އައިޖީއެމްއެޗްގެ ވަގުތީ ސީއީއޯއަކަށް އެ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރުގެ މަގާމުގަ ހުންނެވި ޑރ. އިސްމާއީލް ޝަފީއު

އައިޖީއެމްއެޗްގެ ވަގުތީ ސީއީއޯއަކަށް އެ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރުގެ މަގާމުގަ ހުންނެވި  ޑ. އިސްމާއީލް ޝަފީއު ހަމަޖައްސަވާއިފި އެވެ.

ޑރ. އިސްމާއީލް ޝަފީއު އެމަގާމަށް ހަމަޖައްސަވާފައިވަނީ އެ ހޮސްޕިޓަލުގެ ސީއީއޯގެ މަގާމުގައި ހުންނެވީ ކެތަރިން ޖޭން ވޯޓާސް އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެތްރިން މަގާމުން ވަކިވެ ވަޑައިގެން ގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ. ނަމަވެސް މީގެ މަހެއް ހާ ދުވަސް ކުރިން އިސްތިއުފާދެއްވާނެކަމަށް ކެތްރިން ވިދާޅުވެފައިވާއިރު އިސްތިއުފާ ދެއްވި ސަބަބެއްކަމަށް އެނާ ވިދާޅވީ އެނާ އެމަގާމުގައި ހުރުމަށް ގަބޫލް ނުކުރެވޭތީ އާއި ދިވެސަކަށް އެފުރުސަތު ދިނުމަށްކަމަށެވެ.

ސަރުކާރު ބަދަލު ވުމާއި ގުޅިގެން ކެތްރިން ސީއީއޯގެ މަގާމުން ވަކިވެފައިވާއިރު އެނާ އަކީ ދާދި ފަހުން ރާއްޖޭގެ ބައެއް ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލާއި ހިންގި ކަންތައްތަކުގައި އިސްކޮށް އުޅުވި ކުރީގެ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމުގައިވާ ޑެވިޑް ހާޑިމް ހަމްގެ އާއިލާ ބޭފުޅެކެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އުފަންވެނިވި ޞިއްޙަތުގެ ޚިދުމަތުގެ ނަމުގައި އާ ޚިދުމަތެއް އައިޖީއެމް އެޗްގައި ފަށަނީ

އުފަންވެނިވި ޞިއްޙަތުގެ ޚިދުމަތުގެ ނަމުގައި އާ ޚިދުމަތެއް އަންނަ ހަފްތާގައި ފަށްޓަވާނެކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ. މިއީ އައި.ޖީ.އެމްއެޗުގެ ޔޫރޯ ރީނަލް …

ޚިޔާލެއްދެއްވާ

avatar
އިސްމާއީލް (އިއްސެ)
އިސްމާއީލް (އިއްސެ)

ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ މެނެޖިންގ ޑިރެކްޓަރ ޝަފީއު އަކީ މި ޝަފީއުގެ ބޭބެ ޝަފީއު.(އެއަރޕޯޓސް ކޮމްޕެނީން ކޮރަޕްޝަންގެ ތުހުމަތުގައި ގެއަށް ފޮނުވި). ޣެސްޓީއޯ ގޭސްކުންފުނީގެ ޗެއަރޕާރސަން އަކީ މި ޝަފީއުގެ ކޮއްކޮ ޝަފީއު.(ޔުނިވަރސަލް ސަޕްލައި ޑިޕާރޓްމަންޓްއިން ވައްކަމުގެ ތުހުމަތުގައި ކަނޑާލި)

އިސްމާއީލް (އިއްސެ)
އިސްމާއީލް (އިއްސެ)

ޝަފީއު އަކީ ރައީސް ވަހީދުގެ އަންހެނުންގެ ޅިއަނު ..

wpDiscuz