި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެމެރިކާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

 އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ ސީބީއެސް އިން ގެނެސްދޭ އެންމެ މަޤްބޫލު އެއް ޝޯ ކަމަށްވާ “ލޭޓް ޝޯ ވިތު ޑޭވިޑް ލެޓަމެން” އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ 7 ފެބްރުއަރީގައި ދިވެހި ފުލުހުންގެ ތެރެއިން ބަޔަކާއި، ސިފައިންގެ މަދު ބަޔަކާއި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ރާއްޖެއަށް ބަޣާވާތަކުން ގެނައި ސަރުކާރު އެމެރިކާއިން އެހާ ކުއްލި ގޮތަކަށް ގަބޫލުކުރުމާއި ގުޅިގެން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށާއި، އެހެން ނަމަވެސް އެމެރިކާގެ އަމަލުތައް ފަހުން އެހެން ގޮތަކަށް ބަދަލުވެގެން ދިޔަ ކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

 އަދި އެ ބަޣާވާތަކީ ފުލުހުންނާއި ސަރުކާރުން ނާޖާއިޒް ފައިދާތަކެއް ނުލިބުނު ވިޔަފާރިވެރިންތަކެއް ގުޅިގެން ގެނައި ބަޣާވާތެއް ނަމަވެސް އެބަޣާވާތުގެ އެންމެ އަޑީގައި ހުންނެވީ ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބުދުލް ގައްޔޫމު ކަމަށް ވިދާޅުވެފައިވެއެވެ.

 މި ޝޯވްގައި ޑޭވިޑް ލެޓަމެން ކުރެއްވި ތިމާވެއްޓާ ގުޅުންހުރި ބައެއް ސުވާލުތަކަށް ވެސް ނަޝީދު ޖަވާބުދެއްވިއެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގެ ތިމާވެށީގެ ނާޒުކުކަން އެމަނިކުފާނުގެ ނަޒަރިއްޔާތުން ބަޔާންކޮށްދެއްވާފައިވެއެވެ. އަދި ރާއްޖޭ އެންމެ ކަމުދަނީ ދޫނި އުޅެން ކަމަށްވިދާޅުވެ، ރާއްޖެއަށް އެމަނިކުފާނު ޖޯކު ޖައްސަވާފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކޮމަންވެލްތުގެ ބަހަށް ބޯނުލަނބާނަމަ…………!

މުޅިރާއްޖެ ސިޔާސީވެއްޖެއެވެ. އިސްލާމް ދީނުގެ ދިފާޢުގައި ނޫނީ އެއްވެސް ސިޔާސީ ބޭފުޅަކު ބަސްފުޅު ވިދާޅެއްނުވެއެވެ. ކޮންމެ ފަދަ ވާހަކައެއް ދައްކަމުންވެސް …

ޚިޔާލެއްދެއްވާ

avatar
hasanbe
hasanbe

ލާރީގެ ދަހިވެތިކަމުގައި ޔަހޫދީންނާއި ނަޞާރާއިން ބުނާގޮތަށް ވެރިކަންކޮށްފައިވާ ވެރީން، ދުނިޔޭގެ މަދު ފައިސާކޮޅަކަށް ހެއްލި އެބައިމީހުންގެ ދީން ވިއްކާލައި، ކާފަރުންގެ ފަރާތުން ވާގިހޯދައިގެން ވެރިކަންކުރަމުންގޮސް އެންމެފަހުން ރައްޔިތުންގެ ޕްރެޝަރާއިހެދި ވެރިކަން ދޫކޮށްލާފައިވަނީ މުސްލިމް ނަންތައްކިޔައިގެން އުޅުނު ކިތައް މީހުންތޯއެވެ. ނަމަވެސް އެލީޑަރުންތައް ހާލުގައިޖެހުނު ދުވަހު އެއިން އެއްވެސް ލީޑަރަކަށް މިހާތަނަށް ހުޅަނގުގެ ޤައުމުތަކުން އެހީތެރިވެދީފައެއް ނުވެއެވެ. ދުނިޔޭގެ ފަހުގެ ތާރީޚު ބައްލަވާލެއްވިއަސް ވަރަށް ފަސޭހައިން މިކަން އެނގިގެންދާނެއެވެ. މިސުރު، ޓިއުނީޝިއާ، ލީބިޔާ ފަދަޤައުމުތަކުގެ ވެރީންތައްވަނީ ދުނިޔޭގެ ދަހިވެތިކަމުގައި އެބައިމީހުންގެ ދީނާއި ޤައުމު ކުއްފާރުންނަށް ވިއްކާލާފައެވެ. ﷲގެ ދީނަށާއި ރައްޔިތުންނަށް ޙަރާމްކޯރުވުމުން އޭގެ ނަތީޖާ ނިކަންދެކޭށެވެ.

wpDiscuz