އައްޝައިޙް އިލިޔާސް ހުސޭނުގެ ދަރުސްއެއް މިރޭ ބާއްވަނީ

ރާއްޖެގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޙް އިލިޔާސް ހުސޭނުގެ ވަރަށް ހާއްޞަ ދަރުސްއެއް މިރޭ ލަންދޫ ސްކޫލްގައި އޮންނާނެ ކަމަށް މި ދަރުސް އިންތިޒާމް ކުރާ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.

ލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން ( ލައިފް ) ޖަމްޢިއްޔާ އާއި އަދާލަތު ޕާރޓީ އާއި އަދި ލަންދޫ ސްކޫލް ގުޅިގެން މިރޭގެ 8:30 ގައި ލަންދޫ ސްކޫލްގެ ޖަލްސާ ކުރާ މާލަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް އަޑު އެއްސެވުމަށްޓަކައި ވީހާ ގިނަ ބަޔަކު ލަންދޫ ސްކޫލަށް ހާޒިރު ވެދެއްވުމަށް އެފަރާތްތަކުން އެދި ލައްވައެވެ.

ލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން ( ލައިފް ) ޖަމްޢިއްޔާ އުފެދުމަށްފަހު އެ ޖަމްޢިއްޔާއިން އަންނަނީ ލަންދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
ޅޮހީއަހުމަދު
ޅޮހީއަހުމަދު

އިލިޔާސް ހުސޭނަކީ މޮލުދީނީ އިލުމްވެރިއެއް! އެކަމަކު އިލިޔާސް ހުސޭނު ދައްކާ ވަހަކަތަކަށް ސަމާލް ވުމަށް ލަންދޫ ރައްޔިތުންނަށް ދަންނަވަން!

wpDiscuz