އައި ވައި ސޮފްޓް ފްރީ ވީޑިއޯ ކޮންވާރޓަރ – ވަރަށް ސިމްޕަލްކޮންވާރޓަރެއް

މިހާރަކަށް އައިސް ތަފާތު ވައްތަރުގެ ވީޑިއޯ ކޮންވާޓަރ ބޭނުންކޮށްގެން އެކިކަހަލަ ވީޑިއޯ އެކިއެކި ފޯމެޓްތަކަށް ބަދަލު ކޮށްގެން ފޯނުތަކަށް އެޅުމާއި، އިންޓަރނެޓަށް އަޕްކުރުން ކަހަލަތައްތައް މިވަނީ ވަރަށްޢާއްމުވެފައެވެ. އެހެންނަމަވެސް ވީޑިއޯ ކޮންވާޓްކުރުމަށް ގެންގުޅޭ ގިނަސޮފްޓްވެއަރ ތަކަކީ ބޭނުންވާ ވަރަށް ގިނަ ފީޗަރސްތައް ނުހުންނަ ކޮންވާރޓަރު ތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ.

އައިވައި ސޮފްޓްފްރީ ކޮންވާރޓަރަކީ މިދެންނެވިހެން ބޭނުންތެރި ވަރަށްގިނަ ފީޗަރސްތައް އެކުލެވިގެންވާ ޔޫސަރފްރޭންޑްލީ އަދި ވަރަށް ކުޑަ ސިމްޕަލް ފްރީ ސޮފްޓްވެއަރ އެކެވެ. މި ސޮފްޓްވެއަރ އިން ވަރަށްގިނަ ވައްތަރު ވައްތަރަށް ކޮންވާރޓް ކުރެވޭގޮތަށް ހުރުމުގެ އިތުރަށް ވީޑިއޯގައި ޓައިޓްލް ޖަހާލުމާއި، ލޯގޯ ޖަހާލުންފަދަ ކަންކަން ވަރަށް ފަސޭހަކަމާއެކު ކުރެވެން ހުރެއެވެ. އަދި މި ކޮންވާރޓަރގެ އެންމެޚާއްޞަ އެއްކަމަކީ ސައިޒުން ކުޑަވުމެވެ.

މިބާވަތުގެ ކަންކަން ކުރެވޭ އެނިހެން ބައެއް ސޮފްޓްވެއަރ ތަކާއަޅާ ބަލާއިރު މި ސޮފްޓްވެއަރ ހުރިހާ ގޮތަކުންވެސް ފަސޭހަވެފާ ފްރީކޮށް ނެޓުން ލިބެން ހުރުމުގެ ސަބަބުން ތިޔަބޭފުޅުންނާއި ހިއްސާ ކޮށްލީ އެވެ. އަޖުމަ ބައްލަވާލައްވާށެވެ.

އައި ވައި ސޮފްޓްފްރީ ވީޑިއޯ ކޮންވާރޓަރ ޑައުންލޯޑު ކުރައްވާ!

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
Anonymous
Anonymous

މިވެސް ލިޔުމެއްތަ

ނީޑް
ނީޑް

މީ މަވެސް ބޭނުންކުރާ ކޮންވާޓަރ ވަރަށް ސަޅި ކޮންވާޓަރެއް. އެބުނާހެން ވަރަށް ސިމްޕަލް އެއްޗެއް މީ….

wpDiscuz